ރާއްޖެއަށް ތަފާތު މަޝްހޫރު އެތައް ބްރޭންޑްގެ އުފެއްދުންތަކަށް ތައާރަފް ކުރަމުން އަންނަ އެމްޔޫ ސްޓޯރުން މި ރޯދަ މަހަށް ހާއްސަކޮށް ރެސެޕީތަކެއް ގެނެސްދޭން ނިންމައިފިއެވެ.

އެމްޔޫ ސްޓޯރުން ރެސިޕީތައް ގެނެސްދޭން ނިންމާފައި ވަނީ މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައެވެ. އެ ކުންފުނީގެ ފޭސްބުކް އަދި ޓްވިޓާގައި ކޮންމެ ހަފްތާއަކު އެއް ރެސިޕީ ގެނެސްދޭނެއެވެ. މި ރެސިޕީތައް ގެނެސްދޭނީ ވީޑިއޯގެ ގޮތުގައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ރެސިޕީތަކަކީ އެމްޔޫ ސްޓޯރުން ރާއްޖެ އެތެރެކޮށް މާކެޓް ކުރަމުންދާ މަޝްހޫރު "ސުހާނާ" ބްރޭންޑްގެ އުފެއްދުންތަކުން ތައްޔާރުކޮށްފައިވާ ރެސިޕީތައް ކަމެވެ.

އެ ކުންފުނިން މި ރޯދަ މަހު ހަ ރެސިޕީއަށް ގެނެސްދޭން ނިންމާފައި ވެއެވެ. އަދި މި ރެސިޕީތަކުގައި ސުހާނާ ބްރޭންޑްގެ އުފެއްދުންތައް ބޭނުންކޮށްގެން ތައްޔާރު ކުރެވޭ ހަ ކެއުމެއް ގެނެސްދޭއިރު، ކައްކާނެ ގޮތްވެސް ކިޔާދެވޭނެއެވެ.

މި ރޯދަ މަހު އެމްޔޫ ސްޓޯރުން ބިރިޔާނީ ތައްޔާރުކުރާނެ ގޮތާއި، ބަޓާ ޗިކަން ތައްޔާރުކުރާނެ ގޮތާއި، ޑެޒާޓްސްގެ އެކި ބާވްތަކާއި، މަސް ރިހަ ކައްކާނެ ގޮތާއި، މިއުޓަން ރިހަ ކައްކާނެ ގޮތް ކިޔާދޭނެއެވެ. މި ހުރިހާ ކެއުންތަކަކީވެސް ސުހާނާ ބްރޭންޑްގެ ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ ކެއުންތަކަށް ވާއިރު، ރަހަ މީރުވެފައި ތައްޔާރުކޮށްލަން ފަސޭހަވާނެ ކަން މިއީ ޔަގީން ކަމެކެވެ.

ސުހާނާ ބްރޭންޑަކީ ވަގުތުން ތައްޔާރުކޮށްލެވޭ ކާނާ އާއި ހަވާދުގެ ބާވަތްތަކުގެ އިތުރުން ފޮނިކާ އެއްޗެހި އެކުލެވޭ ދިވެހިންގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އިންޑިއާ ބްރޭންޑެކެވެ.