ރެޑްވޭވްގެ ފިހާރަތަކަށް ޝާރޕް ބްރޭންޑުގެ އޭސީގެ އާ ސްޓޮކެއް ގެނެސް ވިއްކަން ފަށައިފިއެވެ.

ޝާރޕް ބްރޭންޑްގެ އޭސީއަކީ "އެނާރޖީ ކޮންސަންޕްޝަން" ކުރާވަރު ނުވަތަ ހަކަތަ ހޭދަކުރާމިންވަރުން ކަނޑައަޅައިދޭން މެލޭޝިއާގެ ސަރުކާރުން އެކުލަވާލާފައިވާ ރޭޓިންއިން 5 ތަރި ލިބިފައިވާ، އެންމެ ބޮޑަށް ކަރަންޓު ހަރަދު ކުޑަކޮށްދޭ ޕްރޮޑަކްޓެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

ޖަޕާންގެ މޮޅު ޖޭޓެކް އިންވާޓަރުގެ އެހީގައި ޝާރޕްއަކީ ކަރަންޓު ހަރަދު އެންމެ ކުޑަ އެއް އޭސީއެވެ.

އަދި ޝާރޕް ބްރޭންޑްގެ އޭސީއަކީ އޭގައި ބޭނުންކޮށްފައިވާ ޕްލަޒްމާކްލަސްޓަރ ޓެކްނޮލޮޖީގެ ސަބަބުން މާހައުލުގެ ވައި ވަރަށް އަވަހަށް ތާޒާކޮށްދޭ އޭސީއެކެވެ. ޕްލަޒްމާކްލަސްޓަރ އަޔަން ޓެކްނޮލޮޖީއަކީ ޝާރޕް އިލެކްޓްރޯނިކްސް ކޯރޕަރޭޝަނުން 2000 ވަނައަހަރު އުފައްދާފައިވާ ވައި ސާފުކޮށްދޭ ނިޒާމެކެވެ. އެގޮތުން، މި ނިޒާމުގައި ފައްސި އަދި ނައްސި “އަޔަންސް” ވައިގެ ތެރެއަށް ފޮނުވާލާ ވައިގެ ތެރޭގައި ހުންނަ ޖަރާސީމް ނެތިކޮށްލައެވެ.

މީގެއިތުރުންވެސް، ޝާރޕް އޭސީ އިން "ޖެޓް އެއަރ ކޫލިން"ގެ އެހީގައި ހަލުވިކަމާއެކު ތާޒާ ވައި ކޮޓަރިތެރެއަށް ފޮނުވާލާ އަވަހަށް ފިނިކޮށްދެއެވެ. މި އޭސީ ތައްޔާރުކޮށްފައިވަނީ އޭގެ ފިލްޓަރ ފަސޭހަކަމާއެކު ނައްޓާލައި ސާފުކޮށްލެވޭނެފަދަ ގޮތަކަށެވެ.

މި އޭސީގެ ހަތަރު ސައިޒެއް، އެއް އަހަރު ދުވަހުގެ ވޮރަންޓީއާއި އެކު މިހާރު ރެޑްވޭވުން ލިބޭނެއެވެ.

ޝާރޕް ބްރޭންޑަކީ ދިވެހިންގެ ފުރިހަމަ އިތުބާރު ހޯދާފައިވާ ވަރަށް ކޮލިޓީ ރަނގަޅު ބްރޭންޑެއްކަމެވެ.