ރާއްޖެއިން ދުބާއި އަށް ދިއުމަށް މިއަދު މެންދުރުގަ ވަގުތެއްގައި ފުރި އެމިރޭޓްސްގެ ފްލައިޓެއް އެމާޖެންސީގައި އިންޑިއާގެ މުމްބާއި އެއާޕޯޓަށް ޖައްސައިފިއެވެ.

މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރީ މިއަދު މެންދުރު 14:49 ހާއިރުއެވެ. މާލެ އާއި ދުބާއީގެ ދަތުރެއްގެ ދިގުމިނަކީ ހަތަރު ގަޑިއިރެވެ.

އާއްމުކޮށް ދިވެހިންވެސް ދަތުރު ކުރަމުންދާ އެ ބޯޓުން ދަތުރު ކުރި ފަސެންޖަރަކާއި، ހަވަލާދީ އޭނާގެ އާއިލާއިން ބުނީ، ބޯޓު މުމްބާއި އެއާޕޯޓްގައި ޖައްސާފައި ވަނީ "އޯވާ ހީޓް"ވެގެން ކަމަށެވެ.

އަދި މުމްބާއީ އެއާޕޯޓަށް ޖައްސާފައި ވަނީ 18:12 ގައި ކަމަށް އޭނާ ބުންޏެވެ.

ފްލައިޓް ރާޑަރ އިން ދައްކާގޮތުން އެ ބޯޓު މުމްބާއި އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިވާޓްކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިހާރު އެމިރޭޓްސްގައި ދަތުރުކުރަން ހެޔޮނުވާނެ. ޔޫއޭއީ އިން އެކި ގައުމުތަކާ ދެކޮޅަށް ކޮށްފައިވާ ކަންކަމުގެ ސަބަބުން އެމިރޭޓްސް ވަނީ ނުރައްކަލަށް ހުށަހެޅިފައި.