ދުނިޔޭގެ ފޯނު ބާޒާރުގައި އެންމެ ވާދަވެރި އެއް ބްރޭންޑް ކަމުގައިވާ ސެމްސަންގބްރޭންޑްގެ ފޯނުތަކަކީ ގިނަ ދިވެހިންނަށްވެސް ކަމުދާ ފޯނެކެވެ. އަގުތަކަށް ބަލާއިރު ތަފާތު ރޭންޖްތަކުގެ ފޯނު ސެމްސަންގ ކުންފުނިން ބާޒާރުގައި ވިއްކައެވެ. އެގޮތުންއެމް ސީރީސްގެ ފޯނުތަކަކީ މޮޅު އަދި އަގުހެޔޮ ފޯނެއް ގަނެލަން ބޭނުންވާ ފަރާތްތަކަށް އެންމެ ކަމުދާނެ ފޯނުތަކެކެވެ.

ސެމްސަންގ ގެލެކްސީ އެމް 13 އަކީވެސް ލޯ ބަޖެޓް ފޯނުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފޯނެކެވެ. ފޮޓޯއެއް ނަެގުމަށް ބޭނުންކަމުގައިވިޔަސް ހިތްގައިމު ފޮޓޯތަކެއް ނެގޭ ފަދަ 50 މެގަޕިކްސެލް ޓްރިޕަލް ކެމެރާ އަދި 8 މެގަޕިކްސެލްގެ ސެލްފީ ކެމެރާއެއް ހުންނަ މި ފޯނަކީ ޕަރފޯމަންސް ރަނގަޅު ގެންގުޅެލަން ފަސޭހަ ފޯނެކެވެ. އަދި، 6.6 އިންޗީގެ ފުލް ހައި ޑެފިނިޝަން ޑިސްޕްލޭއެއް އިންނަ މި ފޯނަކީ ގިނަ އިރު ބެޓްރީ ޗާޖް ހިފަހައްޓަދޭ މޮންސްޓަރ 6000mAh ބެޓްރީއަކާއެކު ތައްޔާރު ކުރެވިފައިވާ ފޯނެކެވެ.

މޮބައިލް ފޯނާއި އިލެކްޓްރޮނިކްސްގެ ތަފާތު ސާމާނު ވިއްކަމުންދާ ސޮއްޓިބިޒް މޮބައިލް ފިހާރައިން މި ފޯނު މި ވަގުތު އަގުހެޔޮކޮށް ލިބެން އެބަހުރިއެވެ. އެ ފިހާރައިން މި ފޯނު ވިއްކާ އަގުތަކަކީ:

64 ޖީބީ ސްޓޯރޭޖް، 4 ޖީބީ ރޭމް 3،000 ރުފިޔާ

128 ޖީބީ ސްޓޯރޭޖް، 4 ޖީބީ ރޭމް 500 ރުފިޔާ

128 ޖީބީ ސްޓޯރޭޖް، 6 ޖީބީ ރޭމް 900 ރުފިޔާ

މި ފޯނު ގަލެން ބޭނުންވާ ފަރާތްތަކުން، ސޮއްޓިބިޒް ފިހާރައިގެ ނަންބަރު 7750004 އަށް ގުޅައިލުމުން އިތުރު މައުލޫމާތު ލިބޭނެއެވެ. ވައިބާ މެދުވެރިކޮށްވެސް އެ ފިހާރައިން އޯޑަރ ކުރެވޭނެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކަށްވެސްސޮއްޓިބިޒް އިން ވިޔަފާރި ކުރެވޭނެއެވެ. އެ ފިހާރައަށް އޯޑަރ ކޮށްލުމުން، މާލެ،ހުޅުމާލެ އަދި ބޯޓުތަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. ސޮއްޓިބިޒް މޮބައިލް ފިހާރަހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.