އަންހެނުންނަށް ހާއްސަކޮށްގެން އަހަރަކު އެތައް ހާސް ސެންޓެއް އުފައްދާއިރު އޭގެ ތެރެއިން މީރުވަސް ދުވާ ކޮލިޓީ ރަނގަޅު ސެންޓެއް ދެނެގަތުމަކީ ވަރަށް އުދަނގޫ ކަމެކެވެ. ދިވެހިން އަންހެނުން ކަމުދަނީ ގިނަ ވަގުތު ވަންދެން ވަސް ހުންނަ ތަފާތު މީރު ވަހެއް ހުންނަ ސެންޓުތަކެވެ. އެހެންކަމުން މި ލިސްޓުގައި ހިމަނާލާ ހަތަރު ސެންޓު ވެސް ދިވެހި އަންހެނުންނަށް ކަމުދާނެއެވެ.

ތިރީގައިވާ ލިސްޓުގައި ހިމަނާފައިވާ ހަތަރު ސެންޓު ވެސް ރާއްޖޭގެ ސެންޓު ވިއްކާ ޕޭޖެއް ކަމަށްވާ އިންޓެންސް އެމްވީ އިން ލިބެން ހުންނާނެއެވެ.

ސްޓިލް: ބައި ޖެނިފާ ލޮޕޭޒް

މަޝްހޫރު ލަވަކިޔުންތެރިއާ ޖެނިފާ ލޮޕޭޒް ބާޒާރަށް ނެރުނު މި ސެންޓަކީ އޭނާއަށް އެންމެ ކަމުދާ ތަކެތި ހިމެނޭގޮތަށް އުފެއްދި ސެންޓެކެވެ. މީގެ ތެރޭގައި ހިމެނެނީ އާލް ގްރޭ ސައިފަތާއި ވައިޓް ޕެޕާ އާއި މެޑަރިން އޮރެންޖާއި އާފަލު އަދި ހަނޑުލުގެ އިތުރުން ޖޭސްމިން އާއި ލިލީ އޮފް ދަ ވެލީ އާއި ފްރީޝިއާ އާއި ހަނީ ސަކަލް އާއި ފިނިފެންމަލާއި އޮރެންޖު ބްލޯސަމް އެވެ.

މި ސެންޓު ޖެނިފާ ސިފަކޮށްފައިވަނީ ވަރަށް "އަންހެން ވަންތަ" ސެންޓެއް ގޮތަށެވެ. އަދި ވަސް އޭނާ ސިފަ ކޮށްފައިވަނީ "ސެންޝުއަލް" ވަހެއްގެ ގޮތުގައެވެ.

މި ސެންޓުގެ 100އެމްއެލް ފުޅިއެއް އިންޓެންސް އެމްވީން 750ރ. އަށް ލިބޭނެއެވެ.

ކެލްވިން ކްލައިން: ބިއުޓީ

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑު ކަމުގައިވާ ކެލްވިން ކްލައިންގެ "ބިއުޓީ" އަކީ ވެސް ތަފާތު ވަހެއް އެކުލެވޭ މޮޅު ސެންޓެކެވެ. 2010ވަނަ އަހަރު ބާޒާރަށް ނެރުނު މި ސެންޓަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު މި ސެންޓަކީ "އެމްބްރޭ" އާއި ޖޭސްމިން އާއި ވާޖިނިއާ ސީޑާ ބޭނުންކޮށްގެން އުފައްދާފައިވާ ސެންޓެކެވެ.

މި ސެންޓުގައި ޖޭސްމިން މަލުގެ މީރުވަހުގެ އިތުރުން "ވުޑީ" އަދި "މަސްކީ" ވަހެއްވެސް އެކުލެވެއެވެ. މި ސެންޓުގެ 100 އެމްއެލް ފުޅިއެއް އިންޓެންސް އެމްވީ އިން ލިބެން ހުންނާނީ 900ރ. އަށެވެ.

ކެލްވިން ކްލައިން: ޝިއާ ބިއުޓީ

ކެލްވިން ކްލައިން އިން 2012ވަނަ އަހަރު ނެރުނު ޝިއާ ބިއުޓީ ވެސް ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައެވެ. "ފްރޫޓީ" ވަހެއް ހުންނަ މި ސެންޓު އުފައްދާފައި ވަނީ ބެލިނީ އާއި ރެޑް ބެރީސް އާއި ޖޭސްމިން އާއި ލިލީ އަދި ވެނީލާ އާއި ސޭންޑަލްވުޑް ފަދަ ތަކެތި ހިމަނައިގެންނެވެ.

ޒުވާން އަންހެނުންނަށް ހާއްސަކޮށްގެން އުފެއްދި މި ސެންޓުގެ 100 އެމްއެލް ފުޅިއެއް އިންޓެންސް އެމްވީން 900ރ. އަށް ލިބޭނެއެވެ.

އިންކާންޓޯ ޝައިން

ސެލްވަޓޯ ފެރެގާމޯ 2007ވަނަ އަހަރު ދުނިޔޭގެ ބާޒާރަށް ތައާރަފު ކުރި އިންކާޓޯ ޝައިން އަކީ ވެސް ދިވެހި އަންހެނުންނަށް ކަމުދާނެ ސެންޓެކެވެ. މި ސެންޓުގައި ވެސް "ފްލޯރަލް" އަދި "ފްރޫޓީ" ވަހެއް އެކުލެވޭއިރު މިއީ އަލަނާސިއާއި ފެޝަފުރުޓާއި ޕީޗާއި ފިޔާތޮށި ކުލައިގެ ޕިއޮނީ މަލާއި ފްރީޗިއާ އަދި އެމްބާ ފަދަ ތަލެތި ހިމަނައިގެން އުފައްދާފައިވާ މޮޅު ސެންޓެކެވެ.

އިންކާންޓޯ ޝައިންގެ 100 އެމްއެލް ފުޅިއެއް އިންޓެންސް އެމްވީން ލިބޭނީ 900ރ. އަށެވެ.

ފޭސްބުކާއި އިންސްޓަގްރާމުގައި ހިންގާ އިންޓެންސް އެމްވީއަކީ ކޮލިޓީ ރަނގަޅު އޮރިޖިނަލް ސެންޓު ރާއްޖެ އެތެރެކޮށް ވިއްކާ ޕޭޖެކެވެ. އެ ޕޭޖުން ވިއްކާ ސެންޓަކީ އޮރިޖިނަލް ސެންޓެއް ކަމުގެ 100 އިންސައްތަ ޔޔަގީންކަން އެ ޕޭޖުން ދެއެވެ.

އިންޓެންސް އެމްވީން ސެންޓު ގަންނަން ބޭނުންވާ މީހުންނަށް އެ ޕޭޖަށް ޑިއެމް ކޮށްގެން ނުވަތަ 7730055އަށް ގުޅައިގެން އޯޑަރު ކުރެވޭނެއެވެ. އެ ޕޭޖުން އޮޑަރު ކުރާ ސެންޓު ހިލޭ ޑެލިވަ ކޮށްދޭނެއެވެ.