ސިއްހީ މާހިރުން ބޮކްސާ ނުވަތަ ޖަނގިޔާ ނުވަތަ އެފަދަ އެހެން އަންނައުނެއް ވެސް ދޮންނަން ޖެހޭ ރަނގަޅުގޮތް އެންމެންނާ ހަމަޔަށް ގެނެސްދީފައިވާއިރު ހީވަނީ މި އަދާއި ހަމަޔަށް މިތަކެތި ދޮންނަމުން އައި ގޮތަކީ ރަނގަޅު ގޮތެއް ނޫން ހެންނެވެ.

އާންމުކޮށް ބޮކްސާ ދޮވެ އުޅެނީ ކިހާ ދުވަހެއްކޮށްފައި ހެއްޔޭ މީހަކު އަހަފިނަމަ ކޮންމެ ދުވަހަކުވެސް ދޮންނަމޭ ކިޔާ އުޅޭ މީހުން ވަރަށް ގިނަ ވާނެއެވެ. ކޮންމެ ދުވަހަކު ބޮކްސާ ދޮންނަމޭ ބުނެ އުޅޭއިރު ލައިގެން ހުންނަނީ ހަޑި ވެފައިވާ ބޮކްސާއެއް ކަން އެއްވެސް މީހަކަށް ނޭނގޭނެއެވެ.

ޑޮކްޓަރ ލިސާ އަކާލޭ މިވަނީ ޖަނގިޔާ ނުވަތަ ބޮކްސާ ދޮންނާނެ ރަނގަޅު ގޮތެއް އެންމެންނާ ހަމަޔަށް ގެނެސް ދީފައެވެ.

ސިއްހީ މާހިރުން ކިޔާދީފައިވާ ގޮތުގައި ދޮންނަ މެޝިންގެ ފިނި ހޫނު މިން ވަކި ވަރެއްގައި ބަހައްޓައިގެން ދޮވެގެން ނޫނީ ޖަނގިލުގައި ނުވަތަ ބޮކްސާގައި ހުންނަ ޖަރާސީމު ނައްތައެެއް ނުލެވޭނެއެވެ. އަދި މީގެ އިތުރުން ބުނެފައިވަނީ މި ސަބަބާއި ހުރެ ލާން ގެންގުޅޭ އެހެނިހެން އަންނައުނާއި އެކު ޖަނގިޔާ ދޮންނަ މެޝިންގައި އެއްފަހަރާ ނުދޮވުން ވަރަށް މުހިއްމެވެ.

ޑޮކްޓަރ ލިސާ ހަފް ޕޯސްޓަށް ވާހަކަ ދައްކަވަމުން ބުނެފައިވަނީ ޖަނގިޔާ ދޮންނަ އިރު 60 ޑިގްރީގަ ނޫނީ ޖަންގިޔަލުގައި ހުންނަ ޖަރާސީމު ނައްތާނުލެވޭނެ ކަމަށެވެ.

ކޮންމެ ގޮތެއްގައި ވީނަމަވެސް މި އަދާ ހަމަޔަށް ޖަނގިޔާ ދޮވެ އުޅުނީ ރަނގަޅަކަށް އަދި އެންމެ ސާފުކޮށެއް ނޫނެވެ.

އަހަރެމެންގެ ތެރެއިން ފެން ހިއްކަން ބޭނުން ކުރާ ތުވާއްޔާއި އެކީ ދޮންނަ މެޝިނަށް ޖަންގިޔާ އަޅާ ދޮވެ އުޅެނީ ކިތައް މީހުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޞާރި

    ދޮންނަނީ ހަފްތާ ބަނދު .... ފެންފޮދަކުން ... އޯކޭ ހަމަ

    11
    1
  2. ރަދީފް

    ތޭންކްސް ޑޮކްޓަރ ލިސާ އަކާލޭ.އަހަރުމެން ދޮންނަނީ ފެނުކައްކައިގެން.ޔައުނީ ކުރީ ޒަމާނުގަ އަހަރުމެން މާމަ މެން ގޭގަ އެނދުގަ ދަމާފަ ހުންނަ މަދިރިގެ ވެސް ދޮންނަނީ ފެނުގަ ކައްކައިގެން.އެހެންވީމަ ލިސާ އަދި އުޅޭނީ ތަންކޮޅެއް ފަހަތުގައޭ ނުބުނަން މަމެން ނެތިން.ވ.ވެދުން

    11
    1
  3. ޒިމްހާ

    60ޑިގްރީއަށްލައިގެން ދޮވުނީމަ ޖަނގިޔާގެ ރަބަރު ދޫވަނީ..

    14
    1
  4. އެމަންޖެ

    އަޅުގަނޑު ހުރިހާ އެއްޗެއް ވަކި ވަކިން ދޮންނަނީ ޖަންގިޔާ ވަކިން ބުރާ ވަކިން ހެދުން ވަކިން ހަރުވާޅު ވަކިން ތުވާލި ވަކިން.

    8
    2
  5. ހުސޭނުބޭ

    ކަރުދާސްކޮޅަކުން ފޮހެލައިގެން ތިބޭ މީހުންގެ ބޮކްސާއާއި ޖަގިޔާ ޖެހޭނީ މަސްކައްކާ ބޮޑުތެލީގައި 3 ދުވަސްވަންދެއް ކައްކަން! ނޫނީ އެ ތަކެތިން ޖަރާސީމު މަރެއްނުވާނެ!

    18
    1
    • ކިޔާ

      ހައްހައްހާ...ހީހީ ހަލާކު ވެއްޖެ..

      5
      1
  6. ނޫސްކިޔާމީހާ

    އެކަމަކުވާ ހުސޭނުބެ ނުބައި

  7. ޙިީޙީ

    ހުސޭނުބޭ އަށް މަވެސް ތާއީދު