ރާއްޖޭގައި މުޅިން އަލަށް ފަށައިގެން ކުރިއަށްގެންދާ ސްޕޯޓްސް ޓޫރިޒަމް ކުރިއަރުވަން ވަރަށް ބޮޑަށް ތައްޔާރުވެ، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކްރޮސްރޯޑްސް އިން ބުނެފިއެވެ.

ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަކީ ޓޫރިޒަމް މިނިސްޓްރީގެ އަމާޒެކެވެ. އަދި އެކަމަށް ހާއްސަ އިސްކަމެއް ދިނުމަށް މި ސަރުކާރުންވެސް ވަނީ ނިންމައިފައެވެ. ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަށް ރާއްޖޭގައި އިންޓަނޭޝަނަލް ފެންވަރުގެ ކުޅިވަރުތައް ބޭއްވުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ރާއްޖޭގައި ވަނީ ބީޗް ވޮލީ ބޯޅައިގެ ގައުމީ މުބާރާތެއް ބާއްވާފައެވެ. އޭގެ އިތުރަށް މޯލްޑްވްސް ސްޕޯޓްސް އެވޯޑް ހަރަކާތްތައްވެސް ފާހަގަކޮށްލެވެއެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ހާއްސަކޮށް ރާއްޖެ އައި ކުޅިވަރު ސަހުސިއްޔަތުތަކަށް އެކޮމޮޑޭޝަން ދީފައި ވަނީ ކްރޮސްރޯޑްސްގެ ދަށުން ހިންގާ ދެ ސައި ލެގޫން އާއި ހާޑް ރޮކް ހޮޓެލްގައެވެ. ކްރޮސްރޯޑްސް އިން ދެކެނީމިއީ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައެވެ..

ކްރޮސްރޯޑްސްގެ މެނޭޖިން ޑިރެކްޓަރު ޓޮލްގާ އުނާން "ވަގުތު"އަށް ވިދާޅުވީ، އާ އުއްމީދުތަކާއެކު ކްރޮސްރޯޑްސް ވެފައި މި ވަނީ ސްޕޯޓްސް ޓޫރިޒަމްއަށްވެސް ހާއްސަ ޑިސްޓްނޭޝަނަކަށް ކަމަށެވެ.

"ސްޕޯޓްސްއަކީވެސް އާޓްއެއް، މިއީވެސް އެހެން ގޮތެއް މީހުން އެއްބައިވަންތަ ކުރުމަށް، އެކަން ކުރެވެން އެބަ އޮތް، އަޅުގަނޑުމެންގެ ދެ ރިސޯޓްގައިވެސް ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވޭނެ، ސްޕޯޓްސް ކަންކަމަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ ކަމަކަށް ވަނީ ވެފައި. މިކަމުގެ ސަބަބުން ވަރަށް ގިނަ މާކެޓްތަކަށް ލޯ ހުޅުވޭ". ޓޮލްގާ އުނާން ވިދާޅުވިއެވެ.

ހާޑް ރޮކް ހޮޓެލް މޯލްޑިވްސް

އޭނާ ވިދާޅުވީ، ސްޕޯޓްސް ޓޫރިޒަމްއާއެކު، ރާއްޖެ އަންނަ ކުޅިވަރުގެ ޝަހުސިއްޔަތުތަކުގެ ސަބަބުން ދިވެހިން ވަރަށް ބޮޑަށް "އިންސްޕަޔާވާނެ" ކަމަށެވެ. މިއާއެކު ކުޅިވަރުގެ ރޮނގުން ކުރިއަށްދިއުމަށް ދިވެހިންނަށްވެސް ހިތްވަރު ލިބި ރާއްޖެއަށް ކުޅިވަރުގެ ރޮނގުން ވަރަށް ގިނަ ކާމިޔާބީތައް ލިބޭނެ ކަމަށް ޓޮލްގާ ވިދާޅުވިއެވެ.

