ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް ހެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށް ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަދި ޕާސަނަލް ފައިނޭންސިން މައިކްރޯ އަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެޕްރޫވަލް ލިބޭ ހުރިހާ އެޕްލިކޭޝަނެއްވެސް މި ޕްރޮމޯޝަނުގައި ބައިވެރިކުރެވޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ޖެނުއަރީ 31 ގެ ނިޔަލަށެވެ.

ގުރުއަތުން ހޮވޭ ފަރާޓްތަކަށް ކަނޑައެޅިފައިވާ އިނާމްތައް:

  • ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 5،000ރ. ގެ ގިފްޓް ކާޑެއް.
  • ޕްރޮމޯޝަން ނިމުމާއެކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 50،000ރ. ގެ ގިފްޓް ކާޑެއް.

ބީއެމްއެލް އިން ދާދި ފަހުން ވަނީ ބީއެމްއެލް އިސްލާމިކް އިން މުދާ ގަތުމުގެ އިތުރުން ނަގުދު ފައިސާ ލިބޭ ގޮތަށް ބީއެމްއެލް އިސްލާމިކް ފައިނޭންސިން ޕޯޓްފޯލިއޯ އަށް ބަދަލު ގެނެސްފައެވެ.

ބީއެމްއެލް ލުއި އެކްސްޕްރެސް، ލުއި ޕްރޮފެޝަނަލް އަދި ލުއި ލޯނު މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް ބީއެމްއެލް ޕަރސަނަލް ފައިނޭންސިންގ ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޫބެ

    ޕްރޮމޯޝަން ހިންގަން ބީއެމްއެލް އަކުން ނުގުޅާނެ

  2. މޮޔަސޮރު

    ހުސް ރިބާ