ފަހަކަށް އައިސް ބިސްކަޓު ޕުޑިންގ މިވަނީ ދިވެހިންގެ މެދުގައި މާ މަޤުބޫލު އެއްޗަކަށް ވެފައެވެ. އާންމުކޮށް ގިނަ ބަޔަކު މި ކެއުން ތައްޔާރު ކުރަމުން ގެންދިޔަ ނަމަވެސް، ގިނަ ފަހަރަށް ރަހަ އެއްގޮތްވުން އެއީ ދުރު ކަމެކެވެ.

ބިސްކަޓް ޕުޑިން ދިވެހިންގެ ތެރޭގައި ވައިހިއްޕާލި މި ދަނޑިވަޅުގައި މިހާރު ގިނަބައެއްގެ ނަޒަރު ހުއްޓިފައިވާ އެއް ބްރޭންޑަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން ތަޢާރަފްކޮށް ވިއްކަމުން އަންނަ ”ޗޮކޯބްލާސްޓް“އެވެ. ގިނަ ބަޔަކަށް ކަމުދާނެހެން ފެންވަރު ރަނގަޅަށް ތައްޔާރުކޮށްފައި ހުންނަ މި ބްރޭންޑަކީ މިހާރު ބައެއް މީހުންގެ ނަޒަރުގައި "ރާއްޖޭގެ އެއްވަނަ" އެވެ.

ފަހަކަށް އައިސް މީސް މީޑިއާގައި ވެސް ޗޮކޯބްލާސްޓުގެ އަޑު ވަރަށް ގަދަވެފައި ވާއިރު މި ޕުޑިންގެ މީރުކަމުގެ އިތުރުން އާއްމުންގެ ސަމާލުކަން ލިބުނީ "މައިދައިތަގެ ހިތް ރުއްސަން" ވެސް މި ޕުޑިންގ ވަރެއް ނެތްކަމަށް ބުނާ ވާހަކަ އާއި ހިސާބުންނެވެ. މައިދައިތަ ނޫނީ ލޯބިވެރިޔާ އަދި އެނޫންވެސް މީހެއްގެ ހިތް ރުއްސާލަން ބޭނުންނަމަ ޗޮކޯބްލާސްޓް އެއީ ހަޤީޤަތުގައި ވެސް ޖާދުލެއްކަމާއި މެދު މި ޕުޑިންގެ އަޖުމަ ބަލާފައިވާ މީހުން ދެބަހެއް ނުވެއެވެ.

"ލިބޭ" އިން ތިން ސައިޒެއްގައި ޗޮކޯބްލާސްޓް މިހާރު ތައްޔާރު ކުރަމުން އަންނައިރު، މިވަގުތު މި ޕުޑިން ލިބެން ހުރީ ހަމައެކަނި ހއ. ދިއްދޫ އިންނެވެ. އެހެން ނަމަވެސް ރާއްޖޭގެ އެހެން ބައެއް ހިސާބުތަކުން ވެސް މި ޕުޑިންއަށް އޮތް ޑިމާންޑު ބޮޑުވުމުން، "ލިބޭ" އިން އަންނަނީ މާލެ، ކުޅުދުއްފުށި، ތިނަދޫ އަދި އައްޑޫ ސިޓީން ވެސް މި ޕުޑިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ތައްޔާރުވަމުންނެވެ.

"ލިބޭ" އިން ބުނާގޮތުން ކުރިއަށް އޮތް ހަފްތާ ތެރޭގައި މާލެ އާއި އައްޑޫ އިން ޗޮކޮބްލާސްޓު ލިބޭނެއެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ރަށްތަކާއި ސިޓީތަކުން ވެސް މި ޕުޑިންގ ލިބެން ހުންނާނެެއެވެ. މީގެ އިތުރުން ޑިމާންޑާއި އެއްވަރަށް ހއ. އަތޮޅުގެ އެހެން ރަށްތަކަށްވެސް މި އުފެއްދުން ފޯރުކޮށްދިނުމަށް "ލިބޭ" އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޗޮކޯބްލާސްޓް މިހާރު ލިބެން ހުރީ ދިއްދޫގައި ހުންނަ "ލިބޭ-03" ފިހާރައިންނެވެ. އެ ފިހާރައިގެ ނަމްބަރު 7803003 އަށް ގުޅައިގެން "ޗޮކޯބްލާސްޓް" އަށް އޯޑަރު ކުރުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ނޯ ޑެޒަޱް ބައި މަރީނާ

    3
    2
  2. Anonymous

    އަހަރެން އަދި އަޑުއެހިތާ މިހުރީ
    ހުއްޓާ އަޑު ވެސް ނާހާ ބަޔަކސށް އެއްވަނަ ޔޯ

  3. ާއެނޮނިމަސް

    ހީހީ ހަލާކު. މަރީނާ އާ ކައިރިވެސް ނުކުރޭ!