ރާއްޖޭގެ ތާރީޙުގައި އުފެދުނު އެންމެ މޮޅު، ފުޓުބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު (ދަނގަޑޭ) އާއި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ފަތަހަ ސްޓަރ ޕްރައިވެޓް ލިމިޓެޑުގެ، ފަތަހަ މޯލްއަށް ގޮސް އެއްޗެހިތަކެއް ގަނެފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯ މީގެ ތިން ދުވަސް ކުރިން ފަތަހަ މޯލް އިން ފޭސްބުކްއަށް ދޫކޮށްލިއިރު، އެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން މި ވަނީ ލިބިގެން ގޮސްފައެވެ.

އެ ވީޑިއޯގައި ފުރަތަމަ ފެނިގެން ދަނީ ދަނގަޑޭ ފިހާރައަށް ވަންނަން ދާއިރު، އެތަނުގައި މަސައްކަތް ކުރާ މުވައްޒަފެއް ފިހާރައިގެ ދޮރު ހުޅުވާ މަންޒަރެވެ. ދަނގަޑޭ ފިހާރަ ތެރެއަށްވަދެގެން ގޮސް ލިފްޓަށް އަރައެެވެ. އަދި ފިހާރައިން ގޭތެރެއަށް ބޭނުންވާ ގިނަ ސާމާނުތައް ނަގައެވެ.

އޭގެ އިރުކޮޅެއް ފަހުން އެ ވީޑިއޯއިން ދެން ފެނިގެން ދަނީ ސާއިދު އެ ފިހާރައަށް ވަންނަ ތަނެވެ. ސާއިދުވެސް ފިހާރައިން ގިނަ އެއްޗެހި ނަގައެވެ. އަދި އޭނާ ގޮސް ހުއްޓެނީ ދަނގަޑޭ ކައިރީގައެވެ. އެއިރު ދަގަނޑޭ ހުރީ އެ ފިހާރައިގައި ހުރި ކޮސްޓެމްޓިކްސް އެއްޗެހި ހުރި ހަރުގައި ހުރި އެއްޗެހިތައް ބަލާށެވެ.

އާނއެކެވެ. ފަތަހަ މޯލްގައި ނެތް އެއްޗެއް ނެތެވެ.

ދަނގަޑޭ އާއި ސާއިދު އެ ފިހާރައަށް ވިޔަފާރިކޮށްލަން ކުރި ޒިޔާރަތުގެ ވީޑިއޯއަށް 1000 އަށްވުރެ ގިނަ ލައިކް އާއި 86 ޝެއާ ލިބިފައި ވެއެވެ. މި ވީޑިއޯއަށް މިހާތަނަށް ފަސް ލައްކަ ވިއުސް ލިބިފައި ވެއެވެ.

މީގެ އިތުރުން ދަނގަޑޭވެސް ވަނީ އެ ވީޑިއޯ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި އާއްމުކޮށްފައެވެ. އެ ޕޯސްޓް ފޭސްބުކް ޕޭޖްގައި އާއްމުކޮށް އޭނާ ވަނީ ފަތަހަ މޯލްގައި ނެތް އެއްޗެއް ނެތް ކަމަށް ލިޔެފައެވެ. އަދި ފަތަހަ ވަރެއް ނެތް ކަމަށްވެސް އޭނާ ލިޔެފައި ވެއެވެ.

Fathaha Mall. Neih echeh neih! Fathaha vareh neih!

Posted by Ali Ashfaq on Sunday, 6 December 2020

ފަތަހަ މޯލް އިން އާއްމުކޮށް ގޭތެރެއަށް ބޭނުންވާ ހުރިހާ އެއްޗެއް ހެޔޮ އަގެއްގައި ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި، ދިވެހިންގެ މަސައްކަތްތެރިކަން ފެނިގެން ދާނެ ގިނަ ސާމާނާއި، ގޭތެރެއަށް ބޭނުންވާ ގާތްގަނޑަކަށް ހުރިހާ ސާމާނެއްގެ އިތުރުން ދާދި ފަހުން އެ ފިހާރައިން ވަނީ ކޮސްމެޓިކްސްވެސް ލިބޭ ގޮތް ހަމަޖައްސާފައެވެ.