ހައިރައިސް ކުންފުނިން އިންތިޒާމް ކޮށްގެން މިހާރު ކުރިއަށްގެންދާ ވެކޭޝަންސް އެކްސްޕޯގެ 2018 ގައި ޓްރިޕްވެރިންގެ ފަރާތުންވެސް މި ވަނީ ބައިވެރިވެފައެވެ. އެ ސްޓޯލަށް ޒިޔާރަތްކޮށްގެން ރާއްޖެއަށް ބޭރަށް ޗުއްޓީއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް އެ ކުންފުނިން ތައާރަފްކޮށްފައިވާ ޕެޖޭޖްތަކާއި ގުޅޭ މައުލޫމާތުތައް ލިބޭނެއެވެ.

ޓްރިޕްވެރިން މެދުވެރިކޮށް ރާއްޖެއިން ބޭރަށް އުފާވެރި މަޖާ ޗުއްޓީއެއް ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްޗޕެކޭޖްތަކެއް މި ވަނީ ތައާރަފްކޮށްފައެވެ.

އެ ޕެކޭޖްތަަކަށް ބަލާއިރު،

މެޑްރިޑް އާއި ބާސެލޯނާ، 13 ދުވަހުގެ ދަތުރެއް - މި ޕެކޭޖް ނަގާ ފަރާތްތަކަށް އެކި ތަންތަނަށް ޒިޔާރަތްކޮށްލުމުގެ ފުރުސަތު ފުރުސަތު ލިބޭއިރު، އެއާފެއާ، އެކޮމޮޑޭޝަން، ޓުއަ ގައިޑް، އަދި ވިސާގެ ހިދުމަތްވެސް ލިބޭނެއެވެ. މި ދަތުރުގެ އަގަކީ 2450 ޑޮލަރެވެ.

ކްލެސިލަކް ތުރުކީ، 10 ދުވަހުގެ ދަތުރެއް - މި ޕެކޭޖް ނަގާ ފަރާތްތަކަށް 25 އަށްވުރެ ގިނަ ޑިސްޓިނޭޝަންތަކަށް ދިޔުމުގެ ފުރުސަތު ލިބޭއިރު، އެއާފެއާ، އެކޮމޮޑޭޝަން، ޓުއަ ގައިޑް، އަދި ވިސާގެ ހިދުމަތްވެސް ލިބޭނެއެވެ. މި ދަތުރުގެ އަގަކީ 1970 ޑޮލަރެވެ.

ޓްރިޕްވެރިންގެ ސްޓޯލް- ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

ޔޫރަޕިއަން ޖެވެލް، 13 ދުވަހުގެ ދަތުރެއް - މި ޕެކޭޖްގައި ޔޫރަޕްގެ ހަ ގައުމަކަށް ދަތުރުކޮށްލުމުގެ ފުރުސަތު ލިބޭއިރު، އިތުރު ތަންތަންވެސް ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެއާފެއާ، އެކޮމޮޑޭޝަން، ޓުއަ ގައިޑް، އަދި ވިސާގެ ހިދުމަތްވެސް ލިބޭނެއެވެ. މި ދަތުރުގެ އަގަކީ 2450 ޑޮލަރެވެ.

ކްލަސިކަލް ގްރީސް، 9 ދުވަހުގެ ދަތުރެއް - މި ޕެކޭޖް ނަގާ ފަރާތްތަކަށް 25 އަށްވުރެ ގިނަ ޑިސްޓިނޭޝަންތަކަށް ދިޔުމުގެ ފުރުސަތު ލިބޭއިރު، އެއާފެއާ، އެކޮމޮޑޭޝަން، ޓުއަ ގައިޑް، އަދި ވިސާގެ ހިދުމަތްވެސް ލިބޭނެއެވެ. މި ދަތުރުގެ އަގަކީ 2150 ޑޮލަރެވެ.

މި ޕެކޭޖްތަކުގެ އިތުރުންވެސް އިތުރު ޕެކޭޖްތަކާއި ގުޅޭ މައުލޫމާތު ޓްރިޕްވެރިން ސްޓޯލްއަށް ޒިޔާރަތްކޮށްގެން ލިބޭނެއެވެ.

މި އެކްސްޕޯ ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ އާއިލާއާއެކު ނުވަތަ ދެމަފިރިޔަކު ހަނީ މޫން ހަދާލަން ނުވަތަ ރަހުމަތެރިންނާއެކު ރާއްޖެއިން ބޭރަށް ދިޔުމަށް ރަނުގެ ފުރުސަތަކަށްވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރުގާ

    އެކަނި ގުރީސްއައް އަމިއްލަޔައް ދަތުރު ރާވައިގެން ދިއަޔަސް 2150 ޑޮލަރެއް ނާރާނެ. "ވަގުތު" ކުދިން ތިއުޅެނީ އަހަރުން ގުނބޯހައްދާނަމޭ ހިތައް އަރައިގެންތަ؟ މަހައް ދަގަ..