ކުޅިވަރު ސާމާނު ވިއްކުމަށް ހާއްސަ އޮބިއޮން އިން ރޯދައާ ދިމާކޮށް ބައެއް ތަކެތިން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އޮބިއޮންގެ އޮފިޝަލަކު "ވަގުތަށް" މިރޭ ވިދާޅުވީ އެ ފިހާރަ އިން ޑިސްކައުންޓް ދެނީ ހުރިހާ ވައްތަރެއްގެ ސްޕޯޓްސް ވެއާއަށް ކަމަށެވެ. އެގޮތުން ރޯދަ މަސް ނިމެންދެން މި ތަކެތިން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފިހާރައިގައި ހުންނަ ތަކެތީެ ތެރޭގައި ރޭޝްގާޑް، ބޮޑީ ފިޓް، ޑްރައި ފިޓް، ޓެންކްސް، ސޯޓު، ޓައިޓު، ޖޮގަ ސްވީޓް ޕޭންޓް ހިމެނެއެވެ. މި ޕްރޮމޯޝަން ރޯދަ މަސް ނިމެން ދެން ކުރިއަށް ދާނެ ކަމަށް އޮބިއޮންގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި އޮބިއޮންގެ ދެ ފިހާރަ މިހާރު ވަނީ ހުޅުވައިފައެވެ. އެއީ މަޖީދީ މަގު، ގަލޮޅު ބޯޅަ ދަނޑު ކައިރީގައި ހުންނަ ފިހާރަ އާއި ހުޅުމާލޭގައި ނިރޮޅުމަގު، ސޮނީ ހާޑްވެއާ ކުރިމައްޗަށްވާ ގޮތަށް ހުންނަ ފިހާރައެވެ.

"މި ދެ ފިހާރަ އިން ވެސް ސްޕޯޓްސް ވެއާގެ ހުރިހާ ވައްތަރަކުން ޑިސްކައުންޓް ލިބޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

އޮބިއޮން ފިހާރަ އިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި ސްޕޯޓްސް ވެއާގެ އިތުރުން ސްވިމް ވެއާ، ސްޕޯޓްސް މޭޝިނާއި ވަސީލަތްތަކުގެ އިތުރުން އެހެނިހެން މުދާތައް ހިމެނެއެވެ.

އޮބިއޮންއަކީ މާލެ އާއި ހުޅުމާލޭގަިއ ހުރި ފިހާރަތަކުގެ ތެރެއިން ކުޅިވަރު ސާމާނު އެއް ތަނަކުން ލިބޭނެ މަދު ފިހާރަތަކުގެ ތެރެއިން އެއް ފިހާރައެވެ.

މި ފިހާރަ އަކީ ހުރިހާ ބްރޭންޑްއެއްގެ ކުޅިވަރު އަދި އެހެނިހެން މޮޅު ކޮލިޓީގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ. ހާއްސަ ގޮތެއްގައި މި ފިހާރައިން ފުޓުބޯޅަ ކުޅޭ ބޫޓާއި ފަހުގެ ޓީޝާޓާއި ސޯޓު ފަދަ ތަކެތި ވެސް އަގުހެޔޮކޮށް ލިބެން ހުރެއެވެ.