އަވައްޓެރި އިންޑިޔާ އަކީ އިގްތިސާދީ ގޮތުންނާއި ފަންނީ ގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކާއި ވާދަކުރާ އެއް ޤައުމެވެ. އާބާދީގެ ގޮތުން ބެލި ކަމުގައި ވިޔަސް އަމިއްލަ ޤައުމުން އުފައްދާ ތަކެއްޗަށް ބަރޯސާވެފައިވާ ޤައުމުތަކުގެ ކުރީގައިވެސް އިންޑިޔާ ހިމެނޭއިރު އެޤައުމުގެ ކުރިމަގާއި ދުނިޔޭގެ އެހެން ކުރިއަރާފައިވާ ޤައުމުތަކާއި ވާދަކޮށް ކުރި އަރައިދިއުމަށް ޤައުމުގެ ސަރުކާރުން މަސައްކަތް ކުރާތާ އަހަރުތަކެއް ވަނީ ވެފަ އެވެ. އެގޮތުން މި އުއްމީދަށް ވާސިލް ވެވޭނެ ކަމުގެ ފެހި ސިގުނަލް އެޤައުމަށް މިހާރު ވަނީ ލިބިފަ އެވެ.

އިގުތިސާދު ދިރާސާ ކުރާ ފާމަކުން އަންދާޒާ ކުރާ ގޮތުގައި 2030 ވަނަ އަހަރު އިންޑިޔާގެ އިގުތިސާދު ދުނިޔޭގެ އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ޤައުމުތަކުގެ ލިސްޓުގެ 3 ވަނައަށް ގޮސްދާނޭ ކަމަށް ބެލެވެއެވެ. 2025 ހުގައި އިންޑިޔާގެ އިގުތިސާދު 5 ވަނަ ދަރަޖައަށް ދާނޭ ކަމަށް ލަފާކުރެވޭއިރު 2030 ހުގައި އެ އިގްތިސާދު 3 ވަނަ އަށް ކުރިއަރައި 3 ވަނައިގައި 2035 ވަނަ އަހަރާއި ޖެހެންދެން އޮވެދާނެ އެވެ.

އިންޑިޔާ އާއި ވާދަވެރި ޗައިނާގެ އިގުތިސާދު އެމެރިކާގެ އިގުތިސާދު ދަށަށް ވައްޓާލައި 2028 ގައި އެ މަގާމަށް އަރާނޭ ކަމަށްވެސް އިގުތިސާދު ދިރާސާ ކުރާ ފާމުން ހާމަކުރެއެވެ. އެންމެ ފަހުން ދަ ސެންޓާރ ފޯ އިކޮނޮމިކްސް އެންޑް ބިޒްނަސް ރިސާޗު (ސީއީބީއާރް) އިން ނެރުނު ވޯލްޑް އިކޮނޮމިކް ލީގް ޓޭބަލް އިން ވަނީ ދުނިޔޭގެ 193 ޤައުމެއްގެ އިގުތިސާދަށް 2035 ވަނަ އަހަރާއި ހަމައަށް އަންނާނޭ ބަދަލުތަކުގެ އަންދާޒާއެއް ނެރެފައެވެ. މި އަންދާޒާ އަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އަށް ބަލައި އެކުލަވާލާފައިވާ ރިޕޯޓެކެވެ.

ސެންޓާ ފޯ އިކޮނޮމިކްސް އެންޑް ބިޒްނަސް ރިސާޗުން ހާމަކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ވައްޓާލައި އިންޑިޔާއިން ވަނީ 2019 ވަނަ އަހަރު ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު އިގުތިސާދުގެ ދަރަޖަ ހޯދާފައި އެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން އެޤައުމަށް ވަނީ އެ ދަރަޖަ އިން ތިރިއަށް ވެއްޓިފަ އެވެ. އަދި 2025 ހުގައި 5 ވަނަ ދަރަޖަ ހޯދައި 2030 ހުގައި 3 ވަނަ ދަރަޖަ ހޯދަން އެޤައުމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރާއްޖެތެރެ

    އިންޝާﷲ ތިކަމެއް ނުވާނެދެން

    2
    3
  2. އެދުރުބެ

    އަލީ ރަމީޒް ވަރަށް މޮޅުވާނެ ތިކަމަށް ރަންއަޑުން ރިޕޯޓެއް ހަދާލަން

    4
    7
  3. އާދަމުގެދަރި

    ޗައިނާ މި ސަރަހައްދަށް އަންނާތީ ހުޅަނގުގެ މީހުން ދައްކާ މަކަރުވެރި ވާހަކައަކަށްވުން ގާތްކަން ބޮޑީ. މުސްލިމުންގެތެރޭގައި ތިބޭ އަގީދާ ބަލިކަށި މީހުން ލައްވައި އިސްލާމްދީނަށް ފުރައްސާރަކުރުވާފައި ދުނިޔޭގައި ލެއްވިހައި ކަމެއްގެ މެޑެލް އެމީހެއްގެ ކަރުގައި އަޅުވާފައި މާ މޮޅު މީހަކަށް ހަދާ އުސޫލުން މިފަހަރުވެސް ތިޔަކަން ކުރާނެ. އެއީ ކޮންމެހެން ހަގީގަތަކަށްވާތީއެއް ނޫން. އޭރުން ބައެއް މީހުން އެއީ ތެދެއްކަމަށް ބަލައިގަންނާނެތީ.

