އެސްޓާސް އިން ރާއްޖޭގެ ފިހާރަތަކަށް ހޭންޑް ސެނެޓައިޒާ އާއި ފޭސް މާސްކް އަދި ތާމޯމީޓަރު ހޯލް ސޭލްކޮށް ގަންނަން ލިބޭނެ އެވެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު ގޯސްވެފައި ވަނިކޮށް، އެސްޓާސް އިން ހޭންޑް ސެނެޓައިޒާ އާއި ޑިސްޕޯސަބަލް މާސްކް ރާއްޖެއަށް ގެނެސްފައި ވަނީ، އެމިރޭޓް ކާގޯ ފްލައިޓެއް ޗާޓަރ ކޮށްގެންނެވެ.

އެ ފިހާރައިން ވިއްކާ ހޭންޑް ސެނެޓައިޒާ އާއި ޑިސްޕޯސަބަލް މާސްކް ހޯލް ސޭލްކޮށް ފިހާރަތަކުން ނަގައިފިނަމަ އެ ތަކެތި އާއްމުންގެ ގެތައް ކައިރި ފިހާރަކުން ހުސް ނުވެ ލިބެން ހުންނާނެ އެވެ. އެހެންކަމުން މިއީ އާއްމުން މި ދުވަސްވަރު ވަރަށް މުހިންމު އެއްޗެއްކަމުން ފަސޭހަކަމާއެކު އެސްޓާސް އިން މި ތަކެތި ފިހާރަތައް ހޯލް ސޭލްކޮށް ވިއްކަމުން ދާނެއެވެ.

އަދި ފިހާރަތަކުން އެސްޓާސްއަށް އައުމުން ވަގުތުން ސްޓޮކް ލިބޭނެއެވެ. އަދި ފިހާރަތަކުގެ އިތުރުން، އެހެން ޑެލިވަރީ ކުރާ ތަންތަނަށް ވަނީ ވަރަށް ރަނގަޅު ޕެޖޭކްތައް ހެދިފައެވެ.

އެސްޓަސް އިން ބޭނުން ވަނީ، މި ބަލި އިތުރަށް ފެތުރުނަ ނުދީ ހުއްޓޭނެ ގޮތް ވުމެވެ.

އެސްޓާސްގެ އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށް މިހާރުވެސް ސެނެޓައިޒާ އާއި ޑިސްޕޯސަބަލް ފޭސް މާސްކަށް އޯޑަރު ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި 500 ރުފިޔާއިން މަތީގެ ވިޔަފާރިއެއް ނަމަ ޑެލިވަރީ ހިދުމަތް ދެމުން ދާނެއެވެ.

އެސްޓާސް އިން ދަނީ ހޭންޑް ސެނެޓައިޒާގެ ދެ ވައްތަރެއް ވިއްކަމުންނެވެ. އެގޮތުން ފޮއިބަސްބަޔޯ ބްރޭންޑުގެ 100 އެމްއެލްގެ ކުދި ފުޅިއާއި، 500 އެމްއެލްގެ ފުޅިއާއި، އެއް ލީޓަރުގެ ފުޅި ވެސް އެ ފިހާރައިން ލިބެން ހުންނާނެއެވެ. އަދި ޑެލި ބްރޭންޑްގެ ހޭންޑް ސެނެޓައިޒާގެ 60 އެމްއެލް ޖެލް އާއި، 53 އެމްއެލް، 50 އެމްއެލް ލިކުއިޑް ސްޕްރޭގެ އިތުރުން، 240 އެމްއެލް އާއި 480 އެމްއެލްގެ އިތުރުން، 100 އެމްއެލް ސެނެޓައިޒާ ފުޅި އެސްޓާސް އިން ދަނީ ވިއްކަމުންނެވެ.

މީގެ އިތުރުން، ޑިސްޕޯސަބަލް މާސްކްގެ ތިން ވައްތަރުގެ ފޮށި އެސްޓާސް އިން ދަނީ ވިއްކަމުންނެވެ.

އެސްޓާސް އިން މި ތަކެތި ހޯލް ސޭލް ކުރަން ފެށުމުން، ކަސްޓަމަރުންނަށް ވިޔަފާރި ކޮށްލުމަށް ލިބޭ މަދު ވަގުތުކޮޅުގައި ކައިރި ފިހާރައަކުން މި ތަކެތި ލިބޭން ހުންނާނެއެވެ.

އެސްޓާސް އިން ބުނީ، އެ ފިހާރައިގެ ކަނޑު މަގުން އަންނަ މި ތަކެތީގެ ޝިޕްމެންޓް ލިބުމާއެކު އަގުހެޔޮ ވާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އާއްމުން ބޭރަށް ނިކުމެ އުޅޭއިރު، ފޭސް މާސްކް އެޅުމަށް ސިއްހަތާއި ބެހޭ މާހިރުން ދަނީ ލަފާ ދެމުންނެވެ. އަދި ހޭންޑް ސެނެޓައިޒާ ބޭނުންކޮށްގެން އަތްތިލަ ސާފްކޮށް ބެހެއްޓުމަށް ވެސް އިރުޝާދު ދެއެވެ. މިކަންކަމަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރުން މުޙިންމު ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހާމިދު

  އެސްޓަރްސް އަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރު. ހާދަވަރަކަށް ދެވުނު ތަނެކޭތީ.

  9
  3
 2. ލ

  އެސްޓަރސް އިޒް ދަ ބެސްޓް.... ޑެލިވަރީ އަވަސް ކުރައްވަންވީ....

 3. ނޯޑައުޓް

  އެސްޓަރސް ވަރަށް ފެންވަރުގައި އެހާމެ އަޕްޑޭކޮށް ހިންގާ އޮންލައި ވެބްސައިޓެއް މި ދިވެހިފަސްގަނޑަކު އަދި ނެތް. ދެގޮތެއްނުވެ، ބަރާބަރަށް އަޕްޑޭޓްވާ. އަގުތައް ހަބޭސް.. ރާއްޖޭގެ 1 ވަނަ. އެސްޓަރ އޯޔޭ..