ދުނިޔޭގެ ސެންޓު އުފައްދާ ބްރޭންޑުތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ބްރޭންޑު ކަމަށްވާ މޮންޓް ބްލާންކުން މިދިޔަ އަހަރު ނެރުނު "ލެޖެންޑް އޯ ޑި ޕާފަމް" ސެންޓަކީ ފިރިހެނުންނަށް ހާއްސަ ސެންޓެކެވެ. ދުނިޔޭގެ އެތައް ބައެއްގެ މެދުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލުކަން ހޯދި މި ސެންޓު މިހާރުވަނީ ރާއްޖެއަށް ވެސް ތައާރަފުކޮށްފައެވެ.

ރާއްޖޭގައި ސެންޓު ވިއްކާ އޮންލައިން ޕޭޖެއް ކަމަށްވާ "އިންޓެންސް އެމްވީ" އިން މިހާރު މި ސެންޓު ލިބެން ހުންނާނެއެވެ. އެ ޕޭޖަކީ މިފަދަ ތަފާތު ބްރޭންޑުތަކުގެ ކޮލިޓީ ރަނގަޅު ސެންޓު ވިއްކާ ޕޭޖަކަށްވާއިރު ހުރިހާ ސެންޓަކީ ވެސް 100 ޕަސެންޓު އޮރިޖިނަލް ސެންޓު ކަމުގެ ޔަގީންކަން އެތަނުން ދެއެވެ.

ނަމާ އެއްގޮތަށް މި ސެންޓަކީ ވެސް "ލެޖެންޑް" އެކެވެ. ސަބަބަކީ މި ސެންޓަކީ ގިނަ ވިގުތައް ވަސް ހިފަހައްޓާ ސެންޓަކަށްވެފައި މި ސެންޓު ޖަހައިގެން ނުކުތުމުން ތައުރީފު ލިބޭނެ ކަން ޔަގީންވާތީއެވެ.

ފިރިހެނުންނަށް ހާއްސަ މި ސެންޓު އުފައްދާފައި ވަނީ ވައިލެޓް ފަތާއި ނިޔަދުރާއި ޖޭސްމިން އާއި މެގްނޯލިއާ އާއި ލެދާ އަދި އޯކްމޮސް ފަދަ ތަފާތު "އިންގްރީޑިއަންޓު"ތައް ބޭނުން ކޮށްގެންނެވެ. މި ހުރިހާ ތަކެއްޗަކީ ވެސް މިރު ވަސް އެކުލެވޭ "ފިރިހެން ވަންތަ" ވަހެއް ހުންނަ ތަކެއްޗެވެ.

މި ސެންޓަކީ ލޯބިވެރިޔާއަށް ނުވަތަ ފިރިމީހާއަށް ނުވަތަ ފިރިހެން ރައްޓެއްސަކަށް ވެސް ހަދިޔާއަކަށް ކަމުދާނެ މޮޅު ސެންޓެކެވެ.

މޮންޓް ބްލާންކްގެ މި ސެންޓު ގަންނަން ބޭނުންވާ ފަރާތްތަކަށް އިންޓެންސް އެމްވީގެ އިންސްޓަގްރާމް ޕޭޖާއި ފެސްބުކް ޕޭޖަށް ޑީއެމް ކޮށްގެން ނުވަތަ 7730055އަށް ގުޅައިގެން ވިޔަފާރި ކޮށްލެވޭނެއެވެ. އެ ޕޭޖުން އޯޑަރު ކުރާ ކޮންމެ ސެންޓު ފުޅިއެއް މާލޭގެ ކޮންމެ ހިސާބަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

މީގެ އިތުރުން އެ ޕޭޖު މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ހުރެގެން ވެސް ވިޔަފާރި ކުރެވޭނެއެވެ. އެގޮތުން، ކަސްޓަމަރުން ގަންނަ މުދާ އެ ރަށަކަށް ޑެލިވާ ކޮށްދޭނެ ކަމަށް އިންޓެންސް އެމްވީ އިން ބުންޏެވެ.