މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ ކުރިމަގު ބަނަ ވާނެ ކަމަށާއި އިމާރާތްކުރުން އަދި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތައް ދަށްވެގެންދާނެކަމަށް ލަފާ ކުރެވޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފިއެވެ.
އެމްއެމްއޭ އިން އިއްޔެ ނެރުނު މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދެވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ މަލީ ހާލަތު އިތުރަށް ހީނަރުވެފައިވާ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށް ރިޕޯޓުގައިވެއެވެ. ސާވޭގައި ބައިވެރިވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ގިނަ ވިޔަފާރިތަކުން ތިން ބައިކުޅަ ދެބައި އަންދާޒާ ކުރާ ގޮތުގައި އަހަރުގެ ތިންވަނަ ކުއާޓަރުގައި މާލީ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައި ބުނި ގޮތުގައި ކޮވިޑް-19 ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ސަރުކާރުން އެޅި ފުރަބަންދުގެ ފިޔަވަޅުތަކުގެ ސަބަބުން، މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު، ދެވަނަ ކުއާޓަރުގައި މި ސިނާއަތްތަކުގެ ވިޔަފާރި މީގެ ކުރިން ދަށަށް ނުދާ މިންވަރަށް ވަނީ ދަށްވެފައެވެ.
އަދި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ އަދަދުތައް ދަށްވެފައިވާއިރު، މި އަދަދު އެންމެ ބޮޑަށް ދަށްވެފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުގައި ކަމަށް ރިޕޯޓުގައިވެއެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކަށް ބެލެވެނީ، ޑިމާންޑް ދަށްވެ ވަގުތީ ގޮތުން ވިޔަފާރިތައް ބަންދުކުރަން ޖެހުމާ ގުޅިގެން ވިޔަފާރިތަކުގެ އާމްދަނީ ވަރަށް ބޮޑަށް ހީނަރުވެ، މިއާއެކު ޚަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުން ކަމަށް ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައި ބުނީ ކުރިމަގަށް ބަލާ އިރު، ޖޫން މަހުން ފެށިގެން ފުރަބަންދުގެ ފިޔަވަޅުތަކަށް ދެމުން އަންނަ ލުއިތަކާއި މި މަހުގެ މެދުތެރޭގައި ރާއްޖޭގައި ބޯޑަރު އަލުން ހުޅުވާލުމާ ގުޅިގެން ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު، ތިން ވަނަ ކުއާޓަރުގައި ފަތުރުވެރިކަމާއި އިމާރާތް ކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ މަސައްކަތްތައް އިތުރުވާނެ ކަމަށް ވިޔަފާރިތަކުން ލަފާ ކުރާ ކަމަށެވެ.
ނަމަވެސް، ސާވޭގައި ބައިވެރިވެފައިވާ ހޯލްސޭލް އަދި ރީޓެއިލް ސިނާއަތައް ނިސްބަތްވާ ވިޔަފާރިތަކުގެ ތެރެއިން ހަތަރުބައި ކުޅަ ތިންބައި ވިޔަފާރިތަކުން ލަފާކުރާ ގޮތުގައި ތިން ވަނަ ކުއާޓަރުގައި ވެސް އާމްދަނީ ދަށްވާނެ ކަމަށް ރިޕޯޓުގައިވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމަށް އަންނާނެ ބަދަލުތައް އަންދާޒާ ކުރުމަކީ ވަރަށް ދަތިކަމެއް ކަމުން އެ ކަމުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވާނެ ނޭދެވޭ އަސަރުތައް އަންދާޒާ ކުރުމަކީވެސް ހަމައެހާމެ ދަތި އުނދަގޫ ކަމެއް ކަމަށް ރިޕޯޓުގައިވެއެވެ.
ތިންވަނަ ކުއާޓަރުގައި ރިސޯޓްތަކުގެ ބުކިންގްސް އިތުރުވާނެ ކަމަށް ލަފާކުރާ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ ނިސްބަތް، މިއަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު އިތުރުވެފައިވަނީ ކުޑަމިންވަރަކަށް ކަމަށް ރިޕޯޓުގައިވެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ޚިދުމަތުގެ އަގުތަކާއި އަދި ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް ދަށްވެފައިވީ ނަމަވެސް، އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ އަގުތައް ވަނީ އިތުރުވެފައެވެ. ކުރިމަގުގައި ވެސް އިމާރާތްކުރުމުގެ ވިޔަފާރިތަކުގެ އަގުތައް މަތިވެގެންދާނެކަމަށް ލަފާކޮށްފައިވާއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ އަގުތައް މަތިވެގެންދާނެކަމަށް ލަފާކުރެއެވެ.
ރައީސް އިބޫގެ ވެރިކަމުގައި ރާއްޖޭގެ އިގްތިސާދު މިދަނީ ފުނޑެމުން އަދިވެސް މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ކުއްޔަށް ދީގެން ދައުލަތުގެ އާމްދަނީ އަށް މަހަކު 1 ބިިލިއަން ޑޮލަރު ހޯދަން ވިސްނާ އެމަގުން އެރަށް ތައް ބިޑް ކުރުމެއް ނެތި ވިއްކާލަން ތަމެން ވިސްނާނީ ކޮން ދުވަހަކުންތޭ...
ފަހިކަމާ ތިޔާގިކަމާއެކު ހިނގަހިނގާހުރި އިޤްތިޞާދު އަލުންވެސް އެތކެއް އަހަރު ފަހަތަށް ސޮއްސުވައިލި ހަތަރު ލަޑަރުންނަށް ހަލާކުހުއްޓެވެ.
ގައުމުގެ ހު ރިހާ ވިޔަފާއެތް ހަލާކު ކޮލީ މައުމޫންގާސިމު އިމު ރާން ނަސީދު އަދި އިބޫ ކަލޭމެން ސިޔާސީދައި ރައިންދު ރަށްދޭ