ރާއްޖެއަށް އަލަށް ތަޢާރަފްކުރި އިންޓަނޭޝަނަލް ސްކިން ކެއަރް ކޮސްމެކިއުޓިކަލްސް ބްރޭންޑް ކަމުގައިވާ 'ކޮސްމެޑް' މި އޮކްޓޯބަރ މަހުގެ ފަހެއްގައި ވަނީ ރާއްޖޭގައި ލޯންޗްކޮށްފައެވެ. ކޮސްމެޑް އަކީ ޔޫރަޕްގެ އެވޯރޑް ވިނިންގް ސްކިން ކެއާ ބްރޭންޑްއެކެވެ. މި ޕްރޮޑަކްޓް ލައިންގައި 12 ވައްތަރު ހިމެނެއެވެ. އަދި މި ލައިންގައި އިސްތަށިގަނޑަށް އަދި ހަމަށް ޙާއްސަ އެތައް ޕްރޮޑަކްޓްތަކެއް ހިމެނިގެން ދެއެވެ.

ކޮސްމެޑްގެ ޕްރޮޑަކްޓް ލައިން ކަމުގައިވާ 'ރެވަރލުޝަން' އަކީ ކޮސްމެޑްގެ އެންޓައި އޭޖިން ސްކިން ކެއަރ ލައިން އެކެވެ. މި ލައިންގައި ހިމެނިގެންވަނީ ވަރަށް ޙާއްސަ ފަސް ޕްރޮޑަކްޓްތަކެކެވެ. ރެވަރލުޝަންގެ ޕްރޮޑަކްޓްތަކަކީ އުމުރުގެ ސަބަބުން ހަމަށްކުރާ އަސަރުން ސަލާމަތްކޮށްދީ، ހަމަށް ތެތްކަމެއް ގެނެސްދީ، ހަންގަނޑަށް ވާންކޮށްދީ އަދި އަލިކަން ގެނެސްދޭ ޕްރޮޑަކްޓްތަކެކެވެ.

https://www.facebook.com/412466378923013/posts/1626135860889386/

ރެވަރލުޝަންގެ ޕްރޮޑަކްޓްތަކުން ހަމަށް ތާޒާކަން ގެނެސްދެއެވެ. ހަމައެހެންމެ، ރޫޖެހުން ހުއްޓުވައިދިނުން އަދި ލޯ ކައިރި ހަން ރޫފިލުވައި ރީތިކޮށްދީ، ލޯ ކައިރި ކަޅުކަން ވެސް ފިލުވައިދިނުމަށް މި ޕްރޮޑަކްޓްތަށް އެހީ ވެދެއެވެ.

ކޮސްމެޑްއަކީ ދުނިޔޭގެ އެތައް ހާސް ހަމުގެ ޑޮކްޓަރުންގެ އިތުބާރު ލިބިފައިވާ އަދި އެ ޑޮކްޓަރުން ރެކޮމެންޑް ކުރާ ބްރޭންޑްއެކެވެ. އަދި ކޮސްމެޑް ބްރޭންޑަށް ވަނީ އަހަރުގެ އެންމެ މޮޅު ސްކިން ކެއަރް ބްރޭންޑްގެ އެވޯޑްވެސް ލިބިފައެވެ.

ކޮސްމެޑްގެ ހުރިހާ ޕްރޮޑަކްޓްތަށްނިއު އެޑިޝަން، ނޯޓް މޮނޯ އައުޓްލެޓް އަދި އެފްޑީ ސްޕޯރޓްސްގައި ލިބެންހުންނާނެއެވެ. އޮންލައިން ކޮށް

އޯރޑަރ ކުރުމަށް ވައިބަރ ނުވަތަ ނިއު އެޑިޝަންގެ ވެބްސައިޓުން އޮންލައިންކޮށް ގަނެވޭނެއެވެ. އަދި ހިލޭ ގެއަށް ޑެލިވަރީ ކޮށްދޭނެއެވެ. ކޮސްމެޑްގެ މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7481320، 7362727، 9472727 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަލޭފާނު

    ތިފިހާރަ ކުދިން އެހާ ރީތީ ތިޕްރޮޑަކްޓް ބޭނުންކުރާތީތަ؟

  2. ސާދާ

    ސަޅި ބްރޭންޑެއް ތީގެ މޮއިސްޓުރައިޒާ ކްރީމް ބޭނުންކުރަން.

  3. ޖައްޔި

    ތިޔާ މާލެއިން އެކަނިލިބޭ އެއްޗެއްތަ

  4. ޝަރީ

    އަންބި އަންނާނީ ރުޅިކަންނޭންގެ މަތިމުނުގަ ހާކައިގެން

  5. ކަނބުލޮ

    މާތް ކަލާއްކޯ !!! ތިޔަ އެހެންވިއްޔާ ކެމިކަލުން ފުރިފަ ހުންނާނީ މަވާ ސަލާން