ގިނަ ބައެއްގެ ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ރާއްޖޭގެ މަޝްހޫރު އެސްޓާސް ފިހާރަ އަލުން ހުޅުވައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެސްޓާސް ބަންދު ކުރީ އިއްޔެގެ ވަގުތެއްގައި 24 ގަޑިއިރަށެވެ.

އެސްޓާސްއަކީ ރާއްޖެއަށް އެންމެ އަގުހެޔޮކޮށް ގޭތެރެއަށް ބޭނުންވާ ސާމާނާއި، ބަދިގެ ބޭނުންވާ ސާމާނާއި، އެންމެ ހެޔޮ އަގެއްގައި ފަރްނީޗަރު ލިބެން ހުންނަ ފިހާރައެވެ.

ގިނަ އަދަދަކަށް އަބަދުވެސް ކަސްޓަމަރުން ވަންނަ މި ފިހާރައިގައި މިހާރު ދަނީ ރޯދަ މަހާއި ދިމާކޮށް ހާއްސަ ރޯދަ ސޭލްއެއް ވެސް ކުރިއަށްގެންދަމުންނެވެ.

މި ސޭލްގަ ސޯފާ އާއި، ފްރިޖާއި، އިލެކްޓްރޯނިކް ސާމާނު، ގޭތެރެއަށް ބޭނުންވާ ސާމާނާއި، ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނު އަގުހެޔޮ ވާނެ އެވެ.

އެސްޓާސްގައި ދުނިޔޭގެ އިލެކްޓްރޯނިކް ސާމާނު އުފައްދާ އެންމެ ބިޔަ ކުންފުނިތައް ކަމަށްވާ މިޑިއާ، ޓީސީއެލް، އޮކްސް އަދި ސަކައިވޯތު ބްރޭންޑްގެ ގިނަ ސާމާނު 1 އަހަރު ދުވަހުގެ ވޮރަންޓީއާއި އެކު ހެޔޮއަގުތަކެއްގައި ލިބެންހުރެއެވެ.

އެސްޓާސްގެ ފިހާރަ ހުންނާނީ އަމީރު އަހުމަދު މަގުގައެވެ. ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 07:30 ބައިން ފެށިގެން ރޭގަނޑު 10:00 އެސްޓަރސް ފިހާރަ ހުނާނީ ހުޅުވިފައެވެ.