ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގްރީން ގްލޯބް ސެޓިފިކޭޝަން (ޖީޖީސީ) ރާއްޖޭގެ އެންމެ ފުރަތަމަ ދުނިޔޭގެ ފެންވަރުގެ މަލްޓި އައިލެންޑް، ލެޝަރ ޑެސްޓިނޭޝަން ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސް އާއި ސައި ލެގޫން މޯލްޑިވްސް އާއި ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަށް ލިބިއްޖެއެވެ.

ކްރޮސްރޯޑްސް އާއި އެއާ ގުޅިފައިވާ ދެ ރިސޯޓަކީވެސް މީގެ ކުރިން ބައިނަލް އަގްވާމީ އެވޯޑްތައް ލިބިފައިވާ ތަންތަނެވެ. މިއީ ދިވެހިންނާއި ފަތުރުވެރިންގެ މެދުގައިވެސް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ތަންތަނެވެ.

ކްރޮސްރޯޑްސް އާއި ރިސޯޓްތައް ތަރައްގީކޮށްފައި ވަނީ ތައިލެންޑުގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި ސިންގާ އެސްޓޭޓްއިންނެވެ.

ކްރޮސްރޯޑްސް އިން މައުލޫމާތު ދިންގޮތުުގައި، މި އެވޯޑް ކްރޯސްރޯޑްސް އާއި ދެ ރިސޯޓަށް ލިބިފައި ވަނީ ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ އެންމެ މަތީ ބެންޗްމާކްގެ ގޮތުގައި މުޅި ދުނިޔޭގައި ބަލައިގެންފައިވާ ގްރީން ގްލޯބްޓީއެމްގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތިމާވެށީގެ ބެސްޓް ޕްރެކްޓިސްތައް ގެންގުޅެފައި ވާތީއެވެ.

"ގްރީން ގްލޯބްޓީއެމް ސަރޓިފިކޭޝަން ކާމިޔާބުކަމާއެކު ހާސިލު ކުރުމުން އެނގެނީ ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ދެމެހެއްޓެނިވި، އިޖްތިމާއީ ގޮތުން ޒިންމާދާރު އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކޮންމެ ދުވަހަކުވެސް އޮޕަރޭޝަންތައް ގެންދާ ތަންތަންކަން".

މިއީ 2022 ވަނަ އަހަރު ބެސްޓް މައިސް ޑެސްޓިނޭޝަންގެ ޓީޓީއެމް އެވޯޑާއި ލީޑިން ޔޮޓް މެރީނާ ހޮޓެލް/ރިސޯޓްގެ ސައުތު އޭޝިއާ ޓްރެވަލް އެވޯޑްސް ވެސް ހާސިލްކޮށްފައިވާ ކްރޮސްރޯޑްސް މޯލްޑިވްސް އާއި އެ ކުންފުނީގެ ރިސޯޓްތަކަށް ލިބުނު އެންމެ ފަހުގެ ފާހަކޮށްލެވޭ ޝަރެފެވެ.