އަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ދަތުރުކޮށްފައި ވަނީ އެމިރޭޓްސް އިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު ނެރެމުން އަންނަ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެމިރޭޓްސްގެ ފްލައިޓުތަކުގައި 11،504 މީހަކު ރާއްޖެ އަށް ދަތުރުކޮށްފައިވެއެވެ.

އެއީ 134 މޫވްމަންޓެވެ.

އެމެރިޓޭސް އިން ހަފްތާއަކު ހަތް ދަތުރު ރާއްޖެ އަށް ބާއްވަމުންދާ އިރު، ދަތުރުތައް ބާއްވަނީ ރާއްޖެ އާއި ދުބާއީއާ ދެމެދެވެ.

ތަފާސް ހިސާބުތަކަށް ބަލާ އިރު، ދެވަނަ އަށް އެންމެ ގިނަ ބަޔަކު ރާއްޖެ ދަތުރުކުރީ ގަތަރު އެއާވޭސް އިންނެވެ. އެ އެއާލައިނުން 6،951 މީހުން އައިސްފައި ވެއެވެ. ތިން ވަނައިގައި އުޅެނީ އެއިރޯފްލޮޓެވެ. އެ އެއާލައިނުން 6،362 މީހަކު ރާއްޖެ އަށް ދަތުރުކުރިއެވެ.

ހަތަރު ވަނަ އަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ އިންޑިގޯ އަދި ގޯ އެއާގެ ފްލައިޓުތަކުގައެވެ. މި ދެ އެއާލައިންގެ ފްލައިޓުތަކުގައި ރާއްޖެއަށްވަނީ 5،000 އަށް ވުރެ ގިނަ ގިނަ ފަތުރުވެރިން އައިސްފައެވެ.

ފްލައިޓުތައް އޮޕަރޭޓް ކުރާ މިންވަރު އިތުރުވެފައިވާ އިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 1 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 60581 ފަތުރުވެރިން އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަދީފް ހުސެން

    މަހީކު ރީ ގިނަމީހުން އަންނާނީ ކޮޗިންފެ ރީ އިންކަމައް. އިންޑިޔާގެ ގިނަ ތަ ރިން މިދާކައްދުވަހު ރާއްޖޭގަ މާގިނަވީ އެމީހުންގެ ސަ ރުކާ ރުން ހިލޭޕެކޭޖެއް ދީގެން ކަމައް ބައެއްތަ ރިން ދިންއިންޓަވިއުތަކުގަ އެބަބުނޭ.