މަޖީދީ މަގުގައި ހުންނަ އޮބިއަންއޭ ބުނެފި ނަމަ، އެ ފިހާރަ ނޭނގޭ މީހަކު މިހާރު މަދުވާނެއެވެ. އެއީ އެ މަގުގައި ހުންނަ އެންމެ ބޮޑެތި ފިހާރަތަކުގެ ތެރެއިން އެއް ފިހާރައެވެ. ފިހާރައިގެ އެތެރެ ނިކަން ހިތްގައިމެވެ. އެ ތަން ފުރިފައި ވަނީ ކުޅިވަރުގެ އެކި ސާމާނުތަކުންނެވެ. އެއީ ފަސޭހަ އިން "އަތުޖެހޭނެ" ސާމާނެވެ. މާލޭގައި ހުންނަ ފިހާރައެކޭ އެއްގޮތަށް ހުޅުމާލޭގައި ހުންނަ އޮބިއޮން ފިހާރަ ވެސް ވަކި ތަފާތެއް ނެތެވެ.

ކުރުކޮށް ބުނާ ނަމަ، އޮބިއޮންއަކީ ކުޅިވަރު ސާމާނު ވިއްކުމަށް ރާއްޖޭގެ އެންމެ މަޝްހޫރު ފިހާރައެވެ.

އޮބިއޮން އިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި އެންމެ ފަހުގެ ތަފާތު އެކިއެކި ސައިޒާއި ބްރޭންޑުގެ ބޫޓުތަކާއި ސްޕޯޓްސް ވެއާ، ސްވިމް ވެއާ، ކެޝުއަލް ވެއާ، ޖިމާ ގުޅޭ އެކިއެކި ސާމާނުތައް ހިމެނެއެވެ. މި ފިހާރަ އިން ލިބޭ ތަކެތީގެ ފެންވަރު ރަނގަޅުވެފައި ކޮލިޓީއެވެ. އަދި އޮބިއޮން އިން ގަންނަ ބޫޓުތަކުގެ ތެރެއިން ކުރު މުއްދަތެއްގެ ތެރޭގައި މައްސަލައެއް ދިމާވާ ބޫޓުތައް ބަދަލުވެސް ކޮށްދޭނެއެވެ.

މާލޭގައި ހުންނަ އޮބިއޮންގެ ފިހާރަ.

ފިހާރަ އިން ލިބޭ ތަކެތި:

  • ބޫޓު
  • ސްޕޯޓްސްވެއާ
  • ސްވިމްވެއާ
  • ކެޝުއަލް ވެއާ
  • ޖިމް އިކުއިޕްމަންޓްސް
  • ޖިމް މެޝިނަރީޒް

މީގެއިތުރުން އޮބިއޮން އިން ތަފާތު އެކިއެކި ހިދުމަތްތައް ވެސް މިހާރު ލިބެއެވެ.

އޮބިއޮން އިން ލިބޭ ހިދުމަތްތައް:

  • ޕީއޭ އޯޑާސް
  • ބޫޓު ފަހައި ދިނުން
  • ބޫޓުގައި ނަން ޖަހައި ދިނުން
  • ޖާޒީގައި ނަން ޕްރިންޓް ކުރުން
  • އޮންލައިންކޮށް އޯޑަރުކޮށްލުން
  • ޑެލިވާކޮށްދިނުން (ރާއްޖޭގެ ކޮންމެ ހިސާބަކަށް)
ހުޅުމާލޭގައި ހުޅުވި އޮބިއޮންގެ ފިހާރަ.

އޮބިއޮންއަކީ ކަސްޓަމަރުންނާ ވީހާވެސް ގާތުން މަސައްކަތް ކުރަމުން އަންނަ ބައެކެވެ. އެގޮތުން އެ ފިހާރަ އިން ދޭތެރެ ދޭތެރެއިން އޮފާތަކާއި ޕްރޮމޯޝަންތައް ޖައްސައެވެ. އަދި ޑިސްކައުންޓާއި ގިވްއަވޭ އާއި ހާއްސަ އޮފާތައް ވެސް އަޅުވައި، ކަސްޓަމަރުން ހިތް އުފާކޮށްލަދެއެވެ.

މާލެ ސަރަހައްދުގައި އޮބިއޮންގެ ދެ ފިހާރައެއް ހުންނަ އިރު އެއީ މަޖީދީ މަގު، ގަލޮޅު ބޯޅަ ދަނޑު ކައިރީގައި ހުންނަ ފިހާރަ އާއި ހުޅުމާލޭގައި ނިރޮޅުމަގު، ސޮނީ ހާޑްވެއާ ކުރިމައްޗަށްވާ ގޮތަށް ހުންނަ ފިހާރައެވެ.

އޮބިއޮން - މާލެ 9116349 (ވައިބާ/ވަޓްސްއެޕް)

އޮބިއޮން - ހުޅުމާލެ 9744092 (ވައިބާ/ވަޓްސްއެޕް)

އޮބިއޮން ފޭސްބުކް ޕޭޖް

އޮބިއޮން އިންސްޓަގްރަމް ޕޭޖް

އޮބިއޮން ޓިކްޓޮކް އެކައުންޓް

އޮބިއޮން އިން އޮންލައިންކޮށް ވެސް ވިޔަފާރިކޮށްލެވޭނެއެވެ. އެގޮތުން، އޮބިއޮންގެ ފޭސްބުކް، އިންސްޓަގްރަމް ޕޭޖަށް މެސެޖްކޮށްގެން ވެސް ވިޔަފާރިކޮށްލުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. އަދި އޮބިއޮންގެ ވައިބަ ގްރޫޕެއް ވެސް ވަނީ ހަދައިފައެވެ.

ހުރިހާ ބްރޭންޑްއެއްގެ ކުޅިވަރު އަދި އެހެނިހެން މޮޅު ކޮލިޓީގެ ސާމާނު ހޯދަން ބޭނުން ނަމަ ދާންވީ އޮބިއޮންއަށެވެ.