މިދިޔަ މަހަކީ މިއަހަރުގެ ފާއިތުވެ ދިޔަ މަސްތަކާ އަޅާ ބަލާއިރު މަދުން ފަތުރުވެރިން އައި މަހެއް ކަަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެމިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ޖުމްލަ 91،200 ފަތުރުވެރިންނާއެކު މިއަހަރުގެ އެންމެ މަދުން ފަތުރުވެރިން އައި މަހަކަށް ވެފައި ވަނީ އޭޕްރީލް މަހެވެ. މިދިޔަ އަހަރުގެ މި ދުވަސްވަރު ކޮވިޑް-19 ފެތުރެން ފެށުމާއެކު ރާއްޖޭގެ ބޯޑަރުތައް އޮތީ ބަންދުކޮށްްފައެވެ. މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ރާއްޖެ އައީ 163،114 ފަތުރުވެރިންނެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މާޗްް މަހުގެ ވަކި ހިސާބަކުން ފެށިގެެން ޖުލައި 15 ވަަނަ ދުވަހާ ހަމައަށް ރާއްޖޭގެ ބޯޑަރު ވަނީ ބަންދުކޮށްފައެވެ. ރާއްޖެއަށް ފަތުރުވެރިން އެތެރެނުވެ އޮތުމަށް ފަހު ބޯޑަރު އަލުން ހުޅުވާލި ފަހުން ފަތުރުވެރިކަން އަންނަނީ މަހަަކަށްވުރެ މަހެއް ރަނގަޅުވަމުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ބަލާއިރު، އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައި ވަނީ އަވަށްޓެރި އިންޑިއާ އަދި ރަޝިޔާއިންނެވެ. ތިން ވަނައަށް އެންްމެ ގިނަ ފަތުރުވެރިން އިނގިރޭސި ވިލާތުންނެވެ.

އިންޑިއާގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެން ފަށާފައިވާ އިރު، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައީ 389،770 ފަތުރުވެރިންނެެވެ. މިއަދަދު އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.