މިހާރު ފެތުރެމުން އަންނަ ނުރައްކާތެެެރިި ވައިރަސް ކޮވިޑް-19 ފެތުރެން ފެށި ފަހުން އެެއް ދުވަހެއްގެ ތެރޭގައި އެންމެެ ގިނަ ފަތުރުވެެރިން ރާއްޖެއަށް ޒިޔާރަތްކުރި ދުވަހުގެ ރެކޯޑު އިއްޔެެ މުގުރާލައިފިއެވެ.

މިކަން ހާމަކުރައްވާ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އިއްޔެއަކީ ބޯޑަރު ހުޅުވާލި ފަހުން ފަތުރުވެރިކަމުގެ އާ ރެެކޯޑެއް ގާއިމްކުރެވުނު ދުވަހެެއް ކަމަށެެވެ. އިއްޔެެެރޭ 10 ޖެހުމާއި ހަމަޔަށް 6000 ފަތުރުވެރިން ރާއްޖެެއަށް ޒިޔާރަތްކޮށްފައިވާކަމަށް މިނިސްޓަރ މައުސޫމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރުގެ ޓްވީޓުގައި ވަނީ ފަތުރުވެރިކަމުގެެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ގުޅުންހުރި އިސާރާތްތަކަށް މަރުހަބާ ދަންނަވާފައެވެެ.

އިއްޔެ އިތުރުން މިމަހު އެންމެެ ގިިނައިން ރާއްޖެއަށް ފަތުރުވެރިން ޒިިޔާރަތްކޮށްފައިި ވަނީ 19 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް ރާއްޖެއަށް 5000 އަށްވުރެ ގިނަ ފަތުރުވެރިިން ވަނީ ޒިޔާރަތްކޮށްފައެވެ. އެވްރެޖްކޮށް މިމަހުގެ ކޮންމެ ދުވަހަކު 2000 މީހުންނަށްވުރެ އިތުރަށް ފަތުރުވެެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އެންމެެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިމަހުގެެ މިހާތަނަށް 77000 ފަތުރުވެެރުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ކޮވިޑް-19 އާ ހެދި ރާއްޖޭގެެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން އެއްވެސް ވަރަކަށް ރާއްޖެެއަށް ފަތުރުވެެރިން ޒިޔާރަތްނުކޮށް ތިން މަހަށްވުރެ ގިނަ ދުވަހު އޮތެެވެެ. އޭގެެ ފަހުން ރާއްޖެ އަލުން ފަތުރުވެެރިކަމަށް ހުޅުވާލާފައި ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

އެއާއެކު، ބޯޑަރު ހުޅުވާލާ ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ލައްކައަކަށް އިތުރު ކުރުމަށް އަމާޒު ހިފައި، މަސް ނިމެން ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް އެއް ލައްކަ ފަތުރުވެރިން ވަނީ ހަމަކޮށްފައެވެ. އެގޮތުން މިހާތަނަށް 530،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން، އެ މަހުގެ ނިޔަލަށް 1،701 ފަތުރުވެރިން އައިއިރު، އޮގަސްޓް މަހު 7،628 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން އައިއިރު އޮކްޓޯބަރު މަހު ރާއްޖެ އައީ 21،515 ފަތުރުވެރިންނެވެ. އަދި ނޮވެމްބަރު މަހު 35،759 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.