ހޯލްސޭލް އަދި ރީޓޭލް ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން އައްޑޫ ސިޓީ ހިތަދޫގައި ހުޅުވަން ތައްޔާރުވަމުން އަންނަ ފިހާރައަށް ހާއްސަކޮށްފައިވާ ވައިބާ ގްރޫޕްގެ މެންބަރަކަށް ވެގެން ދިހަހާސް ރުފިޔާ ހޯދުމުގެ ފުރުސަތު އެފިހާރައިން ހުޅުވާލައިފިއެވެ.

"ލިބޭ" އިން ބުނީ މޭއި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި އައްޑޫ ސިޓީ ހިތަދޫގައި ހުންނަ "ލިބޭ" ފިހާރައިގެ މެންބަރުންނަށްވާ އައްޑޫ ސިޓީގައި ދިރިއުޅޭ މީހުންނަށް ބައިވެރިވެވޭނެ ކަމަށެވެ.

"ގްރޫޕްގެ މެންބަރުންނަށްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމު ލިބިގެން ދާނީ. އިނާމު ދިނުމުގެ ކުރިން އަޅުގަނޑުމެން ކަށަވަރު ކުރާނަން އެއީ އައްޑޫ ސިޓީގައި ދިރިއުޅޭ މީހެއްތޯ. އައްޑޫ ސިޓީގައި ދިރިއުޅޭ މީހަކަށް އިނާމު ލިބިގެން ދާނީ." ލިބޭގެ އޮފިޝަލަކު ވިދާޅުވިއެވެ.

"ލިބޭ" އައްޑޫ ފިހާރައިގެ ވައިބާ ގްރޫޕް ލިންކް

"ލިބޭ" އިން އައްޑޫ ސިޓީ ހިތަދޫގައި ހުޅުވަން ތައްޔާރުވަމުންދާ ފިހާރަ ހުންނާނީ ހިތަދޫ ބޭރުމަތި ސަރަހައްދުގައެވެ. އެފިހާރަ ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

"ލިބޭ" އައްޑޫ ފިހާރައިގެ ވައިބާ ގްރޫޕުން އެފިހާރައިން ވިއްކާ މުދަލުގެ މައުލޫމާތާއި ފިހާރަ އިން ހިންގާ ޕްރޮމޯޝަންތަކުގެ މައުލޫމާތުތައް ލިބެން ހުންނާނެއެވެ.