ރާއްޖެއަށް އެންމެ ފުރަތަަމަ އަދި އެންމެ ފަހުގެ އެޕަލްގެ އުފައްދުންތައް ގެނެސް އަބަދުވެސް ވިއްކަމުން އަންނަ ބެސްޓް ބައި މޯބައިލުން އައިފޯން 13 ސީރީޒްގެ ފޯނު ގެނެސް ވިއްކަން ފަށައިފިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އައިފޯން 13 އަށް ޕްރިއޯޑަރަށް ހުޅުވާލި ބެސްޓް ބައި މޯބައިލްއަކީ އެޕަލްގެ އުފައްދުންތައް އަބަދުވެސް އެންމެ ފުރަތަމަ ރާއްޖެއަށް ގެންނަ ކުންފުނީގެ ލަގަބް އޮންނަ ކުންފުނިކަން ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން މި މަހުގެ 24 ވަނަ ދުވަހު ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯން 13 މިހާރު އެ ކުންފުނީގެ ފިހާރަތަކުން ލިބެން ހުންނާނެެެއެވެ. އަދި މިރެއިން ފެށިގެން ބެސްޓް ބައިގެ މައި ފިހާރަ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތީގެ ފިހާރައިންނާއި، މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައި ހުންނަ ފިހާރައިން ލިބެން ހުންނާނެއެވެ.

ބެސްޓް ބައިއިން ވަނީ އައިފޯން13 ސީރީޒްގެ އައިފޯން 13، އައިފޯން13 ޕްރޯ، އައިފޯން 13 ޕްރޯ މެކްސްގެ ހުރިހާ ކުލައެއް ރާއްޖެ ގެނެސްފައެެވެ. އޭގެ ތެރޭގައި ސްޓާ ލައިޓް (ވައިޓް)، މިޑްނައިޓް (ބްލެކް)، ޕިންކް، ބްލޫ ހިމެނެެވެ.

ބެސްޓް ބައިން ފޯނު ގަންނަން ބޭނުންވާ ފަރާތްތަކަށް އިންސްޓޯލްމެންޓަށް ފޯނު ނެގުމުގެ ފުރުސަތުވެސް އޮންނާނެެވެ.އެގޮތުން ދާދި ފަހުން ތައާރަފްކުރި ފުލުހުންގެ ޕޮލްކޯ ސްކީމާއި، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، ބީއެމްއެލް އީޒީ، ބީއެމްއެލް އިސްލާމިކް ކްރެޑިޓް ސްކީމް މެދުވެރިކޮށްވެސް ބެސްޓް ބައި މޯބައިލުން ފޯނު ނެގޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ށަނާ

    ޢެންމެ މުހިއްްމީ އަގު އެއްވެސް ފަރާތަކުން ރާއްޖޭގައި މިފޯނުތައް ވިއްކާ އަގު ބުނެދީފައެއް ނުވޭ. ޢޯޑަރ ކުރާށޭ އިންސްޓޯލްމަންޓަށް ދޫކުރަމޭ ކިޔަނީ .

    13
  2. އަލިބެ

    އަގުކިހާވަރެއްތަ؟

  3. Anonymous

    ކިތައް ކިޑްނީ ދިނީމަ ވާނީ

  4. މުހުއްމަދު

    އަގުއެހެރީ ފންނާކަށް ނޫންތޯ.؟ އެއް ފޯނު ވިއްކާލެވޭއިރު ދެފޯނުގެ އަގުލިބޭގޮތަށް އަގުހަދާފަ އެހެރީ.ފުރުސަތެއް އޮތްބަޔަކު ރާއްޖެއިން ތިފޯންތައް ގަންނަން ހެޔޮނުވާނެ. މަވާ ސަލާމް.