ވަން ޕްލަސް އިން މިދިޔަ އަހަރު ބާޒާރަށް ނެރުނު ވަން ޕްލަސްގެ ނޯޑް އެން 10 5ޖީ ސޮއްޓިބިޒް އިން ޗަރަށް ބޮޑަށް އަގުހެޔޮ ކޮށްފިއެވެ.

އެ ފިހާރައިން ކުރިން 6000ރ. އަށް ވިއްކަމުން އައި މި ފޯނު މިހާރު އެންމެ 5،200ރ. އަށް ލިބޭނެއެވެ. މިއީ މިވަގުތު ދުނިޔޭގެ ބާޒާރުގައި 5ޖީ ސަޕޯޓު ކުރާ އެންމެ އަގުހެޔޮ ފޯނެވެ.

5ޖީ އަކީ އެންމެ ފަހުގެ ފޯނުތަކުގައި އެކަނި ސަޕޯޓު ކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. މި ޓެކްނޮލޮޖީ ލިބޭ ފޯނުތަކުގެ ތެރޭގައި އެޕްލްގެ އެންމެ ފަހުގެ ފޯނުތަކާއި ސެމްސަންގެ އެންމެ ފަހުގެ ފޯނުތައް ހިމެނެއެވެ.

މި ފޯނަކީ ގެންގުޅެން ފަސޭހައެހާމެ ރީތިވެސް ފޯނެކެވެ. ވަން ޕްލަސް އަކީ މިފަހަކަށް އައިސް ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެފައިވާ ބްރޭންޑެކެވެ.

ވަން ޕްލަސް ނޯޑް އެން10 5ޖީގެ ފީޗާތައް

- ޑިސްޕްލޭ: 6،49 އިންޗި، ކޯނިން ގޮރިއްލާ ގްލާސް 3
- އޯއެސް: އެންޑްރޮއިޑް 10، އޮކްސިޖަން އޮއެސް 10.5
- މެއިން ކެމެރާ: 64 މެގަޕިކްސެލް، 8 މެގަޕިކްސެލް (އަލްޓްރާ ވައިޑް)، 2 މެގަޕިކްސެލް(ޑެޕްތް)، 2 މެގަޕިކްސެލް (މެކްރޯ)
- ސެލްފީ ކެމެރާ: 16 މެގަޕިކްސެލް

ވަން ޕްލަސްގެ އެހެން ފޯނުތަކާ އެއްގޮތަށް މި ފޯނަކީ ވެސް ގިނަ ވަގުތު ޗާޖު ހިފަހައްޓާ މޮޅު ފޯނެކެވެ. އެގޮތުން، މި ފޯނުގައި 4300 މިލިއެމްޕަވާގެ ބެޓަރިއެއް އިންނައިރު ޗާޖު ކުރުންވެސް އަވަސްވާނެއެވެ.

ވަން ޕްލަސް އިން ވަނީ މި ފޯނުގެ މިއަށްވުރެ އަގުހެޔޮ ވާޝަނެއް ވެސް ބާޒާރަށް ނެރެފައެވެ. އެންމެ 3،200ރ. އަށް ލިބޭ މި ފޯނު ވެސް މިހާރު ސޮއްޓިބިޒް އިން ލިބޭނެއެވެ.

ފޯނުތަކުގެ އިތުރުން ވަންޕްލަސްއިން މިއަހަރު ބާޒާރަށް ނެރުނު ސްމާޓް ގަޑިތައް ވެސް ސޮއްޓިބިޒް އިން މިހރު ލިބެން ހުންނާނެއެވެ. ގިނަ ފީޗާތަކެއް އެކުލެވޭ މި ގަޑި އެ ފިހާރައިން ލިބެން ހުންނާނީ އެންމެ 3،800ރ. އަށެވެ. މި ގަޑިތަކުގެ ކަޅު އަދި ހުދު ކުލަ މިވަގުތު ސޮއްޓިބިޒް އިން ލިބޭނެއެވެ.

މިތަކެތި މިހާރު ޗާންދަނީ މަގު، ޖަލާލުއްދީން މިސްކިތުގެ މައި ދޮރާށި ކުރިމަތީގައި ހުންނަ ސޮއްޓިބިޒް ފިހާރައިން ލިބެން ހުންނާނެ އެވެ. ގޭގައި ތިބެގެން ވިޔަފާރި ކުރަން ބޭނުންވާ މީހުންނަށް 7449955އަށް ގުޅައިގެން އޯޑަރު ކުރެވޭނެއެވެ. ރަށްރަށުގައި ތިބެގެން ވެސް އެ ފިހާރައިން ވިޔަފާރި ކޮށްލެވޭނެއެވެ.

ސޮއްޓިބިޒް އަކީ ގިނަ ބްރޭންޑުތަކުގެ ފޯނުތަކާއި އެކްސްސަސަރީޒް ވިއްކާ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ފިހާރައެކެވެ.