ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަމުން އަންނަ އެސްޓާސްއިން ރަމަޟާން މަހާއި ދިމާކޮށް ކުރިއަށްގެންދާ ރޯދަ ސޭލްއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެފިހާރައިން ބުނެފިއެވެ.

އެސްޓާސްއަކީ އަބަދުވެސް ކޮންމެ ރޯދަ މަހެއްގައި ދުރާލާ، ރޯދައަށް ހާއްސަ ސޭލް ފަށާ ފިހާރައެކެވެ. އެތަނުގައި ގޭތެރެއަށާއި، ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނައިރު، ތަކެތީގެ އަގުތައްވެސް ވަރަށް ހެޔޮ ވާނެއެވެ.

އެސްޓާސްއިން ދަނީ ރޯދައަށް ހާއްސަކޮށް ތަކެތީގެ އަގުތައްވެސް ހެޔޮ ކުރަމުންނެވެ.

އެސްޓާސްގެ ފިހާރައަށް ބަލާއިރު، އެތަނުގެ ފުރަތަމަ ގްރައުންޑް ފްލޯއިން ލިބޭނީ ގޭތެރެއަށް ބޭނުންވާ ސާމާނުތަކެވެ. އޭގެ ތެރޭގައި ޓީވީ އޭސީ ފަދަ އެއްޗެހި ހިމެނޭނެއެވެ. އެ ފިހާރައިގެ ދެވަނަ ފަންގިފިލާއިން ލިބޭނީ ފަރުނީޗަރު ތަކެވެ. އޭގެ ތެރޭގައި ބެޑްރޫމް ސެޓާއި، ސޯފާ ސެޓް ހިމެނެއެވެ. އެ ފިހަރައިގެ ތިން ވަނަ ފަންގިފިލާއިން ލިބޭނީ ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނެކެވެ. އަދި މިހާރު އެ ފިހާރައިން ވަނީ ހަތަރުވަނަ ފަންގިފިލާވެސް ހުޅުވާފައެވެ. އެތަނުން ލިބޭނީ އޮފީސްތަކަށް ބޭނުންވާ ސާމާނެވެ.

އެތަނުން އަގުހެޔޮ ކުރަމުންދާ ތަކެތީގެ ތެރޭގައި، ބޮޑެތި ސޯފާ ސެޓާއި، ޓީވީ، ދޮންނަ މެޝިން، ޑައިނިންގ ސެޓާއި، ރައިސް ކުކަރުފަދަ ތަކެތި ހިމެނެއެވެ. ރޯދައަށް ހާއްސަކޮށް އެތަނުން ވިއްކާ ބޮޑެތި ސެޓްތަކުގެ އަގު މިހާރު ވަނީ 5400 އަށް ވުރެ ވެސް ކުޑަކޮށްފައެވެ.

އެ ފިހާރައިން ވިއްކަމުންދާ މަޝްހޫރު މެނުފެކްޗަރ ބްރޭންޑްތަކަށް ބަލާއިރު، ޓީސީއެލް، ސްކައިވޯތް، މީޑިއާ ފަދަ ދުނިޔޭގެ މަޝްހޫރު މެނުފެކްޗަރ ކުންފުނިތައް ހިމެނެއެވެ.

އެސްޓާސްއަކީ ކޮލެޓީ މުދާ އެއްތަނަށް ލިބޭ ރާއްޖޭގެ މަޝްހޫރު ފިހާރައެކެވެ. އެތަނުން ބްރޭންޑް ތަކެތި ވިއްކަމުން އަންނައިރު، އެ ތަކެއްޗަށް އެއް އަހަރު ދުވަހުގެ ވޮރެންޓީވެސް ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢޙހެޖ

    ސަޅި ވަރަށް ހަމަ އެހަ އަގުހެޔޮވެސް

  2. ޔާސިރު

    ރޯދަމަސް ވެސް އައިސް ޖެހުނީ އޭދޯ.

  3. އައިއޭ

    ސޭލްް އަޅުވާފަ މިތަންތަން ފުރީމަ ނުވޭ ދޯ ގައިގޯޅިވުމަކަށް ހަމަ އެކަނި ޖަމާއަތުގައި ނަމާދު ކުރީމަ މި ވަނީ ގައިގޯޅިވާ ކަމަށް