އެޕަލް އިން އެންމެ ފަހުން ދުނިޔޭގެ ބާޒާރަށް ނެރުނު އެޕަލް ވޮޗް ސީރީސް-06 އާއި އެޕަލް ވޮޗް އެސްއީ އިތުރުން އެޕަލްގެ އަށްވަނަ ޖެނަރޭޝަން އައިޕެޑް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މި އުފެއްދުންތައް ރާއްޖެއަށް އެންމެ ފުރަތަމަ ގެނައި ބަޔަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އެޕަލް ޕްރޮޑަކްޓްތައް ވިއްކަމުން އަންނަ ބެސްޓް ބައި މޯބައިލް އެވެ.

ބެސްޓް ބައި މޯބައިލްއިން ބުނީ، މި ޕްރޮޑަކްތައް މިހާރުން ފެށިގެން އެ ކުންފުނީގެ ދެ ފިހާރައިންވެސް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން އެޕަލްގެ އަށްވަނަ ޖެނަރޭޝަން އައިޕެޑްގެ 32 ޖީބީ އާއި 128 ޖީބީ ދެ ފިހާރައިން ލިބެން ހުންނާނެ އެވެ. އަދި އެޕަލްއިން ނެެެރުނު ހުރިހާ ކުލައެއްގެ އެޕަލް ވޮޗް ސީރީސް-06 އާއި އެޕަލް ވޮޗް އެސްއީ ދެެ ފިހާރައިން ލިބޭނެ އެވެ.

އެ ކުންފުނީގެ ފުރަތަމަ ފިހާރަ ހުންނާނީ މާވެޔޮމަގުގައި ހުންނަ ފަތަހަ މޯލްގެ ގޯޅީގައެވެ. ދެވަނަ ފިހާރަ ހުންނާނީ މާފަންނު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ބްރޭންޗް "ކުރީގެ ސްޓާ ސިނަމާ" ކުރިމަތީގައެވެ.

މި އަހަރު ނެރުނު އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތަކާއި، އެހެން ބްރޭންޑްތަކުގެ އެންމެ ފަހުގެ އުފެއްދުންތައް މިހާރު ބެސްޓް ބައި މޯބައިލްއިން ލިބޭނެއެވެ.

އެ ކުންފުނީގެ ފިހާރަތަކުން އިންސްޓޯލެމެންޓަށްވެސް ދަނީ މި ތަކެތި ވިއްކަމުންނެވެ. އެގޮތުން އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، ބީއެމްއެލް އިސްލާމިކް، ބީއެމްެއެލް އީޒީ ޕޭ މެދުވެރިކޮށް އެ ފިހާރައިން މި ތަކެތި ނެގޭނެ އެވެ.