މި އަހަރުގެ ބޮޑު ޗުއްޓީ އާއި ދިމާކޮށް އައްޑޫސިޓި ގަމުން ސްރީލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް ވަރަށް ޚާއްސަ އަގުތަކެއްގައި ފެށުމަށް ހަމަޖެހިއްޖެ އެވެ.

މިކަން ހާމަކޮށް ސްރީލަންކަން އިން ބުނީ، ޑިސެމްބަރު ހަތަރު ވަނަ ދުވަހުން ފެށިގެން ގަމުން އެ އެއާލައިންގެ ދަތުރުތައް އޮންނާނެ ކަމަށެވެ.

އަންނަ މަހު ގަމުން ޝެޑިއުލް ދަތުރުތައް ފަށަން ސްރީލަންކަން އިން ނިންމާފައި ވާއިރު، ކުރިޔަށް އޮތް ބޮޑު ޗުއްޓީއާއި ދިމާކޮށް ހެޔޮ އަގުގައި ދަތުރު ކުރެވޭ ޚާއްސަ ފެއާތަކެއްވެސް އެ އެއާލައިންސުން ވަނީ އިއުލާނުކޮށްފައެވެ. މި އަގުތަކަކީ ހަމަ އެކަނި ދިވެހިންނަށް ހާއްސަ ކޮށްގެން އިއުލާނު ކޮށްފައިވާ އަގުތަކެކެވެ.

ގަމުން ދަތުރުކުރާ ދިވެހންނަށް ޚާއްސަކޮށް އެކުލަވާލާފައިވާ ފެއާތައް:

ގަން - ކޮލަމްބޯ - ގަން: މީހަކަށް 270 ޑޮލަރު
ގަން - ކޮލަމްބޯ - ދުބާއީ - ކޮލަމްބޯ - ގަން: މީހަކަށް 486 ޑޮލަރު
ގަން - ކޮލަމްބޯ - ޑާކާ - ކޮލަމްބޯ - މާލެ: މީހަކަށް 372 ޑޮލަރު
ގަން - ކޮލަމްބޯ - ކަތަމަންޑޫ - ކޮލަމްބޯ - މާލެ: މީހަކަށް 640 ޑޮލަރު

ސްރީލަންކަން އިން އިއުލާނުކޮށްފައިވާ ހާއްސަ ފެއާގެ ދަށުން އައްޑޫ ސިޓީ ފޭދޫ އަދި އެސިޓގެ ހިތަދޫއިން ޓިކެޓް ނެގޭނެއެވެ. އެއީ ފޭދޫގައި ހުންނަ ސްރީލަންކަންގެ ހެޑް އޮފީހާއި، ހިތަދޫ "ސްކައި ސިކްސް" އިންނެވެ.

"ސްކައި ސިކްސް" އަކީ ސްރީލަންކަންގެ އިތުރުން މޯލްޑިވިއަންގެ ޓިކެޓިން ހިދުމަތް ވެސް ހިތަދޫގައި އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ކުންފުންޏެވެ. އަދި އެކްސްޕްރެސް ކާގޯގެ ހިދުމަތް ވެސް އެކުންފުނިން އިން އަންނަނީ ދެމުންނެވެ.

"ސްކައި ސިކްސް" އިން އެންމެ ފަހުގެ ފެއާތަކާއި ގުޅޭ މައުލޫމާތު ހޯދުމަށާއި، ފަސޭހަކަމާއެކު ޓިކެޓް ރިޒަވޭޝަން ހެދުމުގެ އިތުރުން ކާގޯގެ ޚިދުމަތް، 6888555 ނަމްބަރަށް ގުޅައިގެން ނުވަތަ 9163555 އަށް ވައިބާ މެދުވެރިކޮށް މެސެޖު ކޮށްގެންވެސް ލިބިގެންދާނެއެވެ.

ކުރިޔަށް އޮތް ބޮޑު ޗުއްޓީ އާއި ދިމާކޮށް ގަމުން ދިވެހިންނަށް ޚާއްސަ އަގުތަކެއްގައި ދަތުރު ކުރުމުގެ ފުރުސަތު ސްރީލަންކަން އެއާލައިންސުން ފަހިކޮށްދީފައި، ވާއިރު ޗުއްޓީތަކާއި ގުޅިގެން މީގެ ކުރިން ވެސް އެ އެއާލައިންސުން ވަނީ ދިވެހިންނަށާއި ބޭރުގެ މީހުންނަށް ހެޔޮ އަގުތަކުގައި ދަތުރު ކުރެވޭނެ ޕެކޭޖުތަކެއް ތައާރަފް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދު

    ކުރިއަށް އޮޮތް ޑިސެމްބަރުގައި އަންނަނީ ބޮޑު ޗުއްޓީއެއްނޫނެވެ.

  2. ވެރިން

    ޓިކެޓަށް ފާއިސާ ދެއްކެނީ ހަމަ އެކަނި ޑޮލަރުންތޯ، ދިވެހިފާއިސާ އިން ބަލާއިގައްނަ ނަމަ ޓިކެޓަކަށް ކިހާ ވަރެއްތޯ ދައްކަން ޖެހެނީ