ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ސްޕެއިންގެ ފަތުރުވެރިކަމާބެހޭ އިންޑަސްޓްރީގެ ސަރުކާރުގެ ކުންފުނި ސަޖިޓޫރުއާއެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައްދަލު ކުރައްވައިފިއެވެ.

ސްޕެއިންގައި ބޭއްވި މި ބައްދަލުވުމުގައި ސަޖިޓޫރުގެ ރައީސް އެންރިކް މާޓިނެޒް މަރިން އާއި ޑިރެކްޓަރު އޮފް ޓޫރިޒަމް ރިސާޗް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން ކާލޯސް ރޮމާރިއޯ ވަނީ މައުސޫމްއާ ބައްދަލު ކުރައްވައިފައެވެ.

މި ބައްދަލުވުމުގައި ސަޖިޓޫރުގެ ފަރާތުން ސްޕެއިންގެ ފަތުރުވެރިކަން ތަރައްގ ީކުރަން ގެންގުޅޭ ސިޔާސަތުތަކާއި ފަތުރުވެރިކަން ކުރިއެރުވުމަށް އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި ވަކިން ހާއްސަކޮށް ފަތުރުވެރިކަން ކުރިއެރުވުމުގައި ރިސާޗާއި ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ އަދި ބޭނުން ކުރަމުންދާ ގޮތްތަކުގެ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ.

މިނިސްޓަރު މައުސޫމް، މި ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަން ފުޅާކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގައި ސަޖިޓޫރުގެ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް ގިނަކަންތައްތަކެއް ރާއްޖޭގައިވެސް ތަންފީޒުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެއްވިއެވެ.

ސަޖިޓޫރަކީ ރިސާޗާއި އަދި ޓެކްނޮލޮޖީގެ ކުރިއެރުން ބޭނުންކޮށްގެން ފަތުރުވެރިކަން ޒަމާނާއި އެއްގޮތަށް ކުރިއަރުވައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ވާދަވެރިކަމުގެ ތެރޭގައި ސްޕެއިންއަކީ މަގްބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މާގުޅިއެއްދޭ މަތިންތައް؟

  2. އަލީ ވަހީދު

    މައުސް ވަރެއްހަމަ ނެތް 👍👍👍

  3. ޙ

    ކުނގުނިތައްދެރަވެގެނެންނޫން ޓްއަރިޒަމްކުރިނާރަނީ. ދުނިޔޭގެ ހުރިހާކަމެއްމިވަނީކިންޓްރޯލްވެފއެވެ. ޢެއްވެސްކަމެއްގައުކުރިއައްދެވޭނީ އިލާހީ ބާރު އެކަމަށް ފުރުސަތު ދިނީމޢެވެ.