އެއްވަނައަށް ހޮވޭ ފަރާތަކަށް 50 ހާސް ރުފިޔާގެ އަގުހުރި އިނާމެއް ލިބޭ ޓިކްޓޮކް މުބާރާތެއް ފަށައިފިއެވެ.

"ކައިލާން ޕްރެޒެންޓްސް އިޒަބެލް ޑުޕޮންޓް ޓިކްޓޮކް ޗެލެންޖް" ގެ ނަމުގައި ކުރިއަށްދާ މި މުބާރާތުގައި އެއްވަނައަށް ހޮވޭ ފަރާތަކަށް -/25000 ހާސް ރުފިޔާގެ ކޭޝް ޕްރައިސް އަކާއެކު ކައިލާންގެ އިތުރު -/25000 ރުފިޔާގެ ގިފްޓް ވައުޗައެއް ލިބިގެން ދާނެއެވެ. މީގެ އިތުރުން ދެވަނަ އަދި ތިންވަނައަށްވެސް އަގުހުރި އިނާމު ތަކެއް ލިބިގެންދާނެއެވެ.

މި މުބާރާތް ކުރިއަށްދާނީ ޓީވީ މޯލްޑިވްސްގެ ފިލްމީ އުދަރެސް ޕްރޮގްރާމާއި ކައިލާން ގްރޫޕް ގުޅިގެންނެވެ.

ޖުމްލަ ހަތް ބުރަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގައި ބައިވެރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ކޮންމެ ބުރެއްގައިވެސް ވަކި ތީމްއަކަށް ޓިކްޓޮކް ހުށަހަޅައިދޭގޮތަށް ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޓީވީއެމް ޓިކްޓޮކް ޗެލެންޖް ހޭޝްޓެގް ޖެހުމަށްފަހު ޓިކްޓޮކް އަޕްލޯޑް ކޮށް ލިންކް ޓީވީއެމް ވައިބަރ ނަންބަރ: 7972200 އަށް މެސެޖް ކޮށްލުމުން މުބާރާތުގައި ބައިވެރިވެވުނީއެވެ.

އަދި މުބާރާތަށް ހޮވޭ ޓިކްޓޮކްތައް ޓީވީއެމް ޓިކްޓޮކް ޕޭޖަށް އަޕްލޯޑް ކުރަމުންދާނެއެވެ. ބްރޯޑްކާސްޓް ކުރުމުގެ އުސޫލްތަކާއި ޤަވާއިދުތަކަށް ނުފެތޭ އެއްވެސް ޓިކްޓޮކެއް މި މުބާރާތުގައި ބައިވެރިއެއް ނުކުރެވޭނެއެވެ.

މި މުބާރާތުގައި ޕޮއިންޓް ލިބޭނީ ފަސް ކެޓެގަރީއެއްގެ ދަށުންނެވެ. ފުރަތަމަ ފަނޑިޔާރުންގެ ހޮވުމަށް %40 ލިބޭނެއެވެ. އެސްއެމްއެސް ވޯޓުން %30 ލިބޭނެއެވެ. އެންމެ ގިނަ ލައިކްސް ލިބޭ ޓިކްޓޮކަކަށް %10 ލިބޭއިރު އެންމެގިނަ ކޮމެންޓަށްވެސް %10 ލިބޭނެއެވެ. މީގެއިތުރުން އެންމެގިނަ ޝެއާއަށްވެސް %10 ލިބޭނެއެވެ. މި މުބާރާތަށް ފަނޑިޔާރުކަން ކޮށްދެއްވާނީ ތޭރަވާ، އައްޒަ، މިޒޫ އަދި ރިޝްއެވެ.

މި މުބާރާތުގެ ފުރަތަމަ ބުރު މިހާރު ހުޅުވާލެވިފައިވާއިރު ފުރަތަމަ ބުރުގެ ތީމްއަކީ "އާއްމު ދިވެހި ފިލްމެއް، ލަވައެއް ނުވަތަ އެކްޓަރަކާއި ގުޅުންހުރި ލަވައެއް ނުވަތަ ވީޑިއޯއެއް" އެވެ.

ފުރަތަމަ ބުރުގެ ޓިކްޓޮކްތައް އަޕްލޯޑް ކުރުމުގެ ސުން ގަޑިއަކީ މިހިނގާ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ ރޭގަނޑު 12 ޖަހާއިރެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އާދަނޭ

  އަމުދުން ރޯދަމަ ހެއްގާ ﷲ ހަރާމްކުރެއްވި ކަމެއް ކޮއްގެން 5000000000 ރުފިޔާ ލިބުނަސް މަށަކުވާ ތިޔައެއްގާ ބައިވެރިއެއް ނުވާނަން. އެ ހެންނޫން ޤުރުއާން މުބާރާތެއްގާ ބައިވެރިވެގެން އެއްޗެއް ނުލިބުނަސް ބައިވެރިވީމުސް...

  31
  1
  • ބޮކުރީ

   އެއްޗެއް ނުލިބޭނެކަމަށް ނުބުނޭ..ކިޔަވާ ކޮންމެ އަކުރަކަށް 10 ސަވާބު މާތްﷲ ދެއްވާނެ...މިވަރު މަދުތަ؟؟؟ގައިމު ތިލިބޭ ފައިސާގެ އިނާމަށްވުރެ ހާސް ގުނަ އިތުރުވާނެ ލިބޭ މިންވަރު..އަދި އެލިބޭ ސަވާބަކީ ފަހުން ތިބާއަށް ނުހަނު ފައިދާކުރާނެ އެއްޗެއް..

   16
   1
 2. އަހުމަދު

  އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.

  تقوى އަކީ ﷲ މަތިން ހަނދާންކޮށް ގުރުއާނާއި ސުންނަތާއި އެއްގޮތައް އުޅުން. ހެޔޮނުވާނެ މިކަހަލަ މުބާރާތް ބާއްވަން ރޯދަމަހު

  21
  1
 3. ގައުމެއް ނެތް

  ތީގެ ބަދަލުގަނިކަން ގުރުއާން މުބާރާތެއް ބޭއްވިނަމަ، އަގުހުރި އިނާމް ތަކާ އެކީގަ

  6
  1
 4. ޥވވ

  ޙެޔޮނުވާނެ ތިކަންހުއްޓާލާ

  4
  1
 5. މަނީމަނީ

  ރަމަލާންމަހަކީ އަޅުކަމުގެ މައްސަރައްވެފައި އެހަމަހުގަ ތިހެން ހަރާމް ކަންތައް އިސްތިހާރު ކޮށް ކުރިއަރުވަން މަސައްކަތް ކުރާމީހުން ވިސްނާލުން ބުއްދިވެރި