ސްމާޓް ގަޑިތަކަކީ މިހާރު އެންމެ ޓްރެންޑު ގަޑިތަކެވެ. ފޯނުތައް އުފައްދާ ކުންފުނިތަކުން އަމިއްލަ ބްރޭންޑުގެ ސްމާޓް ގަޑިތައް ދަނީ ބާޒާރަށް ނެރެމުންނެވެ. އެގޮތުން، ވަން ޕްލަސް އިން މިއަހަރު ބާޒާރަށް ނެރުނު "ވަންޕްލަސް ވޮޗް" ސިއްޓިބިޒް އިން ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

ވަން ޕްލަސްއަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ތިން ބްރޭންޑުގެ ތެރޭގައި ހިމެނޭ ބްރޭންޑެވެ. ވަން ޕްލަސްއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އިތުރުން ދިވެހިންގެ ވެސް އިތުބާރު ލިބިފައިވާ ބްރޭންޑެކެވެ.

ވަން ޕްލަސް އިން މިއަހަރު ބާޒާރަށް ނެރުނު ސްމާޓް ގަޑިއަކީ ބިޒީ ޝެޑިއުލެއްގައި އުޅޭ މީހުންނަށް ކަމުދާނެ މޮޅު ގަޑިއެކެވެ. މި ގަޑިތައް ފަރުމާ ކޮށްފައިވަނީ އަތަށް ފަސޭހަވެފައި ބަލާލަން ރީތި ޑިޒައިނަކަށެވެ. މި ގަޑިތަކަކީ ކޮންމެ ކަހަލަ ހެދުމަކާ ވެސް ގުޅޭ އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުން ކުރެވޭނެ ގަޑިއެކެވެ.

މި ގަޑި އަޅައިގެން އުޅޭ ވަގުތުތަކުގައި ލޭގައި އޮކްސިޖަން ހުންނަ މިންވަރު ޓްރެކް ކުރާނެއެވެ. މީގެ ސަބަބުން ބްލަޑް ޕްރެޝަރު މައްޗަށް ދާ މީހުންނާއި ޕްރެޗަރު ދަށްވާ މީހުންނަށް އެކަން ފަސޭހަ ކަމާއެކު އެނގި ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެއެވެ.

ވަން ޕްލަސް ގަޑިއަކީ ވޯޓާ އަދި ޑަސްޓް ފްރީ ގަޑިއެކެވެ. އެހެންކަމުން ފެނުގައި އުޅޭއިރު އަދި ކަސްރަތު ކުރާއިރުވެސް މި ގަޑި އަޅައިގެން އުޅެވޭނެއެވެ. މި ގަޑީގައި 110އަށްވުރެ ގިނަ ކަސްރަތު ޕްލޭންތައް ވެސް ވަނީ އެކުލަވާލައިފައެވެ.

މި ގަޑިގެ އެންމެ ހާއްސަ ފީޗާއަކީ "ބެޓަރީ ލައިފް"އެވެ. އެގޮތުން، ޗާޖު ކުރަން ކުޑަ ވަގުތު ކޮޅެއް ނަގާ މި ގަޑީގައި 14 ދުވަހާ ހަމައަށް ޗާޖު ހިފަހައްޓާލަދެއެވެ. މިއީ އާއްމުކޮށް ބިޒީ ދިރިއުޅުމެއްގައި އުޅެ މީހުންނަށް ވަރަށް ބޭނުންތެރި ފީޗާއެކެވެ.

ސޮއްޓިބިޒް އިން ވަންޕްލަސްގެ ގަޑި ލިބެން ހުންނާނީ 3،800 ރުފިޔާ އަށެވެ. އެ ފިހާރައިން މި ގަޑީގެ ކަޅު އަދި ހުދު ކުލަ ލިބެން ހުންނާނެއެވެ.

ވަން ޕްލަސް ގަޑި ގަންނަން ބޭނުންވާ ފަރާތްތަކަށް ޗާންދަނީމަގު ޖަލާލުއްދީން މިސްކިތް ކައިރީގައި ހުންނަ ސޮއްޓިބިޒް ފިހާރައަށް ޒިޔާރަތް ކޮށްގެން ނުވަތަ 7750004/7449955 އަށް ގުޅައިގެންވެސް އޯޑަރު ކުރެވޭނެއެވެ. ގުޅައިގެން އޯޑަރު ކުރުމުން މާލެ ސަރަހައްދުގެ ގެތަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. އަދި ރަށްރަށުގެ ކަސްޓަމަރުންނަށް ބޭނުންވާ ބޯޓަކާ ހަމައަށް ޑެލިވަރީ ކޮށްދޭނެއެވެ.