އަތުކުރީ ގަޑީގެ ދިވެހި ފުރަތަމަ ބްރޭންޑް ކަމަށްވާ މޯލްޑިވްސް ވޭވް އިން ކުރިއަށް ގެންދާ އެކުންފުނީގެ އެންމެ ބޮޑު ޕްރޮމޯޝަން ގައި ބާކީ އޮތީ ދެދުވަސް ކަމަށް އެކުންފުނިން ބުނެފިއެވެ.

މޯލްޑިވްސް ވޭވް އިން ބުނީ ހުރިހާ ގަޑިއަކުން ޑިސްކައުންޓް ލިބޭ ގޮތައް އެކުންފުނިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެކަމަށެވެ. ޑިސްކައުންޓް ލިބޭ ގަޑިތަކުގެ ތެރޭގައި މޯލްޑިވްސް ވޭވް އަށް އެއްއަހަރު ފުރުން ފާހަގަ ކުރުމަށް ނެރުނު ހާއްސަ ލިމިޓެޑް އެޑިޝަން ކަމަށްވާ ރަންބޮލި އެޑިޝަންގެ ގަޑި ވެސް ހިމެނެއެވެ. މިއީ ވެސް ފަސް އަހަރު ދުވަހުގެ ވޮރެންޓީ އާއިއެކު ވިއްކާ ގަޑިއެކެވެ.

މޯލްޑިވްސް ވޭވްގެ ބޮޑު ޕްރޮމޯޝަނަކީ ރަމަޟާން މަހަށް ހާއްސަކޮށްގެން ފެށި ޕްރޮމޯޝަނެކެވެ. "ރަމަޟާން މަހަށް ހާއްސަކޮށް ފެށި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ލިބުނު ތަރުހީބަށް ބަލާފައި ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރަން ނިންމީ. މިހާރު ވަނީ މިމހުގެ 20 ވަނަ ދުވަހާއި ހަމައަށް ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފައި." މޯލްޑިވްސް ވޭވް އިން ބުންޏެވެ.

މޯލްޑިވްސް ވޭވް އިން ވިއްކާ ގަޑިތައް އެކުންފުނީގެ ޝޯރޫމަށް ޒިޔާރަތް ކޮށްގެންނާއި އޮންލައިންކޮށް ވެސް ގަނެވޭނެއެވެ. މޯލްޑިވްސް ވޭވްގެ ޝޯރޫމް ހުންނާނީ ޗާންދަނީ މަގުގެ ޓޫރިސްޓް ފިހާރަތައް ހުންނަ ސަރަހައްދުގައެވެ. އޮންލައިިންކޮށް މޯލްޑިވްސް ވޭވްގެ ގަޑިތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ކުންފުނީގެ ފޭސްބުކް ޕޭޖް ނުވަތަ އިންސްޓަގްރާމް އަށް މެސެޖް ކޮށްގެން ގަޑިތައް ގަތުމުގެ އިންތިޒާމް ހަމަޖެއްސޭނެއެވެ.

 

View this post on Instagram

 

A post shared by Maldives Wave (@maldiveswave)

މޯލްޑިވްސް ވޭވް އަކީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ. މި ބްރޭންޑުގެ ގަޑިތަކަކީ ދިވެހިންގެ އާދަކާދަ އާއި ގުޅޭގޮތައް ޑިޒައިންކޮށް ތައްޔާރު ކޮށްފައިވާ ގަޑިތަކެވެ. މީގެތެރޭގައި "ލިޔެލާ ކަލެކްޝަން" އާއި "ރިހިބޮލި ސީރީޒް" އަދި "ރަންބޮލި ސީރީޒް"ގެ ގަޑިތައް ހިމެނެ އެވެ. މިގަޑިތަކަށް ތިން އަހަރާއި ފަސް އަހަރު ދުވަހުގެ އިންޓަނޭޝަނަލް ވޮރެންޓީ ލިބޭނެއެވެ.