ސެމްސަންގ ގެލެކްސީގެ އޭ 13 ފޯނުގެ ޙާއްޞަ ޕްރޮމޯޝަނެއް ސޮއްޓިބިޒް ފިހާރާއިން ފަށައިފިއެވެ.

"ހުސްވީމަ ހުސްވީ" ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގެ ދަށުން ފޯނު ވިއްކަން ކަނޑައަޅާފައިވާ އަގުތަކަކީ މި ވަގުތު ބާޒާރުގައި މި ފޯނުތައް ލިބެން ހުރި އެންމެ ހެޔޮ އަގެވެ.

64 ޖީބީ ސްޓޯރޭޖް، 4 ޖީބީ ރޭމް 2،950 ރުފިޔާ

128 ޖީބީ ސްޓޯރޭޖް، 4 ޖީބީ ރޭމް 3،150 ރުފިޔާ

128 ޖީބީ ސްޓޯރޭޖް، 6 ޖީބީ ރޭމް 3،500 ރުފިޔާ

މުޅި ދުނިޔޭގެ ފޯނު ބާޒާރަށް ބަލާލާކަމުގައިވާ ނަމަވެސް ސެމްސަންގ ފޯނުތަކަކީ ވާދަވެރި އަދި ގިނަ ބަޔަކަށް ކަމުދާ ބްރޭންޑެކެވެ. ގެލެކްސީ އޭ 13އަކީ ގެންގުޅެން ފަސޭހަ ފޯނެކެވެ. ފްރޮންޓް ގްލާސްގައި ގޮރިއްލާ ގްލާސް އަދި ޕްލާސްޓިކް އިން ތައްޔާރުކުރެވިފައިވާ މި ފޯނު ވެއްޓި ތަޅައިގެން ދިއުން ފަދަ ކަންކަމުން ސަލާމަތްކޮށްދެއެވެ. މެއިން ކެމެރާގައި 50 މެގަޕިކްސެލް އަދި ސެލްފީ ކެމެރާގައި 8 މެގަޕިކްސެލް ހިމެނޭ މި ފޯނަކީ ބެޓްރީ ލައިފް ދިގު އަދި އަވަހަށް ޗާޖް ކޮށްލެވޭ ފޯނެކެވެ.

މި ފޯނު ގަލެން ބޭނުންވާ ފަރާތްތަކުން، ސޮއްޓިބިޒް ފިހާރައިގެ ނަންބަރު 7750004 އަށް ގުޅައިލުމުނ އިތުރު މައުލޫމާތު ލިބޭނެއެވެ. ވައިބާ މެދުވެރިކޮށްވެސް އެ ފިހާރައިން އޯޑަރ ކުރެވޭނެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކަށްވެސްސޮއްޓި ބިޒް އިން ވިޔަފާރި ކުރެވޭނެއެވެ. އެ ފިހާރައަށް އޯޑަރ ކޮށްލުމުން، މާލެ،ހުޅުމާލެ އަދި ބޯޓުތަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. ސޮއްޓިބިޒް މޯބައިލް ފިހާރަހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.