ދަތްތަކުގެ ހުދު ކުލަ ގެއްލެން ދިމާވާ ގިނަ ސަބަބުތަކެއްވެއެވެ. ކޮފީ ބުއިމުގެ އާދަ ބޮޑު ދިވެހިންގެ ތެރޭގައި، ޚާއްސަކޮށް ކަޅު ކޮފީ ބޯ މީހުންނަށް ވެސް މިއީ ބޮޑު މައްސަލައެކެވެ. ދަތްތައް ހަޑިވެ އޭގެ ހުދުކަން ގެއްލިދާ ފަހުން ދަތްޕިލަ ރީތި ކުރުން އެއީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް އޭގެ މާނައަކީ ދަތްތައް ހަޑިވުމުން އަލުން އަނބުރާ ހުދުކަން ނުގެނެވޭނެ ވާހަކައެއް ނޫނެވެ.

ދަތްތައް ރީތިކޮށް އެ ރީތިކަން ދެމެހެއްޓުމުގެ ބޭނުމުގައި ބޮޑު އަގު ދީގެން އާދަކޮށް ބައެއް މީހުން ކްލިނިކުތަކުންނާއި އެފަދަ ތަންތަނުން ދަތްތައް ސާފުކުރާ އިރު، އަނެއް ބަޔަކު ތަފާތު އެކި ބާވަތް ބާވަތުގެ ބޭހާއި އުފެއްދުންތައް ބޭނުންކޮށް އުޅެއެވެ.

ނަމަވެސް އެ ފަރާތްތަކަށް ރަނގަޅު މޮޅު ހައްލަކާ ދިމާވަނީ މަދު ފަހަރެއްގައެވެ.

ދަތްތަކުގެ ރީތިކަން ދެމެހެއްޓުމަށް އެދޭ ނަމަ އެންމެ މުޙިންމު ކަމަކީ ރަނގަޅު ފައިދާކުރަނިވި، އެކަމަށް ޚާއްސަ އުފެއްދުމެއް އިޚްތިޔާރު ކުރުމެވެ. އެއީ ދަތްތަކަށް ގެއްލުން ލިބި ދާއިމީ ގޮތެއްގައި ދަތްތަކަށް ގެއްލުންކުރާ އެއްޗެއް ނޫންކަން ޔަގީން ކުރަން ޖެހެއެވެ. ރާއްޖޭގައި މިހާރު ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ "ލިބޭ އޮންލައިން" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ މަޝްހޫރު "ސްޕާކަލް" ބްރޭންޑުގެ، ކޮފީ ބޯ މީހުންނަށް ޚާއްސަ ދަތް އުނގުޅާ ބޭހަކީ، އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް ރާއްޖެއިން މިވަގުތު ލިބޭ އެންމެ އިތުބާރު އެއް ޕްރޮޑަކްޓެވެ.

ސްޕާކަލްގެ އުފެއްދުންތަކުގެ ތެރެއިން، ގިނައިން ކޮފީ އާއި ސައިބޮއެގެން ދަތްތަކުގެ ހުދުކަން ގެއްލިދާ ދިއުމަށް ހައްލުހޯދައިދޭ "ސްޕާކަލް - ކޮފީ އެންޑް ޓްރީ ޑްރިންކާސް ވައިޓެނިން ޓޫތްޕޭސްޓް" އަކީވެސް އިތުބާރުހުރި މޮޅު ބޭހެކެވެ. ގިނައިން ކޮފީ އަދި ކަޅުސައި ބޯ މީހުންގެ ދަތްތަކުގެ ހުދުކަން ގެއްލިދާ ދިއުމަށް މި ބޭހުން ހައްލު ހޯދައިދޭއިރު، މި ބާވަތްތަކުން ދަތްތަކުގައި އަށަގަނެ ގިނަ ދުވަސްވެފައި ހުންނަ ޖަރާސީމު ސާފުކޮށްދެއެވެ. އަދި ދަތްތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ ވަރުގަދަކޮށްދެއެވެ.

