ބީއެމްއެލްގެ މޮބައިލް ބޭންކިންގެ އެޕް އަށް ބޮޑެތި ބަދަލުތަކެއް ގެނެސް އާ ހިދުމަތްތަކަކާއެކު އާ އެޕް ތައާރަފް ކުރާން ތައްޔާރުވެއްޖެއެވެ.

ބީއެމްއެލް އިން ބުނީ، މި އާ އެޕް އާއްމުންނާއި ހަމައަށް އަންނާނެ ކަމަށެވެ.

އަދި މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް އެންމެ ޒަމާނީ ޓެކްނޮލަޖީއާއެކު ބޭންކިންގ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވިގެންދާ މުހިންމު މަސައްކަތެއް ކަމަށް އެ ބޭންކުން ބުންޏެވެ.

އަދި މި ބަދަލުތަކާއެކު މިހާރަށްވުރެ ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ހޯދޭނެ ކަމަަށް އެ ބޭންކުން ބުންޏެވެ. އަދި އަދި ކަސްޓަމަރުން ބޭނުންވާ ފަދަ މުހިންމު ބަދަލުތަކެއް އެޕް އިން ފެނިގެންދާނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ އެންމެ ބޮޑު އަމާޒަކީ ޚިދުމަތްތައް ޑިޖިޓަލްކޮށް، ލުއިފަސޭހަކަމާއެކު ހިދުމަތް ދިނުމަށާއި ކަސްޓަމަރުން ކޮންމެތާކު ހުރެގެންވެސް ބޭންކިންގ ހިދުމަތް ހޯދެނޭގޮތް މަގުފަހިކޮށްދިނުމެވެ.

ބީއެމްއެލް އަކީ އެންމެ ފުުރަތަމަ ރާއްޖެއަށް މޮބައިލް ބޭންކިންގ ތައާރަފް ކުރި ބޭންކްކަން ފާހަގަކޮށްލަން ޖެހެއެވެ. ބީއެމްއެލް އިން މޮބައިލް ބޭންކިންގ ތައާރަފްކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު