ކާނާގެ ގިނަ ބާވަތްތަކުގެ ކޮލިޓީ އިންޓަރނޭޝަނަލް ބްރޭންޑްތައް ރާއްޖެއަށް ތަޢާރަފްކުރަމުން އަންނަ ސަމަންޓްރޭޑިންގް އިން ކޮލެސްޓްރޯލް ފްރީ ކްރީމްކޭކަރު ބިސްކޯދު ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

އެގޮތުން، ސަމަންޓްރޭޑިންގް އިން ވަނީ، އިންޑިއާގެ އެންމެ ވަރުގަދަ އަދި މަޝްހޫރު އެއް ބިސްކޯދު ބްރޭންޑްކަމަށްވާ ކްރެމިކާ ގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރކަން ހޯދުމަށްފަހު އެ ބްރޭންޑްގެ ގިނަ ބާވަތްތަކުގެ އުފެއްދުންތައް ރާއްޖެއަށް ތަޢާރަފްކޮށްފައެވެ.

ކްރެމިކާގެ ބިސްކޯދު ރޭންޖުގެ ތެރޭގައި ތަފާތު 35 ވައްތަރެއް ހިމެނެއެވެ.

ސަމަންޓްރޭޑިންގް އިން މަޢުލޫމާތު ދޭގޮތުގައި، އެ ކުންފުނީގެ ފަރާތުން ރާއްޖެއަށް މިފަހަރު ތަޢާރަފްކޮށްފައިވަނީ މި 35 ވައްތަރުގެ ތެރެއިން 12 ބާވަތެކެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ، ކޮލެސްޓްރޯލް ފްރީ ކްރީމްކޭކަރު ބިސްކޯދާއި، ހޭޒަލްނަޓް ގޯލްޑަން ބަޓަރ ކުކީސް އާއި، ޗީސް ކްރެކަރސް އަދި ޝޯޓް ބްރޭޑް ބިސްކޯދެވެ.

ކްރެމިކަރ ކްރީމްކޭކަރު ބިސްކޯދަކީ ކޮލެސްޓްރޯލް ފްރީ ބިސްކޯދަކަށްވުމުގެ އިތުރުން، އޭގައި އެއްވެސް މިންވަރަކަށް ޓްރާންސް ފެޓް ނުހިމެނޭ، ސިއްހަތަށް ބޮޑެތި ފައިދާތަކެއް ލިއްބައިދޭނެ އަދި އެހާމެ މީރު ބިސްކޯދެކެވެ.

1978 ގައި އުފެއްދި ކްރެމިކާ ބްރޭންޑަކީ އިންޑިއާގެ ބިސްކޯދު އިންޑަސްޓްރީގައި އެންމެ ފުންނާބު އުސް އެއް ބްރޭންޑެވެ. އެގޮތުން، 5000 ވުރެ ގިނަ މުއައްޒަފުންނާއެކު އެ ކުންފުނީގެ ހަ ފެކްޓްރީ އިންޑިއާގައި ހިންގަމުން ދެއެވެ.

ކްރެމިކާ ބްރޭންޑް ރާއްޖެއަށް ތަޢާރަފްކުރި ސަމަން ޓްރޭޑިންގް ނިސްބަތް ވަނީ ސަމަން ގްރޫޕް އަށެވެ. ސަމަން އަކީ ރާއްޖޭގައި ވިދުން ގަދަވަމުން، ހަލުއިކަމާއެކު ކުރިއަރަމުން އަންނަ، ޢާންމުންގެ އިތުބާރާއި މަޤުބޫލުކަން ހޯދާފައިވާ ވިޔަފާރި ބްރޭންޑެކެވެ. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ އިތުރުން ގެސްޓްހައުސް އާއި، ހޮޓަލާއި، އެޕާޓްމަންޓްސް އާއި އަދި އެހެނިހެން ވިޔަފާރި ސަމަން އިން ހިންގަމުން އާދެއެވެ.

ސަމަން ޓްރޭޑިންގް އިން މަޢުލޫމާތުދޭގޮތުގައި، އެ ކުންފުނިން ދަނީ ރަނގަޅު ފެންވަރުގެ ތަފާތު ޕްރޮޑަކްޓައް ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ޔަމީ ބްރޭންޑްގެ ނޫޑުލްސް އާއި ހުގްވާ ބޮޑީކެއަރ ސީރީސް ރާއްޖޭގެ ބާޒާރަށް ނިމިދިޔަ ނޮވެމްބަރު މަހު ވަނީ ނެރެފައެވެ. އަދި ހަމައެއާއެކު، ޔޫރަޕްގެ ގިނަ ބާވަތްތަކެއް ކުރިއަށް އޮތް ދެމަސްތެރޭ ރާއްޖޭގެ ބާޒާރަށް ނެރުމުގެ މަސައްކަތްވެސް އެފަރާތުން އަންނަނީ ކުރަމުންނެވެ.

ސަމަން ޓްރޭޑިންގް ގެ ތަފާތު ޕްރޮޑަކްޓްސަތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބޭނީ ސަމަން ޓްރޭޑަރސް އިންނެވެ. އެގޮތުން 7250011 ނުވަތަ 3331100 އިން ގުޅާލައިގެން ކުރިއަށްގެންދާށެވެ. ނޫނީ އީމެއިލް އަށް [email protected] އަށް މެއިލް ކޮށްލާށެވެ.