ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލޭންސްލޭ" ބްރޭންޑުގެ ބަނޑު ހިންދުމަށް ޚާއްސަ "ސްލިމިންގް ކޮފީ"، ފުވައްމުލަކު، "އައްސަރިޔާ" އިން ވިއްކަން ފަށައިފިއެވެ.

ފުވައްމުލަކުގެ ކޮންމެ ތަނަކަށްވެސް، މި ކޮފީ ޑެލިވަރީކޮށްދިނުމުގެ ޚިދުމަތް އެ ފިހާރައިން ލިބިގެން ދިއުމަކީ، މި ކޮފީ ބޭނުންވާ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހަ ކަމެކެވެ. އަދި މި ކޮފީ އެންމެ އަގުހެޔޮކޮށްވެސް ލިބޭނީ އެ ފިހާރައިންނެވެ.

"ލިބޭ" އިން ރާއްޖޭގެ އެކި ރަށްތަކުގައި މި ކޮފީ ވިއްކަން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި ލޭންސްލޭ ކޮފީ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައެވެ. މި ކޮފީއަކީ ބަނޑު ހިންދުމުގެ އިތުރުން ބައްޓަން ރީތިކޮށް ޒުވާންކަން ދެމެހެއްޓުމަށް އެހީވެދޭ ކޮފީއެކެވެ.

"ލޭންސްލޭ - ސްލިމިންގް ކޮފީ" އަކީ ބަނޑު ހިންދާލައި ޒުވާންކަން ދެމެހެއްޓުމުގެ އިތުރުންވެސް އިތުރު އެތައް ބޭނުމެއް ހިފޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި ކޮފީއެކެވެ. އެގޮތުން މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައިވެސް މި ކޮފީގައި ހިމެނޭ ބައިތައް މުޙިންމު ރޯލެއް އަދާކުރެއެވެ.

ބަނޑު ހިންދާ ކޮފީގެ ޚާއްޞަ ޕްރޮމޯޝަނެއް މިހާރު ފަށާފައިވާއިރު، ފުވައްމުލަކު، "އައްސަރިއްޔާ" އިން ކޮފީ ބައްލަައިގަންނަ ފަރާތްތަކަށްވެސް އެ ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ.

މިދިޔަ މާރިޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ލޭންސްލޭ ސްލިމިންގް ކޮފީ ޕެކެއް ގަނެގެން އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން ދެވަނައަށްދާ ފަރާތަކަށް އުމްރާ ދަތުރެއް އަދި ތިންވަނައަށްދާ ފަރާތަކަށް އައިފޯން 11 ޕްރޯ މެކްސް އެއް ހޯދުނުގެ ފުރުސަތު ލިބެއެވެ.

"އައްސަރިޔާ" އަކީ ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން، ގޭތެރޭގައި ބޭނުން ކުރާ އެކި ބާވަތުގެ ސާމާނާއި، ރީތިވުމަށް ބޭނުންވާ ސާމާނުވެސް ލިބެން ހުންނަ، މަޝްހޫރު ފިހާރައެކެވެ. މީގެ އިތުރުން ކާބޯތަކެތީގެ ގިނަ ބާވަތްތަކާއި، ތާޒާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ގަނޑުކުރި ކުކުޅާއި މަހުގެ ބާވަތްތަކުގެ އިތުރުންވެސް ދިވެހިން އާއްމުކޮށް ބޭނުންކޮށް އުޅޭ ކާނާގެ އެކި ބާވަތްތައްވެސް އެތަނުން ލިބެއެވެ.