ގޭތެރެއަށާއި، އޮފީސްތަކަށް ބޭނުންވާ ގިނަ ސާމާނު އެއްތަނަކުން ހޯދަން މިހާރު ކޮންމެ މީހެއްގެ ވެސް ފުރަތަމަ ހޮވުމަކީ އެސްޓާސްއެވެ، އެއީ ބޭނުންވާ ހުރިހާ ތަކެތި އެސްޓާސްއިން ލިބޭނެކަމުގެ ޔަގީންކަން އޮތުމުންނެވެ.

އެސްޓާސް އިން ޖުލައި 26 ގައި ފާހަގަ ކުރާ ރާއްޖޭގެ މިނިވަން ދުވަހާއި ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން މިހާރު ވަނީ ނިންމާފައެވެ. އެ ޕްރޮމޯޝަންގައި ބަދިގޭ ސާމާނުތައް މި ވަނީ އަންތަރީސް ވާވަރަށް އަގުހެޔޮވެފައެވެ.

ހާއްސަ 7 ޕެކޭޖެއްގެ ތެރޭގައި ހިމެނޭ ބަދިގޭގެ ގިނަ ސާމާނުތަކެއް ހެޔޮ އަގެއްގައި ލިބެން ހުރިއިރު، މި ޕްރޮމޯޝަން ފުރަތަމަ ކުރިއަށްގެންގޮސްފައި ވަނީ އެސްޓާސް އިން ހުޅުމާލޭގައި ހުޅުވި އާ ފިހާރައިގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

އެސްޓާސް އިން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ބައެއް ޕެކޭޖްތައް
އެސްޓާސް އިން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ބައެއް ޕެކޭޖްތައް

މި ޕްރޮމޯޝަން ހުޅުމާލޭގައި ފެށުމާއެކު އޮބި ނޯންނަވަރަށް ކަސްޓަމަރުން އެ ތަކެތި ގަތުމަށް ދިޔައެވެ. އަދި ގިނަ ބަޔަކު ވަނީ މި ޕްރޮމޯޝަން މާލޭގައި ކުރިއަށްގެންދިޔުމަށް އެދިފައެވެ.

އެހެންކަމުން އެސްޓާސް އިން ނިންމީ މާލޭގައިވެސް މި ޕްރޮމޯޝަން ކުރިއަށްގެންދިޔުމަށެވެ. އެގޮތުން މާލޭގައި މި ޕްރޮމޯޝަން މިއަދު ފަށާފައިވާއިރު، އެންމެ ފަހު ސްޓޮކް ހުސްވަންދެން މި ޕްރޮމޯޝަން ކުރިއަށްގެންދާ ގޮތަށް އެސްޓާސް އިން ވަނީ ނިންމާފައެވެ.

އެސްޓާސް އަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ފިހާރައެކެވެ. އަދި ހުރިހާ މުދަލެއް ވެސް ހާއްސަ ހެޔޮ އަގެއްގައި އެސްޓާސް އިން ދަނީ ފޯރުކޮށްދެމުންނެވެ.