ރާއްޖޭގައި އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ގަތަރުގެ ވިޔަފާރިވެރިން އެބަހުރި ކަމަށް ގަތަރު ޗެމްބާގެ ވައިސް ޗެއާމަން މުހައްމަދު ބިން ތޮވާރް އަލް ކުވަރީ ވިދާޅުވެއްޖެއެވެ.

އަލް ކުވަރީ އެހެން ވިދާޅުވީ ހޯމަ ދުވަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ އެކު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ. ރަ

އީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ ޕްރައިވެޓް ސެކްޓާގެ މެދުގައި ގުޅުން ބަދަހި ކުރުމާއި ގަތަރުގެ ވިޔަފާރިތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި ދެމެދު ގުޅުން ބަދަހި ކުރުމާއި ގުޅޭ މަޝްވަރާ ކޮށްފައެވެ. ވިޔަފާރިވެރިންނަށް ދެ ގައުމުގައި ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

އަލް ކުވަރީ ވިދާޅުވީ އަވަށްޓެރި ގައުމުތަކުގައި ގަތަރުގެ ވިޔަފާރިވެރިން އިންވެސްޓު ކުރަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ރާއްޖޭގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު އެ ވިޔަފާރިވެރިންނަށް އަރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގަތާރާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރަން ރާއްޖެއިން ބޭނުންވާ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއަށާއި ފުޑް ޕްރެސެސިންގެ ދާއިރާއިން އިންވެސްޓްކުރަން ފައްޔާޒް ވަނީ ދައުވަތު އަރުވާފައެވެ.

ރާއްޖޭގެ ވިޔަފާރިވެރިންނާ ގަތަރުގެ ވިޔަފާރިވެރިންނާ ދެމެދު ބައްދަލުވުންތަކެއް ބޭއްވުމާއި ގުޅޭ ގޮތުންވެސް މަޝްވަރާތަކެއް ކުރިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އިން ގަތަރާއި ސިޔާސީ ގުޅުން ކަނޑާލިއެވެ. ނަމަވެސް މިދިޔަ އަހަރު ސަރުކާރުން ވަނީ އަލުން ގަތަރާއި އެކު ސިޔާސީ ގުޅުން ގާއިމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަކްމެޑް

    އެބަ ރަނގަޅުވޭ. ލާރި އޮތް، ކުރިއަރާފައިވާ ގައުމުތަކާ ގުޅުން ބަދަހިކުރުން ރަނގަޅޭ ކައްޕަޅި، އަމިއްލަ ހާލައިގެން ނޫޅެވޭ ބަޔަކު ދަށުވުމަށްވުރެ.

  2. ސުވާނީ

    ބޭރުމީހުން ރާއްޖޭގައި އިންވެސްޓުކުރަން އެންމެ ރަނގަޅު ދިވެހި ސިނާޔަތަކީ ކަރަޕްޝަނާއި ސިޔާސީ ފިތުނައިގެ ސިނާޔަތެވެ. އިކޮނޮމިކު މިނިސްޓުރީގެ އިންވެސްޓްމަންޓު ދާއިރާތަކުގެ ލިސްޓުގައިވެސް މިކަން އެބަޖެހޭ ބަޔާންކުރަން. ބޭރުގައުމު ތަކުގެ މީހުން ދިވެހިންނޭ ބުނީމަ މިހާރުދައްކަން ފަށަނީ ވައްކަމާއި ކަރަޕްޝަންގެ ވާހަކަ. މިއަދު ދިވެހިންނަކީ ކަރަޕްޝަނުގައި އާއި އަދި ސިޔާސީ ފިތުނާގައި ދުނިޔޭގައި ކުރިއަރާފަތިބި ބީތާއިންތަކެއް. އަމިއްލަ ގައުމު ވިއްކައި ބޭރުމީހުންނައްދީ ފަސާދަކުރާ ގަބީލާއެއް. ބަހުގެ އިތުބާރެއް ތެދުވެރިކަމެއްނެތް ޖަންގަލީގެ އުސޫލު ގެންގުޅޭ ކޮހުންތަކެއް.

    7
    2
  3. ކިޔު

    އަލްޙަމްދު ލި ﷲ.
    ޤަޠަރަކީ ރާއްޖެއަށް ހެޔޮއެދޭ ޤައުމެއް. ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ. ޤަޠަރުގެ އިންވެސްޓްމަންޓްތަކާއި އެހީތަކަށް ރާއްޖޭގެ ދޮރުތައް ހުޅުވިފައި ހުރުން މުހިންމު.

    • އެޮަޕަ

      ލޮލް.ދިވެހިން ބޮލުގަ ތެއްކަމެއް ނެއްކަން.
      ގަލްފުގެ އަރަބިން މިތާ “އިންވެސްޓް” ކުރަން އެހާވަރަކުން އެއުޅެނީ މިތާ ކޮރަޕްށަން ގިނަކަމުން. ޟިޔަކުން އާންމު ރައްޔިތު މީހަކައް ފައިދާ އެއް ނެއް

  4. އިސްޢާފް ސަލީމް

    ނުކުރާނެ!

  5. ތ

    އިކަޮނޮމިކް މިނިސްޓަރަށް ކުރެ ވުނު ކަމެއް ދައްކަބަލަ ތިޔަ ގޮތަށް މީހުންނާ ބައްދަލު ކުރުން ފިޔަވާ ކުރެވޭ ކަމެއް ދައްކަބަލަ ކޮބާ އީރާނާ ގުޅުން ގާއިމް ކުރެވިއްޖެތަ އެކަމު އެއީ ރިޔާސީ ވައުދެއް... ގަތަރާ ވެސް ގުޅުން ގާއިމް ކުރަން ކެރުނީ ސައުދީން ގުޅުން ގާއިމް ކުރުމުން ދޮޅު އަހަރު ވީއިރު ޝާހިދު ހުރީ އަނގަ ލައްޕައިގެން

  6. Anonymous

    ޙެޕީ ނިއުސް، ގަތަރަށް މަރުޙަބާ😍 އިންޑިއާ އައުޓް، އަހަރުން ރައްޔިތުން އިންޑިއާ ބޭނުންނުވާ ސަބަކީ ވޯޓަށް މަކަރުހަދުވައި މޮޔައެއްގެއަތަށް ކަނޑިއެއްދީގެންތިބެ މިގައުމުން ނާޖާއިޒު ފައިދާނަގަން ގައުމު އަތްގަދަށުލާންއުޅޭބައެއް، ތިމެންނަމެންގެ އަމިއްލަ ރައްޔިތުންނަށް އަސާސީ ކިދުމަތެއް ނުދެވޭއިރު،

    2
    1