ރާއްޖެއަށް އެންމެ ފަހުގެ ފޯންތައް ގެނެސް ވިއްކަމުންދާ ބެސްޓް ބައި މޯބައިލްއިން، މިދިޔަ ހަފްތާގައި އެޕަލް އިން ނެރުނު އައިފޯން 13 ގްރީން އާއި އެންމެ ފަހުގެ ވަން ޕްލަސް 10 ޕްރޯ ރާއްޖެ ގެނެސް ވިއްކަން ފަށައިފިއެވެ.

ބެސްޓް ބައި މޯބައިލްއަކީ އެންމެ ފަހުގެ ފޯންތަކާއި، ފޯނާއި ގުޅުން ހުރި ސާމާނާ އަބަދުވެސް ރާއްޖެ ގެންނަންމުންދާ ބައެކެވެ. އޭގެ ތެރޭގައި އައިފޯނާއި، ސެމްސަންގް ފަހުގެ ފޯންތައް ހިމެނެއެވެ.

އެގޮތުން އެންމެ ފަހުން ބެސްޓް ބައި މޯބައިލްއިން ރާއްޖެ ގެނެސްފައި ވަނީ އައިފޯން13ގެ ގްރީން އާއި ވަން ޕްލަސް 10 ޕްރޯއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އައިފޯން 13ގެ ގްރީން ކުލައިގެ އިތުރުން، މީގެ ކުރިން ނެރުނު ހުރިހާ ކުލައެއްވެސް ބެސްޓް ބައި މޯބައިލުން ލިބޭނެ ކަމެވެ.

ވަން ޕްލަސް 10 ޕްރޯގެ އަގުތައް

ވަން ޕްލަސް 10 ޕްރޯ 8/128ޖީބީ 15،999ރ

ވަން ޕްލަސް 10 ޕްރޯ 8/256ޖީބީ 16،499ރ

ވަން ޕްލަސް 10 ޕްރޯ 12/256ޖީބީ (ގްލޯބަލް) 16،999ރ

ވަން ޕްލަސް 10 ޕްރޯ 12/256ޖީބީ (ޔޫއެސްއޭ) 17،499ރ

ކަސްޓަމަރުންގެ އެދުމުގެ މަތިން ބެސްޓް ބައި މޯބައިލުން ވަނީ ދެ ފިހާރައިންވެސް ވިއްކާ ކަސްޓަމަރުންގެ މަގްބުލު ޕްރޮޑަކްޓްތަކުން ޑިސްކައުންޓް ދެވޭ ގޮތް ހަދާފައެވެ. ރޯދަ މަހަށް ހާއްސަ ރޯދަ އުފާ ޕްރޮމޯޝަންގެ ދަށުން ރަނގަޅު ޑިސްކައުންޓެއްގައި ފަހުގެ ޕްރޮޑަކްޓްތައް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި އެއާޕޮޑްސް އާއި އެޕަލް ވޮޗް އާއި ސެމްސަންގް ބަޑްސް، ސެމްސަންގް ވޮޗް، ސެމްސަންގްގެ ފަހުގެ ފޯންތަކާއި، ގޫގުލް ޕިކްސެލްގެ ފޯންތަކާއި، ވަންޕްލަސް ވޮޗްގެ އިތުރުން، ޕީއެސް 5 ހިމެެނެއެވެ.

ޑިސްކައުންޓާއެކު އެއާޕޮޑްގެ އަގުތައް

އެއާޕޮޑް2 2،699ރ

އެއާޕޮޑް3 3،599ރ

އެއާޕޮޑް ޕްރޯ މެގްސޭފް 3،999ރ

ޑިސްކައުންޓާއެކު އެޕަލް ވޮޗްގެ އަގުތައް

އެޕަލް ވޮޗް އެސްސީ 40އެމްއެމް 6،499ރ

އެޕަލް ވޮޗް އެސްއީ 44އެމްއެމް 6،999ރ

އެޕަލް ވޮޗް ސީރީޒް 6 44އެމްއެމް 7،999ރ

އެޕަލް ވޮޗް ސީރީޒް 7 41އެމްއެމް 8.499ރ

އެޕަލް ވޮޗް ސީރީޒް 7 45އެމްއެމް 8،999ރ


ބެސްޓް ބައި މޯބައިލްއިން ވިއްކާ ޕްރޮޑަކްޓްތައް ގަންނަން ދާންވީ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތީގެ ހުންނަ ބެސްޓް ބައި މޯބައިލްގެ ފިހާރަ އާއި މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައި ހުންނަ ފިހާރަ އަށެވެ.

ބެސްޓް ބައިން ފޯނު ގަންނަން ބޭނުންވާ ފަރާތްތަކަށް އިންސްޓޯލްމެންޓަށް ފޯނު ނެގުމުގެ ފުރުސަތުވެސް އޮންނާނެެވެ.އެގޮތުން ދާދި ފަހުން ތައާރަފްކުރި ފުލުހުންގެ ޕޮލްކޯ ސްކީމާއި، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، ބީއެމްއެލް އީޒީ، ބީއެމްއެލް އިސްލާމިކް ކްރެޑިޓް ސްކީމް މެދުވެރިކޮށްވެސް ބެސްޓް ބައި މޯބައިލުން ފޯނު ނެގޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.