ދިވެހިންގެ މެދުގައި މަގްބޫލު އެތައް އުފެއްދުންތަކެއް ވިއްކަމުންދާ ސަމަން ޓްރޭޑިންގ އިން ޔޫރޯ ފުޓުބޯޅަ މުބާރާތާ ދިމާކޮށް މެޗުތަކުގެ ސްކޯރ ދިމާކޮށްގެން ބޮޑެތި އިނާމުތަކެއް ލިބޭ 100،000.00 ރުފިޔާގެ އަގުހުރި ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިރޭ ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮންމެ މެޗެއް ފެށުމުގެ 15 މިނެޓު ކުރިން މީސް މީޑިއާ މެދުވެރިކޮށް އެ މެޗެއްގެ ސްކޯރ ދިމާކުރުމުގެ ފުރުސަތު ސަމަން ޓްރޭޑިންގ އިންވަނީ އާންމުންނަށް ހުޅުވާލައިފައެވެ.

އެގޮތުން، މެޗުގެ ސްކޯރ ލަފާކޮށްފައި ފޮނުވާއިރު، ސްކޯރ ފޮނުވާ ފަރާތެއް ބޭނުންވާ ގިފްޓް ޕެކެއްގެ ނަންބަރު ޖަހަންޖެހެއެވެ. އެއީ، ފައިނަލާއި ސެމީފައިނަލް ނުލާ ބާކީ އޮންނަ 48 މެޗުން ކޮންމެ މެޗަކަށް ގިފްޓްޕެކެއް ލިބޭއިރު، މެޗުގެ ސްކޯރ ދިމާކޮށްގެން ނަސީބު ނަންބަރުން ހޮވޭ ފަރާތަކަށް އެފަރާތް ބޭނުންވާ ގިފްޓް ޕެކްޕް ހިޔާރުކުރުމުގެ ފުރުޞަތު ދިނުމަށެވެ.

ތިން ބާވަތުގެ ގިފްޓް ޕެކް، މިތަނުން އެއް ވައްތަރު ހިޔާރުކުރުމަށް ފަހު ކޮމެންޓުގައި ހިމަނަން ޖެހޭ

ސަމަންޓްރޭޑިންގް އިން ބުނި ގޮތުގައި، އެފަރާތުން ވަނީ ނަސީބުވެރިޔާ އަށް ހިޔާރުކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ތަފާތު 3 ގިފްޓްޕެކެއް ކަނޑައަޅާފައެވެ. މިއިން ކޮންމެ ގިފްޓްޕެކެއްގައި، އަރޯމާ ކެނޑްލް، ރޫމް މިސްޓް ސްޕްރޭ، ސްޕާ ޕްރޮޑަކްޓްސް، ޔޫރަޕްގެ ވޭފަރ، ސީރިއަލް އަދި ޖޫސް، ލޯންޑްރީ ލިކުއިޑް، ހޭންޑް ވޮޝް، ގޭތެރެ ސާފުކުރަން ބޭނުންވާނެ އައިޓަމްތައް ފަދަ ތަފާތު ވައްތަރުގެ ބޭނުންތެރި އަދި މުހިންމު 22 އައިޓަމެއް ހިމެނެއެވެ. އަދި، މިއިން ކޮންމެ ގިފްޓްޕެކެއްގެ ޖުމްލަ އަގު 1،800.00 ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށް އެފަރާތުން ހާމަކުރެއެވެ.

މި ޕްރޮމޯޝަންގެ އެންމެ ޙާއްސަ އެއް ކަމަކީ، ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗުގެ ނަސީބުވެރިންނަށް ލިބޭ އިނާމެވެ. އެގޮތުން، ސެމީފައިނަލް ސްކޯރ ދިމާކޮށްގެން ހޮވޭ ނަސީބުވެރި ފަރާތަށް 5،000.00 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި، ފައިނަލް މެޗުގެ ސްކޯރް ދިމާކޮށްގެން ހޮވޭ ނަސީބުވެރި ފަރާތަށް 10،000.00 ރުފިޔާ ވަނީ ކަނޑަ އަޅާފައެވެ. މިއީ ކޮވިޑްގެ މި ބަލިމަޑުކަމުގައި އަތްމަތިދަތިކޮށް އުޅޭ ގިނަ ފަތާތްތަކަށް ހަމަ ޔަޤީނުންވެސް ލިބޭ ރަނުގެ ފުރުސަތެކެވެ. ސަބަބަކީ، ކޮށްލާ އެންމެ މެސެޖަކުން 5،000.00 ރުފިޔާ ނުވަތަ 10،000.00 ރުފިޔާ ލިބުމުގެ ފުރުސަތު ތަނަވަސްވުމެވެ.

މި ޕްރޮމޯޝަނާ ގުޅޭ އެންމެހާ މައުލޫމާތު ސަމަން ޓްރޭޑިންގ ގެ ފޭސްބުކް، އިންސްޓަގްރާމް އަދި ހޮޓްލައިން 7250011 އިން ލިބޭނޭ ކަމަށް އެފަރާތުން ބުނެއެވެ.

ސަމަން ޓްރޭޑިން އަކީ އިންޓަނޭޝަނަލް ޕްރޮޑަކްޓްތައް ފުޅާ ދާއިރާއެއްގައި ރާއްޖެއަށް އެތެރެކޮށް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ ޢާންމުންގެ އިތުބާރު ހޯދާފައިވާ މަގްބޫލު ކުންފުންޏެކެވެ.