ބަރުދަން ލުއި ކޮށްދިނުމުގައި ބޮޑު އެހީތެރިކަމެއް ވެދޭނެ ލޭންސްލޭ ސްލިމިން ކޮފީ ރާއްޖެ އެތެރެކޮށް ވިއްކާ "ލިބޭ" އިން ވަރަށް ބޮޑަށް އެކޮފީގެ އަގު ހެޔޮކޮށްފިއެވެ.

"ލިބޭ" ގެ އޮފިޝަލަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ލޭންސްލޭ ބްރޭންޑްގެ ސްލިމިން ކޮފީގެ އިތުރުން ލޭންސްލޭ ބްރޭންޑްގެ ސްލިމިން ހޮޓްޗޮކްލެޓްގެ އަގު ވެސް ހެޔޮކޮށްގެން ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ.

"މިއަދުން ފެށިގެން އެއްހަފްތާ ދުވަހަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ކޮފީ އަދި ހޮޓްޗޮކްލެޓް އެއްފޮށި 135 ރުފިޔާ އަށް ލިބޭނެ. 6 ފޮށި ނުވަތަ އެއަށްވުރެ ގިނައިން ބައްލަވައި ގަންނަވާ ނަމަ ފޮއްޓެއް 125 ރުފިޔާ އަށް ލިބޭނެ. ޕްރޮމޯޝަނެއްގައި ނޫންނަމަ މީގެ ފޮއްޓެއް ވިއްކަމުން ގެންދަނީ 150 ރުފިޔާއަށް." އޮފިޝަލް ވިދާޅުވިއެވެ.

"ލިބޭ" ގެ އޮފިޝަލަކު ވިދާޅުވީ ޕްރޮމޯޝަން އަގުގައި ކޮފީ ވިއްކަމުން ގެންދަނީ ހަމައެކަނި "ލިބޭ" އިން ކަމަށެވެ.

"ލިބޭ" ގެ އުފެއްދުންތައްބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖެއް ކޮށްލުމަށް އެފަރާތުން އެދެއެވެ.

މި ޕްރޮޑަކްޓު މާލެއާއި ހުޅުމާލެ އަދި ވިލިމާލެ އިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ. ރަށްރަށަށް ފޮނުވަން ބޭނުންވާ ނަމަ ބޯޓާއި ހަމައަށް އޯޑަރު ގެންގޮސްދޭނެއެވެ.

"ލިބޭ" އިން ދަނީ ލޭންސްލޭ ސްލިމް ކޮފީގެ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދަމުންނެވެ، ސެޕްޓެމްބަރ 15 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ އެއްވަނަ އިނާމަކީ އެއްލައްކަ ރުފިޔާއެވެ. ދެވަނަ އިނާމަކީ އުމްރާ ދަތުރެކެވެ. ތިން ވަނަ އިނާމަކީ އައިފޯނެކެވެ.

މިޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ކޮފީ ގަތުމުން ލިބޭ ކޫޕަނެއް ފުރިހަމަކޮށް "ލިބޭ" އަށް ފޮނުވަން ޖެހޭނެއެވެ. އެކުންފުނިން ބުނީ ޕްރޮމޯޝަންގެ މުއްދަތު ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހު ހަމަވުމުން ސެޕްޓެމްބަރ 30 ވަނަ ދުވަހާއި ހަމައަށް ކޫޕަންތައް "ލިބޭ" އަށް ފޮނުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ޕްރޮމޯޝަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތައް ހޮވުން އޮންނާނީ އޮކްޓޯބަރ މަހުގެ 01 ވަނަ ދުވަހު އެވެ.