ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ، ދިވެހިންގެ މެދުގައި މަޤުބޫލު "ލޭންސްލޭ ސްލިމިން ކޮފީ" އަގު ހެޔޮ ޕްރޮމޯޝަންގެ ދަށުން ވިލިމާލެ އިން ވިއްކަން ފަށައިފިއެވެ.

ރާއްޖެއަށް ލޭންސްލޭ ކޮފީ އެތެރެކޮށް ވިއްކަމުން ދާ "ލިބޭ" އޮފިޝަލަކު ވިދާޅުވީ، އެއް ފޮށި ގަތުމުން އެއް ފޮށި ހިލޭ ލިބޭ މި ޕްރޮމޯޝަންގެ ދަށުން ވިލިމާލެ އިންވެސް ކޮފީ ލިބޭނެ ކަމަށެވެ. މިގޮތަށް ކޮފީ ލިބޭނީ "ލިބޭ"އިން ކޮފީ ރީޓެއިލްކޮށް ބައްލަވައިގަންނަވާ ފަރާތްތަކަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ޕްރޮމޯޝަންގައި ކޮފީ ފޮއްޓެއް ވިއްކާނީ 160 ރުފިޔާ އަށެވެ. 160 ރުފިޔާ އަށް ކޮފީ ފޮއްޓެއް ބައްލަވައި ގަތުމުން އިތުރު ކޮފީ ފޮއްޓެއް ލިބޭނެއެވެ. ޕްރޮމޯޝަންގައި ބައިވެރި ނުވެ 100 ރުފިޔާ އަށް ވެސް އެއްފޮށި ކޮފީ ގަތުމުގެ ފުރުސަތު އޮންނާނެއެވެ.

މި ޕްރޮމޯޝަން ނޮވެމްބަރު ހަތް ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެ އެވެ.

ވިލިމާލެ އިން ކޮފީ ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން 7641446 އަށް ނޫނީ "ލިބޭ“ގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރައްވައިގެން ނުވަތަ 9759452 ނަމްބަރު ފޯނަށް ގުޅުއްވައިގެން ކޮފީ އަށް އޯޑަރު ކުރެވޭނެއެވެ.