ރާއްޖޭގައި ކާމިޔާބުކަމާއި އެކު ފިނިކުރި ކާބޯތަކެތީގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ "ކުކުޅު ފިހާރަ އީ މޯލް" އިން ހަތަރު ލޭޔާ މާސްކާއި ސެނެޓައިޒާ ވިއްކަން ފަށައިފި އެވެ.

އެ ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު "ވަގުތަށް" ވިދާޅުވިގޮތުގައި، ފޭސް މާސްކާއި ސެނެޓައިޒާ ތައާރަފް ކުރީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމަށްޓަކައި ނިއު ނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް މާސްކް އަޅައިގެން ބޭރުގައި އުޅުމަށް އާއްމުން އާދަކުރަމުން ދާއިރު ކުކުޅު ފިހާރައިގެ ކަސްޓަމަރުންނަށް ވެސް ރައްކާތެރި މާސްކާއި ފެންވަރު ރަގަޅު ސެނެޓައިޒާ އީމޯލްގައި ލިބުން މުހިންމުކަމަށް ޤަބޫލުކުރެވިގެންނެވެ.

މީގެ އިތުރުން ވަޒީފާގެ ބޭނުމުގައި ނޫނީ އެހެނިހެން ބޭނުމެއްގައި ބޭރަށް ނުކުންނަން ޖެހޭނަމަ ސެނެޓައިޒާ އަބަދުވެސް ގެންގުޅުމަށް ސިއްހީ މާހިރުން އިރުޝާދުދެއްވާފައި ވާއިރު "ކުކުޅު ފިހާރަ އީ މޯލް" އިން ވިއްކާ ސެނެޓައިޒާ އަކީ މިވަގުތު ރާއްޖޭއިން ލިބޭނެ އެންމެ ކޮލިޓީ ސެނެޓައިޒާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަގުގެ ގޮތުން ބަލާނަމަ ސެނެޓައިޒާ ލިބެން ހުންނާނީ އަތްފޯރާފަށުގައި ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައވެެ.

ކުކުޅު ފިހާރަ ޝޮޕިން މޯލް އަކީ މިހާރުވެސް ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބޭ މޯލް ކަމަށް ކުކުޅު ފިހާރައިން ފާހަގަކުރެއެވެ.

މިދިޔަ އޭޕްރީލް މަހުން ފެށިގެން ކުކުޅު ފިހާރައިން ވަނީ އެ މީހުން ވިއްކާ ތަކެތީގެ އަގުތައް ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ.

މީގެ ކުރިން ކުކުޅު ފިހާރައިން ވިއްކީ ފިނިކުރި ކާބޯތަކެތި އެކަނި ކަމަށްވީނަމަވެސް އީ-ޝޮޕިން މޯލް ހުޅުވުމާ އެކު ރީތިވާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް އެތަނުން އަގުހެޔޮކޮށް މިހާރު ލިބެ އެވެ.

އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

މިއީ ކަސްޓަމަރުންނަށް ގިނަ ތަކެތި އެއްތަނަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ފިހާރައިން ގެނައި ބަދަލެކެވެ.

އަޖުމަ ބަލާލުމަށް ރާއްޖޭގެ އެންމެ އަގުހެޔޮ މޯލް "ކުކުޅު ފިހާރަ ޝޮޕިން މޯލް" އާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 9666575 ނުވަތަ 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. އަދި "ކުކުޅު ފިހާރަ" ގެ ވެބްސައިޓް މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު