ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލި ރަޝިއާ އާއި ރާއްޖެއާ ދެމެދު ދަތުރުތައް އަލުން ފަށައިފިއެވެ.

މިއަދު ހެނދުނު ރަޝިއާގެ ފްލެގް ކެރިއަރ އޭރޯފްލޮޓުގެ ފްލައިޓެއް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައެވެ. އޭރޯފްލޮޓުން ރަޝިއާ އާ ރާއްޖެ އާ ދެމެދު ހަފްތާއަކު ދެ ފްލައިޓް ބާއްވާނެ އެވެ.

މި ފްލައިޓްތައް އޮންނަ ގޮތަށް ބަލާއިރު، މޮސްކޯގެ ޝެރެމެޓޭވޯ އެއާޕޯޓާއި ރާއްޖެ އާ ދެމެދު ދަތުރު ބާއްވަން ނިންމާފައި ވަނީ ބުރާސްފަތި އަދި އާދީއްތަ ދުވަހު އެވެ. އަދި މާލެ އާއި ޝެރެމެޓޭވޯ އެއާޕޯޓާއި ދެމެދު ދަތުރުތައް ބާއްވާނީ ހުކުރު އަދި އާދީއްތަ ދުވަހުއެވެ.

ރަޝިޔާގެ ބައިނަލްއަގުވާމީ ދަތުރުތައް ކުރުން މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ހުއްޓާލާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ޒިޔާރަތް ކުރަމުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ރާއްޖެ އަށް މީގެ ކުރިން ރަޝިއާ ފަތުރުވެރިން ވެސް ގިނަ އަދަދަކަށް ދަތުރު ކުރިއެވެ.އަދި ކުރިން ރަޝިއާ އާއި ރާއްޖެ އާ ދެމެދު ހަފްތާއަކު އެއް ދަތުރު ކޮށްފައި ވެއެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް ދަތުރު ކޮށްފައި ވަނީ 11،629 ފަތުރުވެރިންނެވެ