އެޕަލް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރެފައިވާ އައިފޯނު 14 ޕްރޯ އަދި ޕްރޯ މެކްސްގެ އޮރިޖިނަލް އެލްސީޑީ މިހާރު ސޮއްޓިބިޒް ފިހާރައިން ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުނެފިއެވެ.

އެޕަލް ކުންފުނިން ތައްޔާރުކޮށްފައިވާ މި އެލްސީޑީ އެ ފިހާރައިން ވިއްކަމުންދަނީ އައިފޯން 14 ޕްރޯގެ އެލްސީޑީ 8،500 ރުފިޔާއަށް އަދި 14 ޕްރޯ މެކްސްގެ އެލްސީޑީ 9،500 ރުފިޔާ އަށެވެ.

ސޮއްޓިބިޒް ފިހާރައިން އެލްސީޑީ ގަތުމުން އިތުރު ޚަރަދަކާ ނުލައި ވަގުތުން އެލްސީޑީ އަޅުވާލަދެއެވެ. އަދި އެހެންމެ، 30 ދުވަހުގެ ވޮރަންޓީވެސް ލިބޭނެއެވެ. ބާޒާރުން އެލްސީޑީގެ އެކި ކޮލިޓީތައް ލިބެން ހުންނައިރު، ފޯނުގައި އަޅުވާފައިވަނީ އޮރިޖިންލަ އެލްސީޑީއެއްތޯ ބަލައިލުމަށް ބޭނުންވާނަމަ، އައިފޯނުގެ ފަހުގެ ފޯނުތަކުގެ ސެޓިން އިން އެކަން ބަލާލެވޭނެއެވެ.

އައިފޯނު 14 ޕޮރޯ އަދި ޕްރޯ މެކްސްގެ ޑިސްޕެލޭ ގަތުމަށް ބޭނުންވާ ފަރާތްތަކުން، ސޮއްޓިބިޒް ފިހާރައިގެ ނަންބަރު 7750004 އަށް ގުޅައިލުމުން އިތުރު މައުލޫމާތުލިބޭނެއެވެ. ވައިބާ މެދުވެރިކޮށް ވެސް އެ ފިހާރައިން އޯޑަރ ކުރެވޭނެއެވެ. ރާއްޖޭގެކޮންމެ ރަށެއްގައި ހުރި މީހަކަށްވެސް ސޮއްޓިބިޒް އިން ވިޔަފާރި ކުރެވޭނެއެވެ. އެ ފިހާރައަށް އޯޑަރު ކޮށްލުމުން، މާލެ، ހުޅުމާލެ އަދި ބޯޓުތަކަށްވެސް ހިލޭ ޑެލިވަރީކޮށްދޭނެއެވެ. ސޮއްޓިބިޒް މޯބައިލް ފިހާރަ ހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީންމިސްކިތް ކުރިމަތީގައެވެ.