ހއ.ދިއްދޫގައި ހުންނަ ”ލިބޭ-03“ ފިހާރަ އިން ކުރިއަށް ގެންދިޔަ ޑެލިވެރީ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ މިއަދު ހޮވައިފިއެވެ.

ލިބޭ ފިހާރައިން ޑެލިވެރީތައް ކުރުމަށް ބާރު އެޅުމުގެ ގޮތުން މިފަދަ ޕްރޮމޯޝަނެއް ފަށާފައި ވަނީ ދިއްދޫގައި ކޮވިޑު ކޭސްތައް ގިނަވެ، ރަށް މޮނީޓަރިންގެ ހާލަތަށް ގެނެވުމުން ވީހައިވެސް ބޮޑަށް މީހުން ގޭގައި ތިބެ، ބޭރަށް ނުނިކުތުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

ނިމިދިޔަ ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގައި އެތައް ހާސް މީހުން ބައިވެރިވިއިރު ގުރުއަތުލައިގެން ނަސީބުވެރިއަކަށް ހޮވިފައި ވަނީ ހއ. ދިއްދޫ ސުތުލިމާގޭ ޒިޔާދާ ޖައުފަރު އެވެ. ގުރުއަތުން ޒިޔާދާގެ ރިސީޕްޓު ނެގުނުއިރު އެ ރިސީޕްޓުގައި ވަނީ 78 ރުފިޔާގެ ތަކެތި ބައްލަވައިގެން ކަމަށެވެ. ގުރުއަތުން ހޮވުމާއި އެކު ޒިޔާދާ އަށް މިއަދު ވަނީ5،000 ރުފިޔާގެ ޗެކު ހަވާލުކޮށްފައި ކަމަށް ”ލިބޭ“ ފިހާރަ އިން މައުލޫމާތު ދެއެވެ.

މި ޕްރޮމޯޝަން މިހާރު ނިމިފައިވީ ނަމަވެސް، މި މަހުގެ ނިޔަލަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނަކާއި ކަބަޑު ހުޅުވައިގެން ހިލޭ މުދާތައް ލިބޭ ޕްރޮމޯޝަނެއް ވެސް ކުރިއަށް އެބަދެއެވެ. އުމްރާ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ250 ރުފިޔާ އިން މަތިން ވިޔަފާރި އެއް ކޮށްގެން ނުވަތަ ލިބޭ އިން ރާއްޖެ އެތެރެކުރާ ޕްރޮޑަކްޓެއް ބައްލަވައި ގަނެގެންނެވެ. ކަބަޑު ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 100 ރުފިޔާ އިން މަތިން ވިޔަފާރި ކޮށްގެންނެވެ.

އަގުހެޔޮކޮށް ތަފާތު އެކި ވައްތަރުގެ މުދާތައް "ލިބޭ" ފިހާރައިން ލިބެން ހުންނައިރު ހެނދުނު 08:00 ކުން ރޭގަނޑު 23:00 އަށް ޑެލިވެރީގެ ހިދުމަތް ވެސް އެ ފިހާރަ އިން އަންނަނީ ދެމުންނެވެ. ފިހާރަ އިން ތަކެތި އޯޑަރު ކުރެއްވުމަށް 7803003 ނަމްބަރު ފޯނަށް ގުޅާލާށެވެ.