"ސްޕާކަލް"ގެ އުފެއްދުންތަކުގައި ހިމެނޭ މުޙިންމު އަނެއް މާއްދާއަކީ ވައިޓް ހައިޑްރޯކްސީ އެޕެޓައިޓް ނަމަކަށް ކިޔާ މާއްދާއެކެވެ. މި މާއްދާއަކީ، ދަތްތަކާއި ހިރުގަނޑަށް ކުރީން ލިބިފައިވާ ގެއްލުންތަކަށް ފަރުވާކޮށްދޭ މުޙިންމު މާއްދާއެކެވެ. "ސްޕާކަލް" ބްރޭންޑުގެ ދަތްއުނގުޅާ ބޭހުގައި އެކުލެވޭ މި މާއްދާގެ ސަބަބުން، ނުރައްކާތެރި ކެމިކަލާއި އެނޫންވެސް އެފަދަ ބައިތަކުން ދަތްތަކަށް ގެއްލުން ލިބި ހަޑިވެފައި ހުންނަ ހުރުމަށް ހައްލު ހޯދައިދެއެވެ.

މި ބޭސް އާދަކޮށް ބޭނުން ކުރަން ފެށުމުން، ދަތްތަކުގެ ހުދުކަން ގެއްލުވާލާ މާއްދާތައް ދަތްތަކުގައި އަށަގަތުން ހުއްޓުވައެވެ. އަދި އަނގައިން ނުބައިވަސް ދުވުންވެސް މި ބޭހުން ހުއްޓުވައެވެ.

ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު "ސްޕާކަލް" ބޭސް ބޭނުންކޮށްގެން ދަތް އުނގުޅުމަށް ތަޖުރިބާކާރުން ލަފާދެއެވެ. ބޭނުން ނަމަ އެހެން ވަގުތުތަކުގައިވެސް ދަތް އުނގުޅާއިރު މި ބޭސް ބޭނުންކުރުން އެދެވިގެން ވެއެވެ. މީގެ އިތުރުން ހެނދުނު ހޭލުމަށް ފަހު އާއި ރޭގަނޑު ނިދުމުގެ ކުރީން އާދަކޮށް މި ބޭހުން ދަތް އުނގުޅުމަކީ ވެސް ރަނގަޅު ގޮތެކެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ "ސްޕާކަލް - ކޮފީ އެންޑް ޓީ ޑްރިންކާސް ވައިޓެނިން ޓޫތްޕޭސްޓް" ގެ ދެ ސައިޒެއް "ލިބޭ އޮންލައިން" އިން ވިއްކަމުން ދެއެވެ. މީގެތެރެއިން 50 ގްރާމް ފުޅި 95 ރުފިޔާއަށް ރީޓެއިލްކޮށް ލިބެން ހުރި އިރު 90 ގްރާމް ފުޅިއެއް ވިއްކަނީ 130 ރުފިޔާއަށެވެ. "ލިބޭ އޮންލައިން" އިން އަންނަނީ ހެޔޮ އަގުގައި މި ޕްރޮޑަކްޓު ހޯލްސޭލްވެސް ކުރަމުންނެވެ. "ލިބޭ" އަކީ ސްޕާކަލް ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާވެސް މެއެވެ. އެ ކުންފުނިން އަންނަނީ މި ބްރޭންޑުގެ މިނޫން ވެސް މޮޅު އުފެއްދުންތައް އެތެރެކޮށް ވިއްކަމުންނެވެ.

މި ޕްރޮޑަކްޓްތައް ބައްލަވައިގަތުމާއި އިތުރު މައުލޫމާތު ސާފުކުރުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް "ލިބޭ އޮންލައިން" އިން އެދެއެވެ. އަދި "ލިބޭ" ގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ. މި ޕްރޮޑަކްޓުތައް މާލެއިން ގަންނަ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.