ސްޕޯޓްސް ޓޫރިޒަމް ކްރޮސްރޯޑްސްއަށް، ހިޔާލު އައީ ކިހިނެއް؟

ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ކުރިއަރުވަން މަސައްކަތް ކުރާ ކުންފުނިތަކުގެ ތެރެއިން ކްރޮސްރޯޑްސް ވާނީ ނަމޫނާއަކަށެވެ. އެކަމަކު އެ ކުންފުންޏަށް މި ހިޔާލު އައި ގޮތް ބަލާލަން ޖެހެއެވެ.

"އަސްލު ހަގީގަތަކީ މިއީ ހަމަ ނަސީބެއް، އެއީ އަހަރެންނަކީ ބްރެޒިލްގެ ޖިއު-ޖިޓްސޫ ޕްރެކްޓިސް ކުރާ މީހެއް، މިއީ މާޝަލް އާޓްސްގެ ވައްތަރެއް، އަހަރެން ރާއްޖޭގައި ވަޒީފާ އަދާކުރިއަސް ބޭނުން ނުވި މި ކުޅިވަރު ދޫކޮށްލާކަށް، އެހެން ނަމަވެސް ރާއްޖޭގައި ނެތް އެއްވެސް ތަނެއްްގައި އަހަންނަށް މިކަން ޕްރެކްޓިސް ކުރެވޭނެ ގޮތެއް، އެހެންވެ އަހަރެން ނިންމީ އަހަރެންގެ ހޮޓެލް ހާޑްރޮކްގައި ޓްރޭނިންގ ގްރައުންޑެއް ތަރައްގީ ކުރަން، އަދި ގެސްޓުންނަށްވެސް އެ ފުރުސަތު ދޭން ބޭނުންވީ". ޓޮލްގާ ވިދާޅުވިއެވެ.

ކްރޮސްރޯޑްސްގެ މެނޭޖިންގް ޑިރެކްޓަރ ޓޮލްގާ

ކްރޮސްރޯޑްސްއަށް ގިނަ އަދަދެއްގެ ކުޅިވަރުގެ ޝަހުސިއްޔަތުތައް!

ސްޕޯޓްސް އެވޯޑާއެކު އެތައް ކުޅިވަރުގެ ޝަހުސިއްޔަތުތައް ރާއްޖެ އައިސްފައި ވެއެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑު ރޮބާޓޯ ކާލޯސް، ރެއާލް މެޑްރިޑް ލެޖެންޑް މިޝޭލް ސަލްގާޑޯއާ، އިންޑިއާގެ ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާ، މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ، ޖިއު-ޖިޓްސޫ ޗެމްޕިއަން ތައިނަން ދަލްޕްރާ ފަދަ ޗެމްޕިއަނުން ހިމެނެއެވެ. އޭގެ އިތުރުން މާޝަލް އާޓްސްގެ މަޝްހޫރު ތަރިންނާއި މަޝްހޫރު ވޮލީބޯލް ތަރި ބްރެޒިލްގެ ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ) ހިމެނެއެވެ. އޭގެ ތެރެއިން ފަބްރީޒިއޯއަށް ވަރަށް ބޮޑަށް ކްރޮސްރޯޑްސް ކަމުގޮސް އަނެއްކާވެސް އަންނަން ބޭނުންވެފައި ހުރިކަމަށް ޓޮލްގާ ވިދާޅުވިއެވެ.

 

View this post on Instagram

 

A post shared by Giba 7 (@giba7oficial)

މީގެ އިތުރުން ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ގޯޑަން ރީޑް ވެސް ކްރޮސްރޯޑްސްގައި ޗުއްޓީ ހޭދަކޮށްފައި ވެއެވެ.

 

View this post on Instagram

 

A post shared by Suresh Raina (@sureshraina3)

އޭނާ ވިދާޅުވީ، މިހާރު ހާޑްރޮކް ހޮޓެލްގެ ދަ ރެޑް މެޓް އެންމެންނަށް ހުޅުވާލެވިފައިވާއިރު، އެތަން ދުނިޔޭގެ އެކި ހިސާބުތަކުގެ ޔޫއެފްސީ ޗެމްޕިއަނުންނާއި މިސް މާޝަލް އާޓްސް ޗެމްޕިއަނުންގެ ތެރޭގައި، އިތުރު ބައެއްގެ ތެރޭގައިވެސް ވަރަށް ބޮޑަށް މަގްބޫލުވެއްޖެ ކަމަށެވެ.

"އެހެންކަމުން އޭގެ ސަބަބުން ހާޑްރޮކް ހޮޓެލަށް ބޮޑު މާކެޓެއް ލިބިގެންދިޔަ. މިއީ މިފަދަ ގޮތަކަށް ވެދާނެ ކަމަށް ދުވަހަކުވެސް އުއްމީދު ކުރި ކަމެއްވެސް ނޫން، އަހަރެންނަށް ވަނީ ވަރަށް ގިނަ ޔޫއެފްސީ ޗެމްޕިއަނުންނާއި، ދުނިޔޭގެ ޗެމްޕިއަނުންނާއި ބައްދަލު ކުރަންވެސް ފުރުސަތު ލިބިފައި، އެ މީހުން ހާޑްރޮކްއަށް އައިސް، ރަނގަޅު ގުޅުމެއް އުފެދުނު، އެހެންކަމުން ޖިއު-ޖިޓްސޫން މިހާ ބޮޑު ފުރުސަތުތަކެއް ހުޅުވިގެން ދިޔައިރު، އެހެން ކުޅިވަރުތަކުންވެސް މިއަށްވުރެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ބެލީ". މި ހިޔާލު އައިގޮތް ޓޮލްގާ ވިދާޅުވިއެވެ.

އިތުރު ކުޅިވަރުގެ އިވެންޓްތައް ހޯސްޓް ކުރުމަށް ތައްޔާރަށް!

ކްރޮސްރޯޑްސްއިން ވިސްނާފައި އޮތީ ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ކުރިއަރުވަން ކުރެވެން ހުރި ކަންކަން ބަލައިގެން ކުރިއަށްގެންދާށެވެ. އަދި ކަމާ ގުޅުން ހުރި އިދާރާތަކާ ވާހަކަދައްކައިގެން އެފަދަ އިވެންޓްތައް ކްރޮސްރޯޑްސްގެ ރިސޯޓްތަކުގައި ބޭއްވުމަށް މަޝްވަރާތައް ކުރެވެމުން ދެއެވެ.

ސައި ލެގޫން މޯލްޑިވްސް

ޓޮލްގާ ވިދާޅުވީ، ރާއްޖޭގައި އިންޓަނޭޝަނަލް ފެންވަރުގެ ވޮލީ ބޯޅަ މުބާރާތެއް ބާއްވަން ނިންމާފައިވާއިރު، އެ މުބާރާތް ކްރޮސްރޯޑްސްގައި ބޭއްވުމަށް ކަމާ ގުޅުން ހުރި އިދާރާތައެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ ޔޫތް މިނިސްޓްރީއާ ވާހަކަދައްކަމުން، ކްރޮސްރޯޑްސް ވެގެން ދާނީ އެ އިވެންޓް ބޭއްވުމަށް އެންމެ ރަނގަޅު މާހައުލަށް". ޓޮލްގާ ވިދާޅުވިއެވެ.

އޭގެ އިތުރުން ކައިޓް ސާފިންގ އިވެންޓާއި ބޮޑީ ބިލްޑިންގ އިވެންޓް ކަންކަމާ ގުޅޭ ގޮތުންވެސް ކަމާ ގުޅުން ހުރި އިދާރާތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ޓޮލްގާ ވިދާޅުވިއެވެ.

ސްޕޯޓްސް އިވެންޓްތަކުގެ ހޮސްޕިޓަލިޓީ ޕާޓްނަރެއްގެ ގޮތުގައި ކްރޮސްރޯޑްސް

ރާއްޖޭގައި ދާދި ފަހުން ބޭއްްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ހަމަޖެއްސީ ކްރޮސްރޯޑްސްއެވެ. މިފަދަ ކޮންމެ އިވެންޓެއްގެ ޕާޓްނަރަކަށްވުމަށް ކްރޮސްރޯޑްސް ތައްޔާރެެވެ.

ޓޮލްގާ ވިދާޅުވީ، ރާއްޖޭގައި ބާއްވާ ކޮންމެ ސްޕޯޓްސް އިވެންޓެއް ވިޔަސް ހޮސްޕިޓަލިޓީ ޕާޓްނަރެއްގެ ގޮތުގައި ކްރޮސްރޯޑްސް އިން މަސައްކަތް ކުރެވިދާނެ ކަމަށެވެ.

ސައި ލެގޫން މޯލްޑިވްސް

"ކޮންމެ ސްޕޯޓްސް އިވެންޓެއް ވިޔަސް ހޮސްޕިޓަލިޓީ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ކްރޮސްރޯޑްސް ވެގެން ދާނެ އެފަދަ ތަނަކަށް، އެއީ ދެ ހޮޓަލަކަށް ބަހައިގެން އެކަން ކުރަން ޖެހުނަސް ތައްޔާރު، އެގޮތަށް ބަލާނަމަ ކައިރީގައި މި އޮތީ މާފުށިވެސް، މިސާލަކަށް ބައެއް ސްޕޯޓްސް އިވެންޓްތަކަކީ އެންމެ ރަނގަޅު ބަޖެތަކާއެކު ކުރިއަށްދާ އިވެންޓްތަކަށް ނުވެދާނެ ފައިވް ސްޓާ ލަގްޒަރީ ރިސޯޓެއްގައި ތިބެވޭހާ، އެހެންކަމުން މާފުށި ކަހަލަ ތަނެއްގައި އެ މީހުންގެ އެކޮމޮޑޭޝަން ހަމަޖަައްސާފައި، ކްރޮސްރޯޑްސްއަކީ އިވެންޓް ޑެސްޓިނޭޝަންގެ ގޮތުގައި ހަމަޖެއްސިދާނެ". ސްޕޯޓްސް ޓޫރިޒަމްގެ ކަންކަން އެތައް ގޮތަކުން ކުރެވިދާނެ ކަން ފާހަގަކުރައްވަމުން ޓޮލްގާ ވިދާޅުވިއެވެެ.

ޓޮލްގާ ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ކުޅިވަރެއް ކުޅުނުކަމުގައިވިޔަސް ޗެމްޕިއަން އާ ހަމައަށް ދިއުމުން، ވަރަށް ގިނަ ބަޔަކު އެ މީހަކަށް އިހްތިރާމްކޮށް، އިންސްޕިރޭޝަންގެ ގޮތުގައި ބަލާ ކަމަށެވެ. އެގޮތުން ކޮންމެ ކުޅިވަރެއްގެ މީހެއް ވިޔަސް، ކުޅިވަރުގެ ޗެމްޕިއަނުން އައިސް ގެސްޓުންނާއެކު އުޅޭއިރު ގެސްޓުންނަށްވެސް ލިބެނީ އުފާވެރިކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް އެފަދަ ޗެމްޕިއަނެއް ރިސޯޓްގައި އުޅޭއިރު، ގެސްޓުން ވަރަށް އޮބްޒާވް ކުރާނެ، ކަނީ ކޮން އެއްޗެއްތޯ ބަލާނެ، އޭނާ އުޅޭ ގޮތާއި، އޭނާ ކުރާ ކަންތައް ވަރަށް ރަނގަޅަށް ބަލާ އިންސްޕިރޭޝަންގެ ގޮތުގައި ބަލާނެ". ޓޮލްގާ ވިދާޅުވިއެވެ.

ކްރޮސްރޯޑްސްގައި ދެ ރިސޯޓް ހިންގާއިރު، ސައި ލެގޫން ވެގެންދާނީ ކުޅިވަރުގެ ހަރަކާތްތައް ރާއްޖެ އަންނަ ގްރޫޕްތަކަށް ހާއްސަ ރިސޯޓަކަށެވެ. މި ރިސޯޓްގައި ގްރޫޕްތަކަށް އެއްފަހަރާ އެކޮމޮޑޭޝަން ދެވޭނެއެވެ.