ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އެޕަލް ޕްރޮޑަކްޓްތައް ވިއްކަމުން އަންނަ ބެސްޓް ބައި މޯބައިލްއިން އެ ކުންފުނީގެ ދެ ވަނަ ފިހާރައެއް މާލޭގެ މަޖީދީ މަގުގައި ހުޅުވައިފިއެވެ.
މާފަންނު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ބްރޭންޗް "ކުރީގެ ސްޓާ ސިނަމާ" ކުރިމަތީގައި ހުންނަ މި ފިހާރަ ރަސްމީކޮށް ހުޅުވާފައި ވަނީ ހުކުރު ދުވަހުގެ ރޭ ވަގުތެއްގައެވެ.
މިއީ ބެެސްޓް ބައި މޯބައިލްގެ ނަމުގައި މާލޭގައި ހުޅުވި ދެވަނަ ފިހާރައެވެ. މި ކުންފުނީގެ ފުރަތަމަ ފިހާރަ ހުންނާނީ މާވެޔޮމަގުގައި ހުންނަ ފަތަހަ މޯލްގެ ގޯޅީގައެވެ. އެ ފިހާރަ ހުޅުވިތާ އެއް އަހަރު ފަހުން ދެވަނަ ފިހާރަ ހުޅުވިއިރު، ޖާގަ ތަނަވަސް ރީތި، މިފިހާރާގައި އެންމެ ބްރޭންޑެޑް ފޯނުގެ، އިތުރުން، ފޯނާއި ގުޅުން ހުރި ހުރިހާ ސާމާނެއް ލިބެން ހުންނާނެ އެވެ.
އެ ފިހާރައިން ސެމްސަންގ، އެޕަލް، އޮޕޯ، ރެޑްމީ، ވާވޭ، ވަންޕްލަސް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ އެންމެ ފަހުގެ ފޯންތައް ލިބެން ހުންނާނެއެވެ.
"އަޅުގަނޑުމެންނަކީ އެންމެ އަގުހެޔޮކޮށް، އައިފޯނާއި، ސެމްސަންގ، އަދި އެކި ބްރޭންޑްތަކުގެ ސްމާޓް ފޯނާއި، އެސެސަރީސް އާއި ގެޖެޓްސްތައް ވިއްކަމުންދާ ބައެއް" ބެސްޓް ބައި މޯބައިލްގެ އޮފިޝަލަކު ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، އެ ކުންފުނިން އޮންލައިންކޮށް ފޯނުގެ ވިޔަފާރި ކުރަމުންދާތާ 10 އަހަރުވެދާނެއެވެ. އެހެންކަމުން އެ ކުންފުނިން ވެފައިވަނީ ރާއްޖެއަށް ފޯނު އެތެރެކޮށް ވިއްކަމުގައި ދިވެހިންގެ އިތުބާރު ހޯދާފައިވާ ކުންފުންޏަކަށެވެ. އަދި އެ ކުންފުންޏަކީ އެޕަލްގެ ޕްރޮޑަކްޓްތައް ރާއްޖެ ގެނެސް އެންމެ ހެޔޮ އަގުގައި ވިއްކާ އެއް ކުންފުނި ކަންވެސް ފާހަގަކޮށްލަން ޖެހެެއެވެ.
"އެޕަލްގެ ޕްރޮޑަކްޓްތަކަކީ އަޅުގަނޑުމެންގެ އެކްސްލޫސިވް ޕްރޮޑަކްތަތަކެއް، އެހެންވީމަ އެންމެ ހަޔޮއަގުގައި މެކްބުކަށް ދާން ދޭން، އައިފޯނާއި، އައިޕެޑުގެ އެންމެ ފަހުގެ ހުރިހާ މޮޑެލްސްތައް އަޅުގަނޑުމެންގެ އަތުން ލިބެން ހުންނާނެ" އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި، މަޖީދީމަގުގައި ހުންނަ ފިހާރައިން ފޯނު ފަދަ އެއްޗެހި މަރާމާތު ކުރުމުގެ ހިދުމަތްވެސް ލިބިގެން ދާނެ އެވެ. އަދި އެ ފިހާރައިން ޑެލިވަރީ ހިދުމަތްވެސް ދެމުން ދާނެއެވެ.
ބެެސްޓް ބައި މޯބައިލަކީ ރަށްރަށަށްވެސް ފޯނާއި، އަދި ފޯނާއި ގުޅުން ހުރި ޕްރޮޑަކްޓްތައް ފޮނުވައިދޭ ކުންފުންޏެކެވެ. އެގޮތުން އެތަނުގެ ފޯނު ނަމްބަރު 7952033 އަށް ގުޅާލުމުން، މާލެ ސަރަހައްދުގެ ހުރިހާ ތަނަކަށާއި، ރަށްރަށަށް ފޯނު ފޮނުވުމަށް ބޯޓު ފަހަރުތަކާއި، ދޯނި ފަހަރުތަކަށް ފޯނު ޑެލިވަރީ ކޮށްދެމުން ދާނެއެވެ.
"މާލޭގައި މިހާރު އެންމެ އަގުހެޔޮކޮށް ޑެލިވަރީ ހިދުމަތަކާއެކު، ފޯނު ފޯރުކޮށްދެމުން ދާނީ ވެސް އަޅުގަނޑުމެން" އޮފިޝަލް ވިދާޅުވިއެވެ.
މި ފިހާރައިން އިސްލާމިކް ބޭންކް މެދުވެރިކޮންނާއި، އެމްއެފްއެލްސީ އަދި ބީއެމްއެލް އިސްލާމިކް އާއި ބީއެމްއެލްް އީޒީ ޕޭ މެދުވެރިކޮށްވެސް ފޯނު ދޫކުރެއެވެ.
ތިތަނުން އެއްޗެހި ލިބޭތޯ ބަލާލަން ދުރުވާނަން.