އޮންލައިންކޮށް ތަކެތި ވިއްކުމުަގއި މަގުބޫލްކަން ހޯދާފައިވާ "ލިބޭ" އިން ވިއްކާ ތަކެތީގެ ތެރެއިން އެންމެ ގިނަ މީހުންގެ މަގުބޫލްކަން ލިބިފައިވާ ޑައިޓް ކޮފީ އާއި ހޮޓް ޗޮކްލެޓަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފިއެވެ.

"ލިބޭ" އިން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ދިހަ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދަން ކުރިން ނިންމި ޕްރޮމޯޝަންގެ މުއްދަތު މިހާރު އަންނަ މަހުގެ 05 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފައިވާ ކަމަށެވެ. ޕްރޮމޯޝަންގައި ޑައިޓް ކޮފީ އާއި ޑައިޓް ހޮޓް ޗޮކްލެޓްގެ ފަސް ފޮށި ގަތުމުން އެއްފޮށި ހިލޭ ލިބޭނެ ކަމަށެވެ.

"މި ޕްރޮމޯޝަންގެ ދަށުން ފަސް ޑައިޓް ކޮފީ އާއި ފަސް ޑައިޓް ހޮޓްޗޮކްލެޓް ނެގުމުން އެއްފޮށި ހިލޭ ލިބޭނެ. މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމުގެ އެއް ބޭނުމަކީ މިއުފެއްދުންތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތު ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން. ހަމަ އެކަނި، "ލިބޭ" ގެ ނަމްބަރަށް ގުޅައިގެން، ނުވަތަ ޕޭޖް މެދުވެރިކޮށް އޯޑަރ ދެއްވާ ފަރާތްތަކަށް މި ޕްރޯޝަންގައި ބައިވެރިވެވޭނީ. މި އުފެއްދުންތަކުގެ ފަސް ފޮށި ހުސްވާއިރު ނަތީޖާ ފެންނާނެ. އެއީ ޔަގީންކަމެއް." އޮފިޝަލް ވިދާޅުވިއެވެ.

ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލޭންސްލޭ ކޮފީ އަކީ ހަށިގަނޑު ރީތިކޮށްދިނުމުގެ އިތުރުން، އެހެން ކޮފީ ތަކާއި ޚިލާފަށް ހަށިގަނޑަށް ފައިދާ ކުރަނިވި އެތައް ބައިތަކެއް އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި މީރު ކޮފީއެކެވެ. ހަކުރުގެ އެއްވެސް މިންވަރެއް އެކުލެވިގެން ނުވާ މި ކޮފީއަކީ މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައި މުޙިންމު ދައުރެއް އަދާކުރާ ކޮފީއެކެވެ.

ލޭންސްލޭ ކޮފީގައި ވިޓަމިންސް އާއި ހަށިގަނޑުގެ ބަރުމިން ދަށްކޮށްދިނުމަށް އެހީއަކަށްވާ ކްރޯމިއަމް ޕިކޮލިނޭޓް އާއި ހަށިގަނޑުގައި ހަކަތަ އުފައްދައިދޭ ކާނައިޓައިންގެ އިތުރުން ފައިބާ އާއި ފަތްޕިލާވެއްޔާއި ގަސްތަކުގެ މުލުން ނަގާފައިވާ ހަށިގަނޑަށް ފައިދާކުރަނިވި މުޙިންމު ގިނަ މާއްދާތައް އެކުލެވިގެން ވެއެވެ. މި ބައިތަކުގެ ސަބަބުން ހަށިގަނޑުގެ ހަންގަނޑު އޮމާންވެ ޒުވާންކަން ދަމަހައްޓައި ދިނުމަށް އެހީއަކަށް ވެގެން ދެއެވެ.

"ލޭންސްލޭ" ބްރޭންޑުގެ ހޮޓް ޗޮކްލެޓް އަކީ، އޭގެ މީރުކަމާއި އެއްވަރަށް ހަށިގަނޑަށް ފައިދާކޮށް، އެންމެ އެދެވޭ ބަދަލު ހަށިގަނޑަށް ގެނައުމުގެ އެހީއެވެ. ހަށިގަނޑުގައި އިތުރަށް ހުންނަ ފެޓްސް ދުއްވާލައި، ބައްޓަން ރީތިކޮށްދިނުމުގައި މިއީ ދެވަނައެއް ނެތް ބުއިމެކެވެ.

"ލޭންސްލޭ ކޮކޯ ޕްލަސް" ގެ ނަމުން ނަންދީފައިވާ މި ބުއިމަކީ، "ޝުގާ ފްރީ"، "ކޮލެސްޓްރޯލް ފްރީ" ހޮޓް ޗޮކްލެޓެކެވެ. މަސައްކަތުގެ މާހައުލުގައި އާއި ވަރުބަލިކަން އިހުސާސް ކުރެވޭހިނދު މިއީ ހަކަތަ ލިއްބައިދިނުމުގައި ވެސް ދެވަރެއްނުވާ ބުއިމެކެވެ. ސްޓްރެސްގައި އަބަދު އުޅެން ޖެހުމުން ދެން ދިމާވާ ނުރައްކަލަށް ލިބިދޭނެ އިތުބާރުހުރި ޙައްލެއްވެސް މެއެވެ.

ހަށިގަނޑަށް ފައިދާކުރަނިވި ގިނަ ބައިތަކެއް އެކުލެވޭހެން އުފައްދާފައިވާ ލޭންސްލޭ ކޮކޯ ޕްލަސް އަކީ ޤުދުރަތީ އުފެއްދުމެކެވެ. ހަށިގަނޑަށް ނޭދެވޭ އަސަރުކޮށް ގެއްލުންކޮށްފާނެ މާއްދާތައް މި ބުއިމުގައި އެއްވެސް މިންވަރަކަށް އެކުލެވިގެން ނުވެއެވެ. އެހެންކަމުން މި ބުއިން ވެގެންދަނީ ސިއްޙަތަށްވެސް ފައިދާކުރަނިވި ބުއިމަކަށެވެ.

ބަރުދަން ލުއިކޮށްދިނުމަކީ މި ހޮޓް ޗޮކްލެޓުގެ އެންމެ މައިގަނޑު އެއް ބޭނުމެވެ. ނަމަވެސް އެއާއެކު ނަލަވެ ޒީނަތްތެރިވުމަށް ވެސް މި ބުއިން ރަނގަޅެވެ. ހަންގަނޑު ދުޅަހެޔޮކޮށްދީ މަޑުކޮށް އޮމާންކޮށްދެއެވެ. ހިކި ހަންގަނޑަށް ފަރުވާކޮށް، ޒުވާންކަން އަލުން އަނބުރާ ގެނުވައިދޭނެއެވެ. މިހެންގޮސް ހަމައެކަނި ހަންގަނޑާއި ވެސް ގުޅުންހުރި ކިތަންމެ ހެޔޮ ބަދަލެކެވެ.

ޑައިޓް ކޮފީ އާއި ހޮޓް ޗޮކްލެޓް ބޭނުން ކުރާނީ ކޮންމެ ދުވަހެއްގެ މެންދުރާއި ރޭގަނޑު ކެއުމުގެ 20 މިނެޓް ކުރިންނެވެ. ދުވާލަކު ހަތަރު ފަހަރަށް ވުރެ ގިނައިން ކޮފީ ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އަދި މާބަނޑު މީހުންނާއި ގާތުން ކިރުދޭ މީހުން މިކޮފީ އާއި ހޮޓްޗޮކްލެޓް ބޭނުން ކުރަން ވާނީ ޑޮކްޓަރެއްގެ އިރުޝާދު ހޯދައިގެންނެވެ.

"ލިބޭ" ގެ އުފެއްދުންތައްބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖެއް ކޮށްލުމަށް އެފަރާތުން އެދެއެވެ.

މި ޕްރޮޑަކްޓު މާލެއާއި ހުޅުމާލެ ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ. ރަށްރަށަށް ފޮނުވަން ބޭނުންވާ ނަމަ ބޯޓާއި ހަމައަށް އޯޑަރު ގެންގޮސްދޭނެއެވެ.