    3
    1
  4. ކަމަނަގޯތީ އާދަނު

    އިގްތިސާދު ކިތަންމެ ކުރިއެރި ނަމަވެސް އެގައުމެއްގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔަކު އެންމެ ދަތިހާލުގައި އުޅޭ ގައުމަކީ އިންޑިއާ އެގައުމުގެ ރަށްފުށު ހިސާބުތަކުގައި ފާހާނާ ކޮށްލާނެ ގޮތެއް ނެތީގެން ދަނޑުތަކު ތެރެއަށް ފާހާނަ ކުރަމުންދަނީ. އަނެއްބަޔަކު ބޯން ބޭނުންކުރާ ފެންކޯރު ތަކަށް ފާހާނަ ކުރަމުންދަނީ ހަމަ އެފެންކޯރަށް އެރި ފެންވަރަނީ އަދި ގެރި ބަކަރި ފެން ވަރަނީވެސް ހަމަ އެފެންކޯރުން..

  5. އައްޑޫ މީހާ

    ދުނިޔޭގެ 3 ވަނައެއްނޫން 1 ވަނައަށްވެސް ދާނެ ހަމަ އެކަނި ދިވެހިރާއްޖޭގެ ރައްޔިތުން ބޭސްފަރުވާއަށް ފޮނުވައިގެންވެސް ވިސްނާލާ ކިހާ ފައިސާއެއް އިންޑިއާއަށް ޙަރަދު ކުރަން މިޖެހެނީ ހަމަ ކަމެއްވާއިރަށް އިންޑިއާއަށް މިތާގަވެސް އޭގެ މެޝިންގަނޑެއް ބެހެއްޓިދާނެ އޭރުން ހާހުން ހާހުން ޑޮލަރު އިންޑިއާއަށް ދޭކަށް ނުޖެހޭނެ ކެއުމާއި ހުރުމާއި ބޭސްފަރުވާގެ ހަރަދަށް ބެލިޔަސް ދިވެހި ރައްޔިތުން ސަލާން ޖަަހައިގެން ފައިސާކޮޅެއް ހޯދައިގެން ބޮޑުއަގުގައި ޑޮލަރު ގަނެގެން އެތަނަަށް ދިޔައިމަ އެމީހުން ބޭނުން ދުވަހަކަށް ބަލިމީހާ ތަޅުވާފަ އަތުގައޮތް ފައިސާކޮޅު ހުސްއަރުވާލާ އަޅެ މިގައުމުގެ ސަރުކާރުން މިހާރު ވެއްޖެދޯ ކެންސަރާއި ކިޑްނީގެ އަދި ލިވާގެ ބަލިތައް ރާއްޖޭގައި ގިނަވާކަން އެބަ އެނގޭ އެހެންވީމަ އެކަމަށް ފަރުވާދެވޭވަރުގެ ގާބިލުކަން ނެއްބައެއް ނޫން ދިވެހިންނަކީ ބޮޑު ހޮސްޕިޓލެއް މާލޭގައި ހުރިއިރު އާދައިގެ ހެލްތް ސެންޓަރަކުން ދޭ ޙިދުމަތް އެތަނުން މިދެނީ އެތާގައި ރޭޑިއޯ ތެރަޕީ ދެވޭނެ މެޝިނަކާއި ކީމޯ ދެވޭނެ ގޮތް ހަދާލިޔަސް މިލިޔަނުން ފައިސާ ސަރުކާރަށް ސަލާމަތް ކުރެވިދާނެ އޭރުން 2030 ގައި ދިވެހި ރާއްޖޭގެ އިގްތިސާދު ދުނިޔޭގެ 02ވަނައަށް އަރާނެ

    4
    1
  6. ކެނެރީގެ ޑޯގ

    މުޅި ދުނިޔޭގެ ހަލާކު، ހިންދޫ ޓެރޮރިސްޓުން އިންޑިއަރ ހައިޖެކް ކޮށް މުޅިދުނިޔެ ބިރުވެރި ކަމެއްގެ ތެރެއަށް ވަށްޓާލައިފި. ޑޯގް މޯދީ މުސްލިމުން ނައްތާލަން ޓެރޮރިސްޓު އާމީ އެއްބިނާ ކުރަމުން ދާވާހަކަ އަކީ ހަގީގަތް. އިންޑިއާ މޯދީގެ ނުބައި ކަމުން ސަލާމަތް ކޮށްދެއްވާންދޭވް.

    3
    1
  7. ޝިޔާމް

    އެކަމަކު އަދިވެސް ރައްޔިތުންނަށް ފާހާނާކުރެވޭނެ ގޮތެއް ނެތް؟

    5